ރ.އަތޮޅު ކައުންސިލް ފުޓްސަލް ޗެލެންޖު 2023 ގެ ޗެމްޕިއަން ދުވާފަރު ސްޕޯޓްސް ކުލަބު
ކުޅިވަރު
31 Dec 2023 | 08:59
ފަސޭހަކަމާއި އެކު އިނގުރައިދޫ ބަލިކޮށް، ދުވާފަރުން ތަށި ދިފާއުކޮށްފި

ރ. އަތޮޅު ކައުންސިލް ފުޓްސަލް ޗެލެންޖު 2023 ގެ ފައިނަލުގައި މިއަދު ހަވީރު އެންމެ ފަހުގެ ޗެމްޕިއަން ދުވާފަރާއި ރަނަރަޕް އިނގުރައިދޫ ވާދަކުރި މެޗު ފަސޭހަކަމާއި އެކު 6-0 ގެ ނަތީޖާއަކުން މޮޅުވެ، ދުވާފަރުން ތަށި ދިފާއުކޮށްފިއެވެ.

ދުވާފަރު މުބާރަތުގެ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި 2-0 ގެ ނަތީޖާއަކުން އަލިފުށީ ރެކްރިއޭޝަން ކުލަބު ބަލިކުރުމަށްފަހު އެވެ. އަދި އިނގުރައިދޫ އިން ފައިނަލުގެ ޖާގައެއް ހޯދީ ސެމީ ފައިނަލުގެ ފުރަތަަމަ ޖާގަ 12-6 ގެ ތަފާތުބޮޑު ނަތީޖާއަކުން ރަސްމާދޫ ބަލިކުރުމަށްފަހު އެވެ.

ރ. އިންނަމާފޫ ފުޓްސަލް ދަނޑުގައި ދެޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފުގައި ދުވާފަރު ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، މިހާފުގައި އެޓީމުން ވަނީ ހަތަރު ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މިހާފުގައި އެޓީމުގެ މޫސާ ލަތީފް ދެލަނޑު ކާމިޔާބު ކުރި އިރު، އެޓީމުގެ މުސްލިމް މުހައްމަދު އަދި އަހުމަދު އީސާ މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އިނގުރައިދޫ ޓިމިގެ ފަރާތުން ފުރަތަަމަ ހާފުގައި ވަރަށް އާދައިގެ ކުޅުމެއް ފެނިގެންދިޔަ އިރު، ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ދުވާފަރު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ދުވާފަރުން އިތުރު ދެލަނޑު ކާމިޔާބު ކުރި އިރު، މިމެޗުގައި އެޓީމުން ކާމިޔާބުކުރި ފަސްވަނަ ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ މުސްލިމް މުހައްމަދު އެވެ. އަދި އެޓީމުގެ 6 ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މޫސާ މުޒާހް އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 6-0 ގެ ނަތީޖާއަކުން ދުވާފަރު ކުރީގައި އޮވެގެންނެވެ.

ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ދުވާފަރު ޓީމުގެ އަހުމަދު އީސާ އެވެ. 

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އަހުމަދު އައިހަމް (އިނގުރައިދޫ), މުހައްމަދު މަމްދޫހް (އިނގުރައިދޫ), މުހައްމަދު އިސާމް (ދުވާފަރު), މުސްލިމް މުހައްމަދު (ދުވާފަރު) އަދި އަބްދުއް ސަދާދު އާދަމް (އަލިފުށީ ރެކްރިއޭޝަން ކުލަބް) އެވެ. 

މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ހޮވުނީ އިނގުރައިދޫ ޓީމުގެ ކެޕްޓަން އަހުމަދު އައިހަމް އެވެ. އަދި މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވިފައި ވަނީ އިނގުރައިދޫ ޓީމުގެ އަލީ ޝާފިޢު އެވެ. އަދި މުބާރާތުގެ އެންމެ އުންމީދީ އެއްކުޅުންތެރިއަކީ އަލިފުށީ ރެކްރިއޭޝަން ކުލަބުގެ އަހުމަދު ޒަލަފް އެވެ. އަދި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ އަލިފުށީ ރެކްރިއޭޝަން ކުލަބެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ ދުވާފަރު ޓީމުގެ ކޯޗު ޔާނިއު އަލީ އަށެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިނގުރައިދޫ ޓީމުގެ ކެޕްޓަން އަހުމަދު އައިހަމް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.