މާލޭ މޭޔަރ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު-- ފޮޓޯ/ޢާޒިމާ ކެންޕެއިން ޓީމް
ހަބަރު
31 Dec 2023 | 10:09
މާލެސިޓީގެ އަވަށްތަށް ތަމްސީލް ކުރަން އަވަށް ކުރިއަރުވާ ބޯޑު އަލުން އެކުލަވާލާނަން: ޢާޒިމާ

މާލެސިޓީގެ އަވަށްތަށް ތަމްސީލް ކުރައްވަން، އަވަށް ކުރިއަރުވާ ބޯޑު އަލުން އެކުލަވާލައްވާނެ ކަމަށް މާލޭ މޭޔަރ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. 

ރޭ ސަންގު ޓީވީގައި ކުރިއަށް ގެންދިޔަ މޭޔަރ ކަމުގެ ބަހުސްގައި ވާހަކަދައްކަވަމުން، ޢާޒިމާ ވިދާޅުވީ، ރާއްޖޭގެ ކައުންސިލްތައް ހިންގަމުންދަނީ ގާނޫނު އަސާސީއާއި ޚިލާފަށް ކަމަށެވެ. 

އެގޮތުން، ކައުންސިލްތައް ހިންގަވަމުންދަނީ ރައްޔިތުން ބޭނުންވާ ގޮތަށް، ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަން ފާހަގަކުރައްވައި އޭގެ މިސާލެއްގެ ގޮތުން ޢާޒިމާ ވަނީ މާލެސިޓީ ގެ ވިލިމާލޭގެ މަގުތައް ހެދުމާއި ގަސްތައް ކެނޑުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ އެއަވަށު ރައްޔިތުން ބޭނުންވާ ގޮތާއި ގުޅޭގޮތުން ޚިޔާލު ނުހޯދާ ކަމަށް ވިދާޅުވެފައެވެ. 

އެހެންކަމުން، އެފަދަ މައްސަލަތައް ހައްލު ކޮށް, އަވަށް ތަކުގެ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް އަވަށު ބޯޑެއް އެކުލަވާލައްވާނެ ކަމަށް ޢާޒިމާ ވިދާޅުވިއެވެ. 

ޑިމޮކްރަސީއަކީ ޓޮޕް ޓު ބޮޓޮމް އެޕްރޯޗް އެއްނޫން. އެއީ ބޮޓޮމް ޓު ޓޮޕް އެޕްރޯޗް އެއް. އެހެންވީމާ އަޅުގަނޑުގެ މޭޔަރ ކަމުގައި އަޅުގަނޑު އިންޓްރޮޑިޔުސް ކުރާނަން އަލުން އަނބުރާ އަވަށު ބޯޑު ނުވަތަ އަވަށް ކުރިއަރުވާ ކޮމިޓީގެ ކޮންސެޕްޓް. އެ ކޮންސެޕްޓް އަންނަން އެބަޖެހޭ. އަޅުގަނޑަކީ މާފަންނު އަވަށް ކުރިއަރުވާ ކޮމިޓީގައި، މާފަންނުގެ އަވަށު ވެރިޔާގެ އެހީތެރިޔާގެ ގޮތުގައި 6 އަހަރު މަސައްކަތް ކުރި މީހެއް. މާލެއަށް ސުނާމީ އެރި އިރުގައި މާފަންނު އޮފީސް ހިންގަން ހުންނާނީ އަޅުގަނޑު، އަބްދުالله ޖަމީލުގެ ދަށުން. މިސާލަކަށް ވިލިނގިލީ ރައްޔިތުން ބޭނުންވާ ގޮތް ހޯދަން ބޭނުންވަންޏާ ރެޕްރެޒެންޓެޓިވް ބޯޑެއް އަންނަން އެބަޖެހޭ. މިސާލަކަށް ސްކޫލް ޕްރިންސިޕަލް ނޫނީ ޕީޓީއޭގެ ރައީސް އާ. މިގޮތަށް އަންނަ ރެޕްރެޒެންޓެޓިވް ބޯޑަކުން އެ އަވަށް ކުރިއަރުވާނެ ގޮތުގެ ވިޝަން އެއް ސިޓީ ކައުންސިލަށް އަންނަން އެބަޖެހޭ. 

ޢާއިޝަތު ޢާޒިމާ ޝަކޫރު 

މީގެ އިތުރުން ޢާޒިމާ ވިދާޅުވީ، އަވަށު ބޯޑުގެ އިތުރުން، މާލޭގެ އަވަށް ތަކުގައި ތިބި ހަރު ބޭފުޅުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް އެފަދަ ބޭފުޅުން ހިމެނޭ ބޯޑެއްވެސް އެކުލަވާލައްވާނެ ކަމަށެވެ. އޭގައި، މާލެއަށް ޚިދުމަތްކުރެއްވި އިސްރަށްވެހިން ހިމަނުއްވައި، އެފަރާތްތަކުގެ ޚިޔާލު ސިޓީ ކައުންސިލަށް ސީދާގޮތަށް ހުށަހެޅޭނެ ފޯރަމް ތަކެއް ބާއްވާމެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ހަމަ މިއާއެކު، ޒުވާނުން މާލެ ސިޓީއާއި މެދު ދެކޭގޮތާއި، އެފަރާތްތަކުގެ ތަސައްވުރު ހުރިގޮތް ބެލުމަށްވެސް ވަރަށް އަވަހަށް މަސައްކަތް ފަށްޓަވައި، އެމީހުންގެވެސް ޚިޔާލާއި މަޝްވަރާ ހޯއްދަވާނެ ކަން ޢާޒިމާ ފާހަގަކުރެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1އިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ޖެންޝަން / މާލެ، އަޙްމަދު އާލިޝް ޢާޞިމް (20އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ރޭގެ ވަގުތެއްގައެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.