މޫސުން ގޯސް ދުވަހެއް - ފޮޓޯ: ޕޮލިސް
ހަބަރު
31 Dec 2023 | 11:08
މުޅި ރާއްޖެއަށްވެސް މޫސުން ގޯސް؛ ބައެއް ސަރަހައްދަށް ރީނދޫ ސަމާލު ނެރެފި!

މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދު ތަކަށް ރީނދޫ ސަމާލު ނެރެފިއެވެ. 

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައި ވަނީ، ނ އަތޮޅުން ފެށިގެން ވ އަތޮޅަށެވެ. އެ ސަރަހައްދު ތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދުގެ 9:00 އިން މެންދުރު 13:00 އަށެވެ. 

މެޓް އޮފީހުން ބުނީ، އެ ވަގުތު ތަކުގައި އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް، ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.

މީގެ އިތުރުން މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މިއަދު 9:00 އިން 13:00 ހުދު ސަމާލު ނެރެފައެވެ. 

މިއަދުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައިވާ ގޮތުގައި، އުތުރަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި މެދުރާއްޖެ ތެރެއަށް 8 މޭލާއި 18 މޭލު ދެމެދުގެ ބާރު މިނުގައި އަދި ދެކުނަށް 5 މޭލާއި 15 މޭލު ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. 

އަދި ކަނޑުތައް އުތުރުގައި ގަދަވާނެ ކަމަށާ އަދި މެދު ރާއްޖެތެރޭގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެޗެ.

ހަމަ އެހެންމެ، ރާޅުގެ އުސްމިނުގައި 4 ނުވަތަ 7 ފޫޓު ހުންނާނެ ކަމަށްވެސް އެ އޮފީހުން ލަފާކުރެއެވެ.

މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާއި ބެހޭ އިދާރާތަކުންވެސް އަންނަނީ އިލްތިމާސް ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Jul 2026
މަރުވުމުން ސަލާމަތްވެ އަބަދަށް ދިރިހުރުމަށް މަސައްކަތްކުރި މީހާއަށް ނާދިރު ބައްޔެއް; އިބްރަތަކަށް ފުދޭ
ދިގު އުމުރަކަށް އެދި އަދި މަރުވުމުން ސަލާމަތްވެ އަބަދަށް ދިރިހުރުމުގެ އުއްމީދުގައި، އޭނާގެ ސިއްހަތަށްޓަކައި މިލިއަނުން ހަރަދުކުރަމުންދާ މަޝްހޫރު ބްރަޔަން ޖޯންސަންގެ ވާހަކައަށް މުޅި ދުނިޔޭގެ ސަމާލުކަމަށް ހުއްޓިފައި ވާތާ އަހަރުތަކެއްވީ އެވެ.
07 Jul 2026
ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަރލްޑްކަޕް ނިމިއްޖެ
ވަރލްޑްކަޕް ކުއާޓާ ފައިނަލުގައި އަންނަ ހުކުރު ދުވަހު ސްޕެއިން ބައްދަލުކުރާނީ އެމެރިކާ އާއި ބެލްޖިއަމް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
06 Jul 2026
ދުވާރުތަކުގައި އުޅަނދު ޕާކުކުރާ މައްސަލަ؛ ހަނދާންކޮށްދެނީ، ފިޔަވަޅެއް ނާޅާ
ހުޅުމާލޭގެ ދެ ފޭހުގައިވާ ސޯޝަލް ހައުސިންތަކުގައި މިގޮތަށް ވެހިކަލް ޕާކުކުރުމަކީ ވަރަށް އާންމު ކަމެކެވެ. ތަކުރާރުކޮށް އެކަން ކުރާ މީހުންގެ މައްސަލަ ފުލުހަށް ހުށައެޅި ނަމަވެސް ފިޔަވަޅު ނާޅާކަމުގެ ޝަކުވާ ބޮޑެވެ.
06 Jul 2026
އިމިގްރޭޝަންގެ އޮޕަރޭޝަން ފުޑް ކޯޓްތަކަށް، 27 ބިދޭސީން ހައްޔަރު
މި އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
06 Jul 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވާން ހުޅުވާލައިފި
މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައިގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށައެޅުމަށް ވުޒާރާއިން އެދެ އެވެ.
06 Jul 2026
އަދާލަތާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް
އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށައަޅަން މެއި 20 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިން ކަމަށެވެ.
06 Jul 2026
ސަޢޫދީގެ ވަފުދެއް ރާއްޖޭގައި، ރައީސް ބައްދަލުކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
06 Jul 2026
ބޯހިޔާވަހިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވައިބާ ކޮމިއުނިޓީތަކެއް
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެކަމަށް ހާއްސަކޮށް ހަތަރު, ވައިބާ ކޮމިއުނިޓީއެއް އުފައްދާފައިވާ ކަމަށެވެ.