މުޅިރާއްޖެއަށްވެސް މޫސުން ވަރަށް ގޯސް / ފޮޓޯ: އެންްޑީއެމްއޭ
ހަބަރު
31 Dec 2023 | 15:48
މޫސުމަށް ސަމާލުވޭ! ގުރައިދޫގައި ފެންބޮޑުވެ 3 ގެއަކުން މީހުން ބަދަލުކުރަން ޖެހިއްޖެ

ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިހާރުކުރަމުންދާ ވިއްސާރައިގައި ކ.ގުރައިދޫގައި ފެންބޮޑުވެ އެރަށުގެ 3 ގެއަކުން މީހުން ބަދަލުކުރަން ޖެހިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނެފައިވާ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ފަސްރަށަކަށް ގެއްލުން ލިބިގެން ރިޕޯރޓްކޮށްފައިވާ ވެއެވެ. މިގޮތުން ރިޕޯރޓްކޮށްފައިވަނީ ކ.ގުރައިދޫ، ލ.ގަން، ސ.މަރަދޫ، ލ.ފޮނަދޫގެ އަދި ފ. ނިލަންދޫ އިންނެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ރިޕޯރޓްކޮށްފައިވާ މި 5 ރަށުގެ ތެރެއިން ކ. ގުރައިދޫގެ 20 ގެއެއްގައި ފެންބޮޑުވެ 3 ގެއަކުން މީހުން ބަދަލުކުރަން ޖެހުނު ކަމަށެވެ.

ރާއްޖޭގއަށް މިހާރު ކުރަމުންދާ ވިއްސާރަ އާއި ގުޅޭގޮތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިތުރަށް ބުނެފައިވަނީ ވިއްސާރައިގައި ފެން ބޮޑުވުމުގެ ހާދިސާތަކަށް އިޖާބަ ދިނުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުންނާއި ކައުންސިލްތައް ގުޅިގެން ގެއްލުން ލިބުނު ރަށްތަކުގައި ކުރަމުން އަންނަ ކަމަށެވެ.

ހަމަ މިއާއިއެކު މި ވިއްސާރައިގައި މާލެއަށް ގިނަ އަދަދަކަށް ވާރެ ވެހިފައި، ވުމާއިއެކު މާލޭގެ ބައެއް ގޭގައި ފެންބޮޑުވެފައިވާތީ ވެލި ބަސްތާޖެހުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ އެހީތެރިކަމާއިއެކު ކޮށްފައިވާ ކަމަށްވެސް އެއޮތޯރިޓީން ވިދާޅުވެއެވެ.

މީގެ ކުރިންވެސް މި ވިއްސާރަ އާއި ގުޅިގެން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ އާއި ފޯއްމުލަކުގެ ބައެއްގެތަކަށް ފެން ވަނުމުގެ ސަބަބުން އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވިފައި ވާނޭކަމަށް އެންޑީއެމްއޭއިން މަޢުލޫމާތު ދެއްވައެވެ.

މިދުވަސަވަރަކީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރައި އަދި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ރާއްޖޭގެ ރައްޔިތުން މިކަންތައްތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައިވާ ދުވަސްކޮޅެއްވެސް މެއެވެ.  އެހެންކަމުން ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅުއެޅުމަށް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އޮފް މޯލްޑިވްސް، އެންޑީއެމްއޭއިން ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ހާއްޞަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްޞަ ސަމާލުކަމެއް ދިނުމަށް ކަމާއިބެހޭ ފަރާތްތަތަކުން އިލްތިމާސް ކުރައްވައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.