ކޮމާންޑް ސާޖަންޓް މޭޖަރ އަހްމަދު އަބްދުﷲ
ހަބަރު
01 Jan 2024 | 11:13
ސިފައިންގެ ކޮމާންޑް ސާޖަންޓް މޭޖަރ އަހްމަދު އަބްދުﷲ ރިޓަޔަރ ކުރައްވައިފި

ދިވެހި ޤައުމީ ދިފާޢި ބާރު ގައި 31 އަހަރު ދުވަހު ޚިދުމަތް ކުރައްވާފައިވާ ކޮމާންޑް ސާޖަންޓް މޭޖަރ އަހްމަދު އަބްދުﷲ ޝަރަފުވެރި ކަމާއިއެކު ޚިދުމަތުން ރިޓަޔަރ ކުރައްވައިފިއެވެ.

ކޮމާންޑް ސާޖަންޓް މޭޖަރ އަހްމަދު އަބްދުﷲ ވަނީ ދިވެހި އަސްކަރިއްޔާގެ އެންލިސްޓެޑް ސިފައިންގެ އެންމެ އިސް މަޤާމުކަމުގައިވާ "ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް" ގެ މަޤާމުވެސް އަދާކުރައްވާފައެވެ.

އެންމެފަހުން ކޮމާންޑް ސާޖަންޓް މޭޖަރ އަހްމަދު އަބްދުﷲ ހުންނެވީ އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން ސެންޓަރުގައި ދިވެހި އަސްކަރިއްޔާ ތަމްސީލްކުރައްވާ މެންބަރެއްގެ ގޮތުގައެވެ.

ކޮމާންޑް ސާޖަންޓް މޭޖަރ އަހްމަދު އަބްދުﷲ ޝަރަފުވެރިކަމާއި އެކު ޚިދުމަތުން ރިޓަޔަރ ކުރައްވުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 31 ޑިސެމްބަރ 2023 ގައެވެ. އަދި އަމަނިކުފާނުގެ ޚިދުމަތުގެ ލިޔުން ހަވާލު ކޮށްދެއްވާފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އެވެ. މި ރަސްމިއްޔާތުގައި ދިވެހި އަސްކަރިއްޔާގެ އިސް އޮފިޝަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމާންޑް ސާޖަންޓް މޭޖަރ އަހްމަދު އަބްދުﷲ  ޝަރަފުވެރިކަމާއި އެކު ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާއިރު ދިވެހި ސިފައިންގެ ހިދުމަތަށް ދިގު މުއްދަތަށް ހިދުމަތް ކުރެއްވުމަށްފަހު، މޭޖަރ ޖެނެރަލް ވައިސް ވަހީދާއި މޭޖަރ ޖެނެރަލް ހާމިދު ޝަފީގު ވެސް ވަނީ ހިދުމަތުން ރިޓަޔަރ ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.