މިއަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުން
ހަބަރު
01 Jan 2024 | 12:09
މި ފެށުނު 2024 ގެ ފުރަތަމަ ފަތުރުވެރިއެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ ރައްޔިތެއް

މި ފެށުނު 2024 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފުރަތަމަ ފަތުރުވެރިޔެއްގެ ގޮތުގައި އިނގިރޭސި ރައްޔިތެއް ކަމަށްވާ ބަންޖަމިން ޑަންކަން މޫރޭ ހިމެނިއްޖެއެވެ.

މިފެށުނު އާ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިއޭ އިން ވަނީ އޭނާއަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.  

އެގޮތުން އާ އަހަރު ރާއްޖެއައި ފުރަތަމަ ފަތުތުރުވެރިޔާ ކަމަށްވާ އިނގިރޭސިވިލާތުގެ ބަންޖަމިން ޑަންކަން މޫރޭ މަރުހަބާ ކިޔުމަށް ޓަކައި ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބުރާޙިމް ފައިސަލް އާއި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ އެމްއެމްޕީއާރްސީގެ އިސްވެރިން ވަނީ ވީއައީއޭ އަށް ވަޑައިގެން މަރުޙަބާ ދެންނެވުމުގެ ކަންތައްތަކުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.

އާ އަހަރު ރައްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށް ފަހު ފަތުރުވެރިކަމާއި ބެހޭ ވަޒީރުވަނީ އެކަމާއި ގުޅިގެން އެކްސް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ މި އަހަރަށް އަމާޒު ހިފާފައިވާ ލަނޑު ދަނޑިތަކަށް ވާސިލު ވުމަށްޓަކައި އިތުރު މާކެޓުތައް ޑައިވާސިފައިކޮށް ބަލާނެ ކަމަށް ވިދާޅުވެފައެވެ.

ކޮންމެ އަހަރަކަށް ވެސް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަކި ލަނޑުދަނޑިތަކެއް ކަނޑަ އަޅުއްވާފައި ވާއިރު ވޭތުވެދިޔަ 2023 އަށް އަމާޒު ހިފި 1.8 މިލިޔަން ފަތުރުވެރިންގެ އަދުދު ވަނީ ހާސިލްވެ ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 1.8 މިލިއަނަށްވުރެ އިތުރުވެގެން ގޮސްފައެވެ.

ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބުރާޙިމް ފައިސަލް ވިދާޅުވެފައިވަނީ މި ފެށުނު އާ އަހަރުގެ އަމާޒަކީ 2 މިލިއަން ފަތުވެރިން ރާއްޖެ ގެނެވޭތޯ ބެއްލެވުން ކަމަށެވެ.   

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.