އެހީ ޖަމިއްޔާގެ ފަރާތުން އެމްއެންޑީއެފަށް ހަދިޔާ ކުރި ޕަންޕު ހަވާލުކުރުން: ފޮޓޯ: އެހީ ޖަމިއްޔާ
ހަބަރު
01 Jan 2024 | 12:13
ފެން ހިންދުމުގެ މަސައްކަތަށް އެހީ ޖަމިއްޔާގެ ފަރާތުން އެމްއެންޑީއެފަށް ޕަންޕެއް ހަދިޔާކޮށްފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެ ސަރަހައްދު ހިމެނޭގެން ރާއްޖޭގެ އެކި ރަށްރަށުގައި ފެންބޮޑުވެ، ފެންހިންދުމުގެ މަސައްކަތުގައި އެހީތެރިވުމަށް އެހީ ޖަމިއްޔާގެ ފަރާތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ފެން ހިންދާ ޕަންޕެއް ހަދިޔާ ކޮށްފިއެވެ. 

އެމްއެންޑީއެފަށް ހަދިދާ ކުރި މި ޕަންޕުވަނީ އެމްއެންޑީއެންގެ ފަޔަރ އެންޑް ރެސްކިއު ޓީމާ، އެހީ ޖަމިއްޔާގެ ފަރާތުން އަހްމަދު އިޤްބާލް ރޭ ހަވާލުކުރައްވައިފައެވެ.

ވޮއިސްއަށް މައުލޫމާތު ދެއްވަމުން އެހީ ޖަމިއްޔާގެ ފަރާތުން ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމާއި އަދިވެސް އެހެނިހެން ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީ ޖަމިއްޔާއިން އޮތީ ތައްޔާރަށް ކަމުގައެވެ. 

އެހެންނަމަވެސް އެ ބޭފުޅުން ވިދާޅުވަނީ މި ވަގުތަށް ހުރިހާ ކަމެއްވެސް އޮތީ ފުރިހަމަ ކޮންޓްރޯލްގައިކަމަށް، އެހެންވެ ދެން އެންމެ ބޮޑަށް އެހީތެރިވެދެވޭނެ ކަމެއް ކޮށްދިނުމަށް އަޅުގަނޑުމެން ބެލީ

އަހްމަދު އިޤްބާލު 

އެގޮތުން އެމްއެންޑީއެފުން ފެންހިނދުމުގެ މަސައްކަތުގައި ބޭނުންކުރާ ފެންވަރުގެ ޕަންޕެއް އެ ޖަމިއްޔާގެ ފަރާރުން އެ އިދާރާއަށް ހަދިޔާ ކުރުމަށް ނިންމީކަމުގައިވެސް އެހީ ޖަމިއްޔާގެ ފަރާތުން ވަނީ މައުލޫމާތު ދެއްވައިފައެވެ. 

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއާއި ހުޅުމާލެ ހިމެނޭހެން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ވަނީ ފެންބޮޑުވެފައެވެ. އެގޮތުން މެޓް އޮފީހުން ހާމަކުރި އެންމެ ފަހުގެ އަދާހަމަތަކަށް ބަލާއިރު ފާއިތުވި 24 ގަޑި އިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ، ހުޅުލެއަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Jul 2026
މަރުވުމުން ސަލާމަތްވެ އަބަދަށް ދިރިހުރުމަށް މަސައްކަތްކުރި މީހާއަށް ނާދިރު ބައްޔެއް; އިބްރަތަކަށް ފުދޭ
ދިގު އުމުރަކަށް އެދި އަދި މަރުވުމުން ސަލާމަތްވެ އަބަދަށް ދިރިހުރުމުގެ އުއްމީދުގައި، އޭނާގެ ސިއްހަތަށްޓަކައި މިލިއަނުން ހަރަދުކުރަމުންދާ މަޝްހޫރު ބްރަޔަން ޖޯންސަންގެ ވާހަކައަށް މުޅި ދުނިޔޭގެ ސަމާލުކަމަށް ހުއްޓިފައި ވާތާ އަހަރުތަކެއްވީ އެވެ.
07 Jul 2026
ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަރލްޑްކަޕް ނިމިއްޖެ
ވަރލްޑްކަޕް ކުއާޓާ ފައިނަލުގައި އަންނަ ހުކުރު ދުވަހު ސްޕެއިން ބައްދަލުކުރާނީ އެމެރިކާ އާއި ބެލްޖިއަމް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
06 Jul 2026
ދުވާރުތަކުގައި އުޅަނދު ޕާކުކުރާ މައްސަލަ؛ ހަނދާންކޮށްދެނީ، ފިޔަވަޅެއް ނާޅާ
ހުޅުމާލޭގެ ދެ ފޭހުގައިވާ ސޯޝަލް ހައުސިންތަކުގައި މިގޮތަށް ވެހިކަލް ޕާކުކުރުމަކީ ވަރަށް އާންމު ކަމެކެވެ. ތަކުރާރުކޮށް އެކަން ކުރާ މީހުންގެ މައްސަލަ ފުލުހަށް ހުށައެޅި ނަމަވެސް ފިޔަވަޅު ނާޅާކަމުގެ ޝަކުވާ ބޮޑެވެ.
06 Jul 2026
އިމިގްރޭޝަންގެ އޮޕަރޭޝަން ފުޑް ކޯޓްތަކަށް، 27 ބިދޭސީން ހައްޔަރު
މި އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
06 Jul 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވާން ހުޅުވާލައިފި
މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައިގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށައެޅުމަށް ވުޒާރާއިން އެދެ އެވެ.
06 Jul 2026
އަދާލަތާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް
އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށައަޅަން މެއި 20 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިން ކަމަށެވެ.
06 Jul 2026
ސަޢޫދީގެ ވަފުދެއް ރާއްޖޭގައި، ރައީސް ބައްދަލުކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
06 Jul 2026
ބޯހިޔާވަހިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވައިބާ ކޮމިއުނިޓީތަކެއް
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެކަމަށް ހާއްސަކޮށް ހަތަރު, ވައިބާ ކޮމިއުނިޓީއެއް އުފައްދާފައިވާ ކަމަށެވެ.