ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު-- ފޮޓޯ/މަޖިލިސް
ހަބަރު
01 Jan 2024 | 13:22
ޕީއެންސީއާއި ގުޅިވަޑައިގެންނެވުމަށް ފަހު ނިހާދުގެ ފުރަތަމަ ޕޯސްޓު: އަޅުގަނޑަކީ ރައްޔިތުންގެ މީހެއް!

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން، ވެރިކަން ކުރާ ޕީއެންސީއާ، ގުޅިވަޑައިގެންނެވި، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު، އެ ނިންމުން ނިންމެވީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ކަމަށް އޭނާ ވިދާޅުވެއްޖެެއެވެ. 

މީލާދީ އާއަހަރުގެ ތަހުނިޔާ އައްޑޫ ސިޓީ އަދި ޚާއްސަކޮށް ފޭދޫ ރައްޔިތުން އަރިސް ކުރައްވައި ނިހާދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ އެއީ ރައްޔިތުންގެ މީހެއް ކަމަށް ވިދާޅުވެފައެވެ. 

އަދި ގިނަ ރައްޔިތުން އެދެނީ، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އޭނާ ދެމިހުންނެވުމަށް ކަމަށާ، އެކަމަށްޓަކައި ޕީއެންސީއާ ގުޅިގެންނެވި ކަމަށް ނިހާދުގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ. 

ދާދިފަހުން ޕީއެންސީއާއި ގުޅިވަޑައިގެންނެވި 13 މެންބަރުންގެ ތެރޭގައި ނިހާދުވެސް ހިމެނިވަޑައިގަންނަވާއިރު، އެ ޖަލްސާގައި އޭނާ ރަށުގައި ނެތުމުން ބައިވެރިވެވަޑައި ނުގަންނަވައެވެ. 

ނިހާދާއިއެކު ޕީއެންސީއާ ގުޅިވަޑައިގެންނެވި ގިނަ މެންބަރުންނަކީ ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކަށް މީގެ ކުރިން ވަރަށް ބޮޑަށް ފާޑުވިދާޅުވެވަޑައިގެންފައިވާ މެންބަރުންނެވެ. 

ނަމަވެސް، ފަހުން ސަރުކާރުގެ ޕާޓީއާ ގުޅިވަޑައިގެންނެވުމަށްފަހު، އެ މެންބަރުންގެ ފަރާތުން ވާހަކަވަމުން މަރަދޫ ދާއިރާގެ މެންބަރުން އިބްރާޙީމް ޝަރީފް، މަވޯޓާ ވެސް ވިދާޅުވީ ޕާޓީ ބަދަލު ކުރެއްވީ ގައުމީ ވިސްނުމެއްގައި ގައުމަށް ޚިދުމަތް ކުރައްވަން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.