ވަޒީރު ޒުވާނުންނާއި ބައްދަލުކޮށްލެއްވުމެއްގެ ތެރެއިން / ފޮޓޯ: މިނިސްޓްރީ
ހަބަރު
01 Jan 2024 | 17:16
އިމާމުވެ ހުކުރު ކުރުމަށް 100 ޒުވާނުން ކުރިމަތިލައިފި

ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކޮށް ހުކުރު ޚުޠުބާ ކިޔުމަށް ގްރޭޑް 10 11 އަދި 12 ގައި ކިޔަވަމުންގެންދާ  ޒުވާން ކުދިންނަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 100 ދަރިވަރަކު ކުރިމަތި ލައިފިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިކަންތަކާއި ގުޅޭގޮތުން މިއަދު އެކްސް މެދުވެރި ކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ. .

" ‏ޚުޠުބާ ކިއުމުގެ ހުއްދަ ނަގަން 100 ޒުވާނުން ކުރިމަތިލައިފައިވޭ. އެބޭފުޅުން އިންޓަރވިއު އަންނަ ހަފްތާގައި ފަށާނެ. އެއަށް ފަހު ފިޤުހީ ތަމްރީނު ތަކެއް ދެވޭނެ. އެއަށް ފަހު އިންޝާ الله މި ޒުވާނުން މިންބަރުތަކުން ފެނިގެންދާނެ. ރޯދަ މަހުގެ ކުރިން މިހުރިހައިކަމެއް ނިމޭނެ. " ޝަޙީމުގެ އެކްސް ޕޯސްޓްގައި ލިޔުއްވާފައިވެއެވެ.

މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި މި ޕޯސްޓުގައި' ޒުވާން ޚަޠީބު'  މަޝްރޫޢު ކުރިއަށް ގެންދެވުމަށް މިނިސްޓަރީން ނިންމަވާފައިވާ ގޮތުގެ ތަފްޞީލްވެސް ހިމަނުއްވާފައިވެއެވެ.  

އެގޮތުން ކުރިމަތިލާފައިވާ މީހުންގެ އިންޓަވިއު މާލޭގައި ނަމަ އޮންނާނީ އެމީހަކު ހާޒިރުވެގެންކަމަށާއި،  އަދި ރަށުގައި އެމީހަކު ހުރިނަމަ އިންޓަވިއު ކުރިއަށްދާނީ އޮންލައިންކޮން ކަމަށާއި ، އިންޓަވިއުގައި ކުރިއަށްދާނީ ޤުރުއާން ކިޔެވުމާއި އަޑު އެހުމުގެ ބައިތަކުން އެކަނި ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ހުތުބާތަކުން، އެމީހަކު އިޚްތިޔާރު ކުރާ ޚުޠުބާއެއް ކިޔާ އަޑުއެހުމަށް ފަހު ހުއްދަ ދެވޭނެކަމަށާއި އަދި ހުއްދަ ދެވޭ މީހުންނަށް ޚާއްސަ ތަމްރީނެއް ދިނުމަށް ވުޒާރާ އިން ނިންމާފައިވާކަމަށް ޑރ.ޝަޙީމް ވިދާޅުވި އެވެ.

މިއާއެކު ޝަހީމް ވިދާޅުވީ އިމާމްކަމުގެ ތަމްރީނު ކުރިއަށްދާނީ އަތޮޅުތަކުގައ އުޅޭ މީހުންނަށް އަތޮޅުތަކުގައި ކަމަށާއި، މާލެ ސަރަހައްދުގައި އުޅޭމީހުންނަށް މާލޭގައި ތަމްރީންތައް ކުރިއަށް ގެންދާނީ އެ ވުޒާރާގައި ކަމަށެވެ.

މި ފަރާތްތަކަށް ދެވޭނީ މޮސްކް މެނޭޖްމަންޓް، ޚުޠުބާ ކިޔުމުގެ ފަންނު، ޖަނާޒާގެ ކަންކަން، އިމާމުގެ އަހުލާޤު، މިސްކިތުގެ ދައުރު، އަދި މީގެ އިތުރުން ނަމާދު ފިގުޙުގެ ބައިން ކަމަށް ޝަހީމް ވިދާޅުވި އެވެ. އެހެން ނަމަވެސް އެއްވެސް އިމްތިހާނެއް ނޯންނާނެކަމަށްވެސް ފާހަގަ ކުރައްވާފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.