ޕްލާސްޓިކް ކޮތަޅުގައާއި ފުޅީގައި ސްޕާރީއެތެރެކުރުން މަނާ
ހަބަރު
02 Jan 2024 | 14:51
ޕްލާސްޓިކް ކުދި ފުޅީގައާއި ކުދި ޕެކެޓުގައި ސްޕާރީ އެތެރެކުރުން މަނާކޮށްފި!

ރައީސުލް ޖުމުހުރިއްޔާ ލިބިވަޑައިގަންނވާ ބާރުގެ ދަށުން ފަންސާސް މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ޕެކެޓް ފިޔަވައި އެހެނިހެން ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ސްޕާރީ ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކޮށްފިއެވެ.

މިކަން މަނާކުރައްވާ ރައީސް ޑރ. މުޙައްމަދު މުއިއްޒަ ލިބިވަޑައިގަންނވާ ބާރުގެ ދަށުން ވަނީ ޤަރާރެއް ނެރުއްވާފައެވެ. އެގޮތުން މި ޤަރާރުގައި ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓެއް ވަނީ ހިމަނުއްވާފައެވެ.

މި ޤަރާރުގެ ދަށުން 1 ޖެނުއަރީ 2024 ން ފެށިގެން ޕްލާސްޓިކު ޕެކެޓް ފިޔަވައި އެހެނިހެން ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ސުޕާރީ އަދި ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯންއަށް ވުރެ ތުނި ޕްލާސްޓިކު ކޮތަޅު ރާއްޖެ އެތެރެކުރުމާއި އުފެއްދުން މަނާކޮށްފައިވާ އިރު މިތަކެތި މި އަހަރުގެ ޖޫން މަހުން ފެށިގެން ބާޒާރަށް ނެރުންވެސް ވަނީ މަނާކޮށްފައެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، އެތެރެކުރުމާއި އުފެއްދުން މި އަހަރުގެ އޮގަސްޓް މަހުން ފެށިގެން މަނާކުރަން ވަނީ ނިންމާފައެވެ.

މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން  އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ބާޒާރަށް ނެރުން މަނާކުރަން ނިންމާފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހަށްފަހުއެވެ. ކުރިން މިސައިޒުގެ ފުނިތަކުގައި ފެން އެތެކުރުމާއި ވިއްކުން މަނާކުރަން ނިންމާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ މިނިސްޓްރީން އެފެއްޓެވިކަމަކީ ކުނި މެނޭޖްކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓްގައި ހިމެނޭ ކަމެއް ކަމަށާއި އެލިސްޓްގައި ހިމެނޭ ތަކެތި ކަނޑައަޅާފައިވާ ތާރީޙުތަކުގައި ރާއްޖެއެތެރެކޮށް ވިއްކުން މަނާކުރުމުގެ ޢަމަލީ މަސައްކަތް އެ މިނިސްޓްރީން ފެއްޓެވީ ކަމުގައެވެ.

ސީދާ ރައީސުލް ޖުމުހުރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ނެރުއްވާފައިވާ ޤަރާރުގައި ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭގައި އުފެއްދުމާއި އަދި ބާޒާރަށް ނެރުން މަނާ 14 ބާވަތެއްގެ ސިންގަލް-ޔޫސް ޕްލާސްޓިކް ވަނީ ހިމަނުއްވާފައެވެ. މީގެތެރެއިން 11 ބާވަތެއް މިހާރުވެސް ވަނީ ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭގައި އުފެއްދުމާއި އަދި ބާޒާރަށް ނެރުން މަނާކޮށްފައެވެ.

ސިންގަލް-ޔޫސް ޕްލާސްޓިކު ރާއްޖޭގައި މަދުކުރުމުގެ ސިޔާސަތަކީ ޕްލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރު ހުއްޓުވުމުގެ އިތުރުން ދިވެހިރާއްޖޭގެ އިޤްތިސާދު ހިމާޔަތް ކުރުމުގެ ގޮތުން، ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ތަންފީޒު ކުރަމުންދާ ސިޔާސަތެކެވެ.

މިގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެވޭ އެއްކަމަކީ މީގެ ކުރިން ދިވެހި ރާއްޖޭގައި އުފައްދަމުން ގެންދިޔަ ޕްލާސްޓިކު ފުޅީގައި އުފައްދަމުން ގެންދިޔަ 300 މިލި ލީޓަރުގެ ފެން އުފެއްދުން މަނާކޮށް ބާޒާރަށް ނެރުން ހުއްޓުވުމުވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.