ރައީސް ޑރ.މުހައްމަދު މުއިއްޒު
ހަބަރު
03 Jan 2024 | 09:59
ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒާސް، ބޯޑަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އުފެއްދުމަށް ނިންމާފައިވާ "ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒާސް" ބޯޑަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި މި ސަރުކާރުގެ ޔޫތު މިނިސްޓްރީން ކުރި އިޢުލާނެއްގައެވެ.

އެ އިއުލާނުގައިވާ ގޮތުން މި ބޯޑަށް ވަނުގެ ފުރުޞަތު ހުޅުވާލައިފައިވަނީ ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާއާއި ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއިން މަސައްކަތްކުރާ އެންޖީއޯ/ ސިވިލް ސޮސައިޓީ ދާއިރާއިން މިއިން ކޮންމެ ދާއިރާއަކުން ޖުމުލަ 4 ޖާގައެވެ. މިއިޢުލާނުގައިވާ ގޮތުން މި 4 ޖާގައަށް ފުރުޞަތު ލިބިގެންދާނީ ކޮންމެ ދާއިރާއަކަށް އަންހެން އަދި ފިރިހެން ވަކިން ފުރުޞަތު ލިބޭ ގޮތަށެވެ.

ޔޫތު މިނިސްޓްރީގެ މި އިއުލާނުގައިވާ ގޮތުގައި މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތެއްގެ ގޮތުގައި ހިމަނާފައި  ވަނީ ދިވެއްސަކަށް ވުމާއި އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށް ވުމުގެ އިތުރުން އެ މީހަކު ތަމްސީލުކުރާ ދާއިރާއާ ގުޅޭ ފަންނީ ޤާބިލްކަން ނުވަތަ ތަޖުރިބާ ލިބިފައިވުމާއި ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުމެވެ.

ޔޫތު މިނިސްޓްރީގެ އިޢުލާނުގައި މިވާ ބޯޑަކީ މިދިޔަމަހުގެ 25 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާނެކަމަށް އިޢުލާނުކުރައްވާފައިވަ ބޯޑެކެވެ. އެދުވަހު ސަރުކާރުން ބުނެފައިވަނީ އެބޯޑު އެކުލެވިގެންވާނީ 15 މެމްބަރުންގެ މައްޗަށް ކަމަށާއި، ކޮންމެ ތިން މަހުން އެއްމަހު އެ ބޯޑުގެ ޗެއާކަން ކުރައްވާނީ ރައީސްކަމަށެވެ.

"ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒާސް" ބޯޑާއި ގުޅޭގޮތުން ޔޫތް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން ބޯޑަށް ކުރިމަތިލުމަށް ފުރަން ޖެހެނީ ގޫގުލް ފޯމެކެވެ. އަދި މި ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ އަންނަ ހޯމަ ދުވަހުގެ 14:00ގެ ކުރިން ކަމުގައި އިއުލާނުގައި ފާހަގަކުރައްވާފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.