ރޭގެ ޖަލްސާގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވާހަކަ ދައްކަވަނީ--
ހަބަރު
03 Jan 2024 | 11:05
ވަޒީރުންނަށް ރުހުން ނުދީ، އެމްޑީޕީން އެޕާޓީގެ ނަން ހަޑިކޮށްލައިފި: ނާއިބު ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ގެ ކެބިނެޓް ގެ ވަޒީރުންނަށް ރުހުން ދިނުން ފަސްކޮށް، އެމްޑީޕީ މެޖޯރިޓީ އޮންނަ މަޖިލީހުން އެ ޕާޓީގެ ނަން ހަޑިކޮށްލާފައިވާ ކަމަށް ކަމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ނައިބް ރައީސް ހުސައިން ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުގެ އިންތިހާބަކީ މުހިންމު އިންތިހާބެއް ކަމަށާއި، މި އިންތިހާބުގެ މުހިންމު ކަން ހިތްތަކަށް ގެނުވި، އިންތިޚާބު ވާދަވެރި އިންތިޚާބަކަށް ވެގެން ދިޔައީ ކުރީގެ މާލޭ މެޔަރ، އަދި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު، މަސައްކަތް މޭޔަރ ކަމުގެ މަގާމުގައި ހުންނަވައި ކޮށްދެއްވި ޚިދުމަތްތަކުގެ ސަބަބުން ކަމަށެވެ. 

މިގޮތުން ދެ އަހަރާއި ހަ މަސް ދުވަހު އެމަނިކުފާނު މާލެ ސިޓީގެ މޭޔަރުކަމުގައި، ބޮޑު ސަރުކާރެއްގެ ފިއްތުންތަކާއި އެކުގައި ހުންނަވައިގެން ބޮޑެތި ބަދަލުތަކެއް މާލޭގެ ރައްޔިތުންނަށް ގެނެސްދެއްވި ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، މާލެ ސިޓީ މޭޔަރ ކަމަށް މިހާރުވެސް ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ރައީސް މުޢިއްޒުގެ ތަސައްވުރަށް ތަޢުރީފް ކުރައްވައި، އެއީ ކޮންމެހެންވެސް ތަންފީޒު ކުރައްވަން ޖެހޭ ތަސައްވުރެއްކަން ވިދާޅުވަމުންދާކަން ނާއިބު ރައީސް ފާހަގަކުރެއްވިއެވެ. 

ކަންމިހެން ހުރި ނަމަވެސް، ޕީއެންސީގެ ކެންޑިޑޭޓު ފިޔަވައި ދެން ވާދަ ކުރައްވާ ކެންޑިޑޭޓުންނަކީ އެހެން ޕާޓީ ތަކަށް ނިސްބަތްވާ ކެންޑިޑޭޓުން ކަމަށްވާއިރު, އެބޭފުޅުން ތިއްބެވީ އެ ޕާޓީ އެއްގެ މެނިފެސްޓޯ އެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވުމާއެކު، މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބަލައި، ރައީސް ޑރ. މުއިއްޒުގެ ތަސައްވަރުގައި އެ ހުންނެވި ކަންކަން، ތަންފިޒު ކުރުމަށް، އެމަނިކުފަނާއި އެއް ސަފެއްގައި އެއް އަޑަކުން ވާހަކަދެއްކޭނެ ބޭފުޅަކު މާލޭ މޭޔަރ ކަމުގައި ހުންނެވުން އެއީ އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވާ ގޮތް ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ. އަދި އެ ބޭފުޅަކީ ޕީއެންސީގެ ޓިކެޓް ގައި މާލޭ މޭޔަރ ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު އައިޝަތު ޢާޒިމާ ޝަކޫރު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ހަމައެހެންމެ، ނާއިބު ރައީސް ވިދާޅުވީ، ހަމައެކަނި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރާނެ މޭޔަރަކު އިންތިޚާބު ކޮށްގެން ވާން ނެތް ކަމަށާ، އެއާއެކު، ދެން ތިބި ކައުންސިލް މެންބަރުންނަކީވެސް ވެރިކަން ކުރާ ޕާޓީގެ މެންބަރުންނަށް މުހިންމު ކަމަށެވެ. އަދި އޭގެ މުހިންމުކަން މިހާރު ރައްޔިތުންގެ މަޖިލީހުގައި ހިނގަމުންދާ ކަންކަމުންވެސް ހާމަވެގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

އެގޮތުން، އެމްޑީޕީ މެޖޯރިޓީ އޮންނަ މަޖިލީހުން ރައީސް މުޢިއްޒުގެ ކެބިނެޓަށް ރުހުން ނުދީ ހިފަހައްޓާފައިވާކަން ފާހަގަކުރައްވައި ނާއިބު ރައީސް ވިދާޅުވީ އެއީ ދުސްތޫރީ ނިޒާމު ގަޑުބަޑުކޮށްލުމުގެ ބޭނުމުގައި ކުރަމުންދާ ކަމެއް ކަމަށެވެ.

"އެއްވެސް ސަރުކާރަކުން އެއްވެސް މަޖިލީހަކުން އެއްވެސް އިރެއްގައި އަޅުގަނޑުމެންގެ ވަޒީރުންނަށް، ދައުލަތުގެ ވަޒީރުންނަށް، ފުރަތަމަ ފަހަރަށް ރުހުން ނުދީ ހިފަހައްޓާފައެއް ނެތް. ދިވެހި ރައްޔިތުންގެ ކުރިމަތީ ތާރީހުގެ ތެރޭގައި އެބޭފުޅުންގެ ނަން އެ ހަޑިކޮށްލީ" 

ނާއިބު ރައީސް ހުސައިން މުހައްމަދު ލަޠީފް

އެހެންކަމުން ނައިބު ރައީސް ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ވޯޓު ދޭއިރު ސަރުކާރާ ދެކޮޅު ކެންޑިޑޭޓަކަށް ވޯޓުލައިފިނަމަ، އެއީ ތަރައްގީގެ ފިޔަވަޅު ފަހަތަށް އެޅުން ކަމަށާ، އެ އިންތިހާބުގައި ވޯޓު ދޭއިރު ވިސްނަން ވާނީ ސަރުކާރާ ދެކޮޅު ވިސްނުން ހުރި ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.