ރޭގެ ޖަލްސާގައި ޢާޒިމާ ވާހަކަ ދައްކަވަނީ--
ހަބަރު
03 Jan 2024 | 12:01
އަޅުގަނޑާ ޒާތީ ވީވަރަކަށް ވާނީ ބޯ ހަރު، ޢަޒުމް ވާނީ ވަރުގަދަ: ޢާޒިމާ

ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި މާލޭ މޭޔަރ ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރަށް އަމާޒު ކުރައްވައި ޒާތީ ގޮތުން ހަމަލާ ދެއްވަމުންދާ ކަމަށް ވިދާޅުވެ އެފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ. 

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޢާޒިމާ ވިދާޅުވީ، އޭނާ އާ ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ އަބަދުވެސް އެއް ގޮތެއްގައި ހުރުން ކަމަށެވެ. އެގޮތުން، އޭނާ ހުންނެވީ ރައީސް މުޢިއްޒާއިއެކު ވަރަށް ސާބިތު ކަމާއިއެކު ކަމަށާ، އެކަން ބަދަލު ކުރުމަށް މަސައްކަތް ކުރި ނަމަވެސް ނުކުރެއްވޭނެ ކަމަށެވެ. 

އޭގެ ސަބަބުން އަޅުގަނޑަށް، އަޅުގަނޑުގެ ދަރިފުޅަށް، އަޅުގަނޑުގެ ޢާއިލާއަށް ކިތަންމެ ހަމަލާއެއް ދިނަސް އަޅުގަނޑު ގުޑުވައެއް ނުލެވޭނެ. އަޅުގަނޑަކީ އަޅުގަނޑުގެ އިޚްލާޞްތެރި ކަމާއިއެކު، ސާބިތު ކަމާއެކުގައި މި ގައުމަށް ދެއްކި މީހެއް. އެއެއް ބަދަލު ކުރައްވަން ނޫޅުއްވާތި. 

ޢާއިޝަތު ޢާޒިމާ ޝަކޫރު

ޢާޒިމާ އިތުރަށް ވިދާޅުވީ، އިއްޔެ އެކަނިވެސް، ޒާތީ ދެ ހަމަލާއެއް އަމާޒުވެގެން ދިޔަ ކަމަށެވެ. އަދި އެފަދައިން ހަމަލާތައް އަމާޒުކުރި ނަމަވެސް ޢަޒުމަށް ބަދަލެއް ނާންނާނެ ކަމަށް ޢާޒިމާ ވިދާޅުވި އެވެ. 

އަޅުގަނޑާ ޒާތީގޮތުން ބެހުނު ވަރަކަށް އަޅުގަނޑުގެ ވާނީ ބޯ ހަރު. އަޅުގަނޑުގެ އަޑު ވާނީ ގަދަ. އަޅުގަނޑުގެ އަޒުމް ވާނީ ވަރުގަދަ. މިއަދު އަޅުގަނޑު މިއައީ ޒާތީ ދެ ހަމަލާ ތަހައްމަލް ކޮށްފައި. އޭރުވެސް އަޅުގަނޑު ހުރީ ޑޯޓުޑޯގައި ދެ ވަޒީރުންނާއި އެކު. އަޅުގަނޑަކާ ނުކުޅެވޭނެ. ކުޅުއްވަން ނޫޅުއްވާތި. އަޅުގަނޑަކީ ހަމަލާ ތެރޭގައި ސަވައިވް ވާނޭ މީހެއް. އަޅުގަނޑަކީ އަންހެނެއް. ދިވެހި އަންހެނެއް. 

ޢާއިޝަތު ޢާޒިމާ ޝަކޫރު

މިއާއެކު ޢާޒިމާ ވިދާޅުވީ، އޭނާ އާއި ވާދަވެރި ބައެއް ބޭފުޅުންނާއި ގުޅޭ 22 ވަރަކަށް މައްސަލަ މިހާރުވެސް އޭސީސީ ގައި އޮތް ކަމަށެވެ. ނަމަވެސް އޭނާގެ ޚިޔާނާތުގެ އެންމެ މައްސަލައެއްވެސް ނޯންނާނެ ކަމަށް ވިދާޅުވި އެވެ. 

އަދި އޭނާގެ މައްޗަށް އެއްވެސް ޚިޔާނާތުގެ މައްސަލައެއް ނެތީ، މިވީހާތަނަށް އަދާ ކުރެއްވި ސަރުކާރުގެ މަގާމުތަކުގެ ނާޖާއިޒު ފައިދާ ނަންގަވާފައި ނުވާތީ ކަމަށާ، ސިވިލް ކޯޓުން ދަރަނީގެ މައްސަލާގައި ހުކުމް ކުރީވެސް އެ ސަބަބަށްޓަކައި ކަމަށް ޢާޒިމާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.