ހެލުތު މިނިސްޓަރ ޑރ.ޢަބުދުﷲ ޚަލީލު
ހަބަރު
03 Jan 2024 | 13:01
ވިލިމާލޭގައި ޢިމާރާތްކުރާ 100 އެދުގެ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް މިއަހަރުތެރޭ ފެށޭނެ: މިނިސްޓަރ

މިހާރުގެ ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެމްޕޭންގެ ތެރޭގައި ވަޢުދުވެ ވަޑައިގެންނެވި ފަދައިން ވިލިމާލޭގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 100 އެދުގެ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ސިއްޙަތާއި ބެހޭ ވަޒީރު ޑރ. އަބުދުالله ޚަލީލު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޚަލީލު މިފަދައިން ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލުގައި ސީ އެމްބިޔުލާންސްގެ ޚިދުމަތް ތަޢާރަފުކުރުމަށް މިއަދު ހެދުނު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މިހާރު މިވަނީ މިރަށުގައި ޤާއިމުކުރެވޭ 100 އެދުގެ ހޮސްޕިޓަލުގެ މަސައްކަތް ފެށިފަ، މިހާރު އަޅުގަނޑުމެން މިތިބީ އޭގެ ޑިޒައިން ފޭސްގަ، މާ ލަސްތަކެއް ނުވެ އިރާދަ ކުރެއްވިޔާ ތިޔަ ބޭފުޅުންނަށް ފެނިގެން ދާނެ މި ފެށުނު އާއަހަރު އެކަން ހަޤީގަތަކަށް ވެގެން ދާ މަންޒަރު" މިއަދުގެ ހަފްލާގައި ހެލުތު މިނިސްޓަރ ޑރ. ހަލީލި ވިދާޅުވިއެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި ޑރ. ޚަލީލުވަނީ މިހާރުގެ ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި ތިއްބެވުމަށް ވިލިމާލެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ޑރ. ޚަލީލުގެ ވާހަކަ ފުޅުގައި ވޭތުވެދިޔަ ސަރުކާރުން ވިލިމާލެ އަވަށް ބާކީ ކޮށްލައިފައިވާ އޮތުން މިސަރުކާރުން ނިމުމަކަށް ގެންނަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

"އަޅާނުލެވި އޮތް ސަހަރެއްގެ ގޮތުގައި މި އަވަށް އޮތް އޮތުން  ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ނިމުމަކަށް އަންނަތަން ފެންނާނެ، މީ އަޅާލާ ސަރުކާރާއި އެއްކޮށް ތިބި ރައްޔިތަކު ދިރިއުޅޭ  ސަހަރެއް ކަމުގައި ތިޔަބޭފުޅުން ހައްދަވައި ދެއްވާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސާބިތު ކޮށްދޭނަށް ތިޔަބޭފުޅުންނާއި އަޅުގަނޑުމެންނާއި އޮތް ގުޅުން " މިއަދުގެ ވާހަކަ ކޮޅު ނިންމާލައްވަމުން މިނިސްޓަރ ޚަލީލު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.