ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
03 Jan 2024 | 15:07
ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ޚިދުމަތެއް އެއް ޕޯޓަލްއަކުން ލިބޭގޮތް ހަދަން ނިންމައިފި

ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތެއް އެއް ޕޯޓަލްއަކުން ލިބޭނެ އިންތިޒާމު ހަމަޖައްސަން ނިންމަވާފައިވާ ކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށް ދެމުންދިޔަ ނަމަވެސް މިހާރު، އެކި ޚިދުމަތްތައްކަށް އެދެވެނީ އެކި ޕޯޓަލްތައް މެދުކޮށެވެ.

އެކަމުގެ ސަބަބުން އައްމުންނަށް އުނދަގޫ ތަކާއި ކުރިމަތިލާން ޖެހޭ އިރު، މިއަދު ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީން ވަނީ، އެމައްސަލަ ހައްލުކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. 

"މިނިސްޓްރީގެ ގިނަ ޚިދުމަތްތައް ތަފާތު ޕޯޓަލްއަކުން މަސައްކަތް ކުރަން ޖެހުނީމަ އެއީ އުދަގޫވާ ކަމެއްގެ ގޮތުގައި ފާހަގަވެފައި އޮންނާތީ، މިނިސްޓްރީގައި ހުރިހާ ޚިދުމަތަކަށް އެދިވަޑައިގަތަސް އެއް ޕޯޓަލްއެއްގެ ތެރެއިން އެކަންތައް ހަމަޖެއްސޭނެ އިންތިޒާމެއް އިރާދަކުރެއްވިއްޔާ ހަމަޖައްސަން މިހާރު ފަށައިފީމު." 

ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން

މިއާއެކު އަމީން ވިދާޅުވީ އެ މިނިސްޓްރީގެ އަމާޒަކީ ކުރިއަށް އޮތް 3 މަސް ނުވަތަ 4 މަސްތެރޭ އެއް ޕޯޓަލްއަކުން ހުރިހާ ޚިދުމަތެއް ލިބޭގޮތަށް ހަމަޖެއްސުން ކަމަށެވެ.

މީގެ އިތުރުންވެސް، މިއަދުގެ ބައްދަލުވުމުގައި އަމީން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ އެތެރޭގެ ހިންގުމުގެ ނިޒާމު ރަނގަޅުކުރުމަށް އެ މިނިސްޓރީގައި އައިޓީ އަދި ޕީއާރް ސެކްޝަނެއް އުފައްދަން ޖެހޭ ކަމަށާ އެކަމަށްޓަކައި މިހާރު އެދިފައިވާ ކަމަށެވެ.

އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތައް އޮންލައިން ކުރި ނަމަވެސް މިނިސްޓްރީ ގައި ބޭނުން ކުރަމުންދަނީ ދުވަސްވީ ސޮފްޓްވެއަރ އެއް ކަމުން އެކަން ރަނގަޅު ކުރުމަށްވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. 

"މިނިސްޓްރީގައި ބޭނުން ކުރަމުންދަނީ ވަރަށް ދުވަސްވީ އަދި ޒަމާނަށް ނުފެތޭ މެޓްރިކްސް ސޮފްޓްވެއާ ސިސްޓަމްތަކެއް. އެހެންވީމަ މުޅި ނިޒާމު އަޅުގަނޑުމެން ސޭފްޓީ ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަމެއްގެ ގޮތުގައި." 

ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން

މީގެ އިތުރުން އަމީން ވަނީ، މިނިސްޓްރީގެ އެތެރޭގައި ގޯސްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރައްވައި، އެކަންކަން ބެލުމަށް އޮޑިޓެއް މިހާރު ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.