މިދިޔަ އަހަރު 1.8 މިލިޔަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި
ހަބަރު
03 Jan 2024 | 15:05
ފާއިތުވި އަހަރު ފަތުރުވެރިކަމުގެ އެންމެ ރަނގަޅު މާކެޓަކަށް އިންޑިޔާ!

ވޭތުވެދިޔަ 2023 ވަނަ އަހަރު ނިމުނު އިރު ދިވެހިރާއްޖޭގައި އޮޕަރޭޓް ކުރަމުން ގެންގޮސްފައިވަނީ 61،650 ޓޫރިސްޓު އެނދުކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހަމަކޮށްފިއެވެ.

އެމިނިސްޓރީން އެކަން ހާމަކޮށްފައިވަނީ އެމިނިސްޓރީގެ ފަރާތުން ނެރެފައިވާ ވޭތުވެދިޔަ އަހަރުގެ ފަތުރުވެރިމާއި ބެހޭ ތަފާސް ހިބުގައެވެ.

އެމިނިސްޓރީގެ ތަފާސް ހިސާބުގައިވާ ގޮތުން ވޭތުވެދިޔަ 2023 ވަނަ އަހަރު ރާއްޖޭގައި 61،650 ޓޫރިސްޓު އެނދު އޮޕަރޭޓު ކުރަމުންދިޔައިރު އޭގެ ތެރޭގައި ހިމެނެނީ ޓޫރިސްޓް ރިސޯރޓުތަކުގައި ހުރި 43،279 އެނދާއި، ޓޫރިސްޓް ހޮޓާތަކުގައި ހުރި 1،940 އެނދާއި، ގެސްޓު ހައުސްތަކުގައި ހުރި  13،657 އެނދާއި އަދި ސަފާރީ އުޅަދުފަހަރުގައި ހުރި 2،774 އެނދެވެ.

މިނިސްޓރީން ނެރެފައިވާ އެހެނިހެން ތަފާސް ހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ އަހަރު ފަތުރުވެރިކަމުގެ އެންމެ ރަނގަޅު މާކެޓެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ އިންޑިޔާއެވެ. އެގޮތުން ވޭތުވެދިޔަ އަހަރު އިންޑިޔާއިން 209،198 ފަތުރުވެރިއަކު ރާއްޖެއަށް އައިސްފައި ވާކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އިންޑިޔާއާއި ޖެހިގެން މިދިޔަ އަހަރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމެއްގެ ގޮތުގައި މިނިސްޓްރީގެ ތަފާސް ހިސާބުން ފެންނަށް އޮތީ ރަޝިޔާއެވެ. ވޭތުވެދިޔަ އަހަރު ރަޝިޔާއިން 209،146 ފަތުރުވެރިއަކު ރާއްޖެ އައިސްފައިވެއެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިންއައި ޤައުމެއްގެ ގޮތުގައި ވަނީ ކޮވިޑްގެ ކުރިން އަބަދުވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޗައިނާއެވެ. ވޭތުވެދިޔަ އަހަރު ޗައިނާއިން 187،118 ފަތުރުވެރިން އައިސްފައިވެއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ނެރެފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ވޭތުވެދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ ޑިސެމްބަރު މަހުއެވެ. އެމަހު ރާއްޖެ އަށް 194،690 ފަތުރުވެރިން އައިސްފައިވެއެވެ.

މިއަހަރަށް މި ސަރުކާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.