ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
03 Jan 2024 | 15:54
ޓްރާންސްޕޯޓް މިނިސްޓްރީގެ އޮޑިޓެއް ހަދަން ފަށައިފި!

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮޑިޓެއް ހަދަން ފަށާފައިވާ ކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތައް މިހާރު އޮންލައިން ކުރެވިފައިވާ ނަމަވެސް، އެކަމަށްޓަކައި ބޭނުން ކުރަމުންދަނީ ޒަމާނަށް ނުފެތޭ، ވަރަށް 'މުސްކުޅި' ސޮފްޓްވެއަރ އެއް ކަމަށެވެ.

އަދި ސްފްޓްވެއާގެ 'ބެކްއެންޑަށް' ވަދެ 'ގޯސްތަކެއް' ހިންގަމުންދާ ކަމަށްވެސް ޝައްކު ކުރެވޭ ކަން އަމީން ފާހަގަކުރެއްވި އެވެ. 

"މިނިސްޓްރީގައި ބޭނުން ކުރަމުންދަނީ ވަރަށް ދުވަސްވީ އަދި ޒަމާނަށް ނުފެތޭ މެޓްރިކްސް ސޮފްޓްވެއާ ސިސްޓަމްތަކެއް. އެހެންވީމަ މުޅި ނިޒާމު އަޅުގަނޑުމެން ސޭފްޓީ ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަމެއްގެ ގޮތުގައި. އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ޝައްކު ކުރެވޭ މެޓްރިކްސްގެ ބެކްއެންޑަށް ވަދެގެން ގޯސްތަކެއް ހިންގާކަން." 

ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން

އެހެންކަމުން އެކަން ކަން ރަނގަޅު ކުރުމަށް، ޓްރާސްޕޯޓް މިނިސްޓްރީގެ އޮޑިޓެއް ހަދަން މިހާރު ފަށާފައިވާ ކަމަށް އަމިން ވިދާޅުވިއެވެ. 

އެކަންކަން (ބެކްއެންޑަށް ވަދެގެން ހިންގާ ގޯސްތައް) ރަނގަޅު ކުރުމަށްޓަކައި، އަޅުގަނޑުމެން އެންމެ ފުރަތަމަ، މިނިސްޓްރީގެ އޮޑިޓެއް މިހާރު ފަށްޓާފައި އޮންނާނީ. މިނިސްޓްރީގެ ވަރަށް ކޮންޕްރެހެންސިވް އޮޑިޓެއް ހަދަންޖެހޭ ސަބަބަކީ އަޅުގަނޑުމެންނަށް ބައިވަރު މައްސަލަތައް ފެށިގެންދާއިރު، ޚާއްސަކޮށް އެއްގަމު ވެހިކަލް ތައް، އާދަޔާ ޚިލާފް ބޮޑު އަދަދަކަށް ރެޖިސްޓްރީވެ، އަދި ޑޮމެއިންގެ މައްސަލަތައް ހައްލުނުވެ، އެކަންވެސް ހުއްޓާލެވުފައި މިހާރު އޮތީ. 

ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން

މީގެ އިތުރުން އަމީން ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން މިނިސްޓްރީގެ ސޮފްޓްވެއާ ބެކްއެންޑަށް ވަދެ ވަގު ލައިސަންސް ހަދާފައި ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.

"މެޓްރިކްސް ނިޒާމުގެ ބެކްއެންޑަށް ވަދެގެން ކްރިއޭޓްކޮށްފައި ހުރި ލައިސަންސް ތަކެއްގެ ޑީޓެއިލްސްތަކެއް މިހާރުވެސް ފެންނަން އެބަހުރި. އެއީ ކިހާވަރަކަށްތޯ ވަދެވިފަ ހުރީވެސް އަޅުގަނޑުމެންނަށް ބެލޭނެ. އެހެންވީމަ ފޮރެންސިކް އެނަލައިސިސް އާ އޮޑިޓާއެކީގައި މިދަނީ." 

ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވަނީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ޚިދުމަތެއް އެއް ޕޯޓަލް އަކުން ދެވޭނެ އިންތިޒާމު ހަމަޖައްސަވަން ނިންމަވާފައިވާ ކަން އިއުލާން ކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.