ހުޅުމާލެ ގޯތި ދޫކުރި ސަރަހައްދު--ފޮޓޯ: އަވަސް
ހަބަރު
04 Jan 2024 | 10:06
މިދިޔަ ސަރުކާރުގައި ގޯތި ލިބުނު މީހުންނަށް ރަޖިސްޓަރީ އާއި ބިން ހަވާލުކުރަން ފަށައިފި

ރައީސް އިބުރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރު ނިމެން ގާތްވެފައިވަނީކޮށް ކުރިއަށް ގެންދިޔަ "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ލިބި ރަޖިސްޓރީ ހަވާލުކުރެވިފައިވާ ނުވާ ފަރާތްތަކަށް ބިމާއި ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ފަށައިފިކަމަށް ހައުސް މިނިސްޓރީން ބުނެފިއެވެ.

ނިމިދިޔަ ސަރުކާރުގެ އެންމެފަހު ދުވަސްކޮޅު ކުރިއަށް ގެންދެވުނު މި މަޝަރޫޢުގެ ދަށުން ގިނަބަޔަކަށް ވަނީ ބިމާއި ރަޖިސް ޓްރީ ހަވާލު ނުކުރެވިއެވެ. އެހެންކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދަކަށް ވެފައިވަނީ ނިމި ދިޔަ ސަރުކާރުން ދޫކޮށްފައިވާ ގޯއްޗާއި ފުލެޓްތައް އޭގެ ހައްޤުވެރި ފަރާތްތަކަށް ހަވާލުކޮށްދެއްވުމެވެ.

ހައުސް މިނިސްޓްރީން މިކަމާއި ގުޅިގެން އިއްޔެކުރި އިއުލާނެއްގައި ބުނެފައިވަނީ ގޯއްޗާއި ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް އިއްޔެ ފަށަފައިވާ ކަމަށާއި،  އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ މީހުންނަށް ގުޅައިގެން އަދި މެސެޖުކޮށް ހާޒިރުވާން ޖެހޭ ތާރީހާއި ގަޑި އަދި ތަން އަންގާނެ ކަމަށެވެ.

މީގެ އިތުރުން އެ އިޢުލާނުގައި ބުނެފައިވަނީ މިހާތަނަށް ހަވާލު ކޮށްފައިވާ ރަޖިސްޓަރީތަކާއި އެއްބަސްވުންތަކުގައި މައްސަލައެއް ފާހަގަ ކުރެވޭ ނަމަ އެކަން މިނިސްޓްރީ އަށް ހުށަހެޅުމުން އިސްލާހު ކޮށްދޭނެ ކަމަށެވެ.

ނިމިދިޔަ ރައީސް އިބުރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ ތިނަކާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ގޯތި ދޭން ނިންމައިފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ރަޖިސްޓަރީ އަދި ބައެއް މީހުންނަށް ބިންތައް ވެސް ވަނީ އެސަރުކާރުން ހަވަލުކޮށްފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.