ފައިލޭރިޔާއަކީ މަދިރިން ޖެހޭ ބައްޔެއް
ހަބަރު
04 Jan 2024 | 20:25
މުޅިރާއްޖޭގައި ފައިލޭރިޔާއަށް ޓެސްޓު ކުރުމުގެ ހަރަކާތެއް ފަށަނީ

މީގެ އަހަރުތަކެއް ކުރިން ރާއްޖެއިން ނައްތާ ލެވިފައިވާ ފައިލޭރިއާ ބަލިޖެހިފައިވާ ބިދޭސީން ތަކެއް އަލުން ރާއްޖެއިން ފެނުމާއި ގުޅިގެން ފައިލޭރިޔާއަށް ޓެސްޓު ކުރުމުގެ ބޮޑު ހަރަކާތެއް މުޅިރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިން ނިންމައިފިއެވެ.

މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މިހަރަކާތާއި ގުޅޭގޮތުން އެޗްޕީއޭއިން ވިދާޅުވީ މިހަރަކާތުގައި ފުރަތަމަ ސާމްޕަލްތައް ނެގުމަށް ހަމަޖެހިފައިވަނީ މާލެއާއި ހުޅުމާލެއިން ކަމަށެވެ. އަދި އެއަށްފަހު ވިލިމާލެއާއި ގުޅީފަޅާއި ތިލަފުށީގައިވެސް މިހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި މި ފަށާ ޕްރޮގްރާމު ކުރިއަށް ގެންދާނީ ވަކި އުމުރުފުރާއެއް ނެތި  ދިވެހިންނާއި ބިދޭސީންނަށްވެސް ބައިވެރިވެވޭ ގޮތަށް ކޮންމެ ދުވަހަކުވެސް މަދުވެގެން 70 ރެންޑަމް ސާމްޕަލް ޓެސްޓު ކުރުމަށް އަމާޒުކޮށްގެން ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހދ. ކުޅުދުއްފުށިން މި ބަލި ޖެހިފައިވާ ބިދޭސިންތަކެއް ފެނިފައިވާއިރު އޭގެފަހުން ހުޅުމާލެ އިންނާއި މާލެއިން ވެސް ވަނީ މިބަލިޖެހިފައިވާ ބިދޭސީންގެ ބަޔަކު ފެނިފައެވެ. މިކަމާއި ގުޅިގެން ރާއްޖެ އެތެރެވާ ބިދޭސީ މަސައްކަތްތެރިން މި ބަލި ހިމެނޭ ގޮތަށް މެޑިކަލް ޗެކަޕް ހެދުމަށް ސަރުކާރުން މިހާރު ވަނި ނިންމާފައެވެ.

ރާއްޖޭގައި ފައިލޭރިޔާ ބަލި ފެތުރެން ފެށުމާއި އެކު ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުالله ޚަލީލް ވިދާޅުވެފައިވަނީ ފައިލޭރިއާއަށް ޓެސްޓްކުރުމަށް ކިޓްތަކާއި ފަރުވާއަށް ބޭނުންވާ ބޭސް ރާއްޖޭގައި އެބަހުރިކަމަށާއި އަދި މި ބައްޔަށް ބޭނުންވާ އިތުރު ބޭހާއި ޓެސްޓިން ކިޓް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރާއްޖެއިން އަނެއްކާވެސް ފައިލޭރިޔާ ބަލި ފެނުމާއި ގުޅިގެން މިބައްޔަށް ހޭލުންތެރި ކުރުވުމުގެ ގިނަ ހަރަކާތްތަކެއް ކަމާގުޅޭ ފަރާތްތަކުން މިހާރުވެސް ގެންދަވަނީ ހިންގަވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.