ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ ބައްދަލުކުރެއްވުން-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
05 Jan 2024 | 18:15
އިންޑިޔާ ސިފައިން ދާއިމަށް ރާއްޖޭގައި ނުތިއްބަސް ދެގައުމުގެ ގުޅުން ދެމެހެއްޓޭނެ: ރައީސް މުޢިއްޒު

ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަކީ ވަރުގަދަ ގުޅުމެއް ކަމަށާ އެ ގުޅުން ދެމެހެއްޓުމަށް އެ ގައުމުގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުން މުހިންމު ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ އިންޑިޔާގެ ނޫހެއް ކަމަށްވާ "ޓައިމްސް އޮފް އިންޑިއާ" ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. މިއީ ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު އެމާނިކުފާނު އިންޑިޔާގެ ނޫހަކަށް ދެއްވި ފުރަތަމަ ބަސްދީގަތުމެވެ. 

މި ބަސްދީގަތުމުގެގައި ރާއްޖޭގައި އިންޑިޔާ ސިފައިން ގާއިމްވެ ތިބުމާއި، ރައީސް ޞާލިހު ގެ ސަރުކާރުން އިންޑިޔާއާއެކު އެކުލަވާލި ހައިޑްރޯ ގްރަފީ އެއްބަސްވުން އައު ނުކުރަން ނިންމެވި ނިންމުމާއި، އެނޫންވެސް ދެ ގައުމުގެ ގުޅުމާއި ގުޅޭ ގިނަ ސުވާލު ތަކެއް އެ ނޫހުން ވަނީ ރައީސް މުޢިއްޒާއި ކޮށްފައެވެ. 

އެގޮތުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ އެގައުމުގެ ކަންބޮޑުވުމެއް ކަން ފާހަގަކޮށް، އެ ނޫހުން ވަނީ، އިންޑިޔާ ސިފައިން ރާއްޖެއިން ފޮނުވާލައިފި ނަމަ، ރާއްޖެއަށް އިންޑިޔާއިން ހަދިޔާ ކޮށްފައިވާ ތަކެތި، ޚާއްސަކޮށް އިންޑިޔާއިން ހަދިޔާ ކުރި އަސްކަރީ ހެލިކޮޕްޓަރ ފަދަ ތަކެއްޗާއިމެދު ކަން ވެގެންދާނީ ކިހިނެއްތޯ ވަނީ ސުވާލު ކޮށްފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގައި ބޭރު ސިފައިން ޤާއިމުވެތިބުމަށް ދިވެހި ރައްޔިތުން މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ސާފުކޮށް ނޫނެކޭ ބުނެފައިވާ ކަމަށެވެ. އަދި މިވަގުތު ރާއްޖޭގައި ޤާއިމުވެ ތިބީ ހަމައެކަނި އިންޑިއާ ސިފައިން ކަމަށާއި ރައްޔިތުންގެ އެ ނިންމުމަށް ގަދަރުކުރެއްވުމަށް ސިފައިން އަނބުރާ ގެންދިއުމަށް އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ވަނީ، ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ގާއިމްވެ ތިބެން ބޭނުން ނުވާ ކަމަށް ސާފުކޮށް ބުނެފައި. މިވަގުތު ރާއްޖޭގައި އެފަދައިން ތިބީ އިންޑިޔާ ސިފައިން އެކަނި. އެހެންކަމުން، ދިވެހި ރައްޔިތުންގެ ނިންމެވުމަށް އިހްތިރާމްކޮށް، އަޅުގަނޑުވާނީ އިންޑިޔާ ސިފައިން އަނބުރާ ގެންދިއުމަށް އެގައުމުގެ ސަރުކާރުގައި އެދިފައި. އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އޮތް ގައުމު. އެހެންކަމުން ދިވެހި ރައްޔިތުންގެ މި ޑިމޮކްރެޓިކް ނިންމުމަށް އިންޑިއާއިން ފުރިހަމައަށް އިހްތިރާމް ކުރާނެ ކަން އަޅުގަނޑު ޔަގީން ކުރަން. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މިއާއެކު ރައީސް މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ބޭރުގެ އަސްކަރިއްޔާއެއް ރާއްޖޭގައި ގާއިމްވެ ތިބުމަކީ ގާނޫނުއަސާސީއާވެސް ޚިލާފުކަމެއް ކަަމަށާ، އެމަނިކުފާނު އެ މައްސަލައަކީ ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން ހައްލު ކުރެވޭނެ މައްސަލައެއް ކަމަށް އެމަނިކުފާނު ގަބޫލު ކުރައްވާ ކަމަށެވެ.

މީގެއިތުރުން، އިންޑިއާ އާއެކު ހަދާފައިވާ ހައިޑްރޯގްރެފިކް އެއްބަސްވުން ބާތިލް ކުރަން ނިންމާފައިވަނީ ކީއްވެތޯ ސުވާލު ކުރުމުން، ރައީސް ވިދާޅުވީ މި ސަރުކާރުން އެ އެއްބަސްވުން ބާތިލް ނުކުރާ ކަމަށެވެ. އެހެން ނަމަވެސް، އެ އެއްބަސްވުމުގެ މުއްދަތު ހަމަ ވުމުން އެއްބަސްވުން އަލުން އާ ނުކުރަން ނިންމީ ކަމަށް ވިދާޅުވިއެވެ.

އަދި އެފަދައިން ނިންމެވީ، ރާއްޖޭގެ ގައުމީ ދިފާއީ ބާރާއި ކަމާ ގުޅުންހުރި އެހެން މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރަން ކަމަށް ރައީސް ވިދާޅުވި އެވެ. މިއާއެކު ރާއްޖޭގައި ގައުމީ ހައިޑްރޮގްރެފީ އޭޖެންސީއެއް އޮންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބޭރުގެ އެހީއަށް ބޭނުންވެއްޖެ ހާލަތެއްގައި އެހީ ހޯއްދަވާނެ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ތެރެއިން އެންމެ ބޮޑު އަދި މުހިންމު ވައުދުފުޅެވެ. އެ މަސައްކަތް މިހާރުވެސް ފަށްޓަވާފައި ވާއިރު، އެކަމާއި ގުޅިގެން އިންޑިއާ އާއި ބައްދަލުވުންތަކެއް ވަނީ ބާއްވާފައެވެ. އެ މަސައްކަތުގައި ބައެއް ގޮންޖެހުންތަކާ ކުރިމަތިވަމުންދާ ކަމަށް ސަރުކާރުން ދާދިފަހުން ބުނެފައި ވީނަމަވެސް، ދެގައުމުގެ ދެމެދުގައި މަޝްވަރާކޮށް ޑިމޮކްރެޓިކް ހަމަތަކުގެ މަތީން އެ މީހުން ފޮނުވާލުމަކީ ރައީސްގެ އަމާޒެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.