ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އާޒިމާ ޝަކޫރު/ ފޮޓޯ: ވޮއިސް
ހަބަރު
06 Jan 2024 | 09:38
އާޒިމާ މަސައްކަތް ކުރައްވާނީ އަޅުގަނޑަށް އޭރު ނުކުރެވުނު ކަންތައްތައް ކޮށްދެއްވުމަށް: ރައީސް

ސަރުކާރުގެ ފަރާތުން މާލޭ މޭޔަރުކަމަށް ވާދަކުރައްވާ އުސްތާޛާ އާޒިމާ މަސައްކަތް ކުރައްވާނީ މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން މާލޭ މޭޔަރުކަމުގައި ހުންނަވައިގެން އެމަނިކުފާނު ކުރައްވަން މަސައްކަތް ކުރެއްވި ކަންތައްތައް ފުރިހަމަ ކުރެއްވުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅިވެފައިވަނީ މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން މެނިފެސްޓޯ އިފުތިތާހު ކުރުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ހަފުލާގައި ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ވަރަށް ތަނަވަސް އަޤުލަބިއްޔަތަކުން އެމަނިކުފާނު މާލޭގެ މޭޔަރުކަމަށް އިންތިހާބުކުރެއްވި ހިސާބުން މާލޭގެ ރައްޔިތުންނަށް އޭރުވެވަޑައި ގެންނެވި ވަޢުދުތައް ފުއްދެވުމުގެ މަސައްކަތް ފެއްޓިވިކަމަށެވެ.

"ބައެއް ކަންކަމަކީ ކައުންސިލަށް ލިބޭ ބަޖެޓުން ކުރެވޭ ކަންކަން. ބައެއް ކަންކަމަކީ އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރު ކޮށްގެން ކުރެވެން ހުރި ކަންކަން. އަދި ބައެއް ކަންކަމަކީ ސަރުކާރުން އެއްބާރުލުން ދީފިއްޔާ އެކަނިވާ ވަރުގެ ކަންކަން" 

ރައީސް ވިދާޅުވިއެވެ.

ރައިސް ވިދާޅުވީ އެމަނިކުފާނުގެ މޭޔަރުކަމުގައި ގިނަ ކަންތައްތަކެއް ހާސިލްވެފައިވީ ނަމަވެސް އޭރުގެ ސަރުކާރުން އެއްބާރުލުން ލިބިގެން ނޫނީ ނުކުރެވޭ ވަރުގެ ބޮޑަތި ބިޔަ މަޝްޜޫޢުތައް ނުކޮށް މަޑުކޮށްލަން މަޖުބޫރުވެގެން ދިޔަ ކަމަށެވެ.

"ހައުސިން މައްސަލަ ބޯހިޔާވަހިކަން ހައްލު ކުރުމަށް މާލެއާއި ވިލިމާލޭގައި ފްލެޓްތަކެއް އެޅުމަށް ހުރިހާ ކަމެއް ނިންމިން. އެކަމަކު ސަރުކާރުން ދޭން ޖެހޭ އެއްބާރުލުން ނުދެއްވުމުން އެ ފްލެޓްތައް އެހެރީ ނޭޅި. މަގު ހަދަމުން ދަނިކޮށް އެ މަޝްރޫއު އަތުލި. ޕާކިން މައްސަލަ ހައްލު ކުރުމަށް ނިންމުމުން ސަރުކާރުން ދެއްވަން ޖެހޭ އެއްބާރުލުން ދީގެން އެކަން ނުވީ" 

ރައީސް ވިދާޅުވިއެވެ.

އެކަންތައްތައް އެހެން ހުރުމާއި އެކު ރައީސް ތަކުރާރުކޮށް އެދި ވަޑައިގެންނެވީ މިފަހަރުގެ މާލޭ މޭޔަރުގެ އިންތިހާބުގައި އެމަނިކުފާނުގެ ކެންޑިޑޭޓަށް ވޯޓް ދެއްވުމަށެވެ.

"އަޅުގަނޑުމެންގެ ކެނޑިޑޭޓް މަސައްކަތް ކުރައްވާނީ އަޅުގަނޑަށް އޭރު ނުކުރެވުނު ކަންތައްތައް އަދި ދެންމެ ހުށަހެޅި ފުރިހަމަ މެނިފެސްޓޯގައި ހުރި އިންކްލޫސިވް ސޮސައިޓީ، ހުރިހާ ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ކޮށްދިނުމުގަ ސަރުކާރުގެ ސިޔާސަތާއި ގުޅިލާމެހިގެން، މާލޭގެ ރައްޔިތުން އެދޭ ގޮތަށް ތިރިން މައްޗަށް ރައްޔިތުން އެދޭ ކަންތައްތައް ކޮށްދިނުމުގަ" އާޒިމާއަށް ވޯޓުދެއްވުން އެދި ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.