އުސްތާޒާ އައިޝަތު އާޒިމާ ޝަކޫރު / ފޮޓޯ: ވޮއިސް
ހަބަރު
06 Jan 2024 | 09:55
ނުކުޅުދެންތެރިކަން ހުންނަ މީހުންނަށް ރައްކާތެރި ތަނަކަށް މާލެ ހަދާނަށް: އާޒިމާ

ނުކުޅުދެންތެރިކަން ހުންނަ މީހުންނަށް ރައްކާތެރި ތަނަކަށް މާލެ ހައްދަވާނެކަމަށާއި، އެފަދަ ފަރާތްތަކަށް އިތުރު ތަކުލީފެއް އަދި އުދަގުލެއް ލިބުނަ ދީގެން ނުވާނެކަމަށް ސަރުކާރުގެ ފަރާތުން މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ކެނޑިޑޭޓް، އާޒިމް ޝަކޫރު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވެފައިވަނީ "ހަމަ ކޮންމެ މީހަކަށް ވެސް ރައްކާތެރިކަމާއި ހަމަޖެހުމާ އެކު ދިރިއުޅޭ ރަށަކަށް" މި ޝިޔާރުގެ ދަށުން އެކުލަވާލާފައިވާ އެކަމަނާގެ މެނިފެސްޓޯ އިފުތިތާހު ކުރުމަށް ބޭއްވި ހަފުލާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ޑައިވާސިޓީއަށް ފުރުސަތު ދޭން ޖެހޭ. ކިތަންމެ ޑިސޭބިލިޓީސް ތަފާތު ވިއަސް އަދި އެމީހެއްގެ ގާބިލުކަން ތަފާތުވިއަސް އަޅުގަނޑުމެންގެ ތެރޭގައި ޖާގައެއް ލިބެން ވާނެ. އަޅުގަނޑުމެން ޑިސްއޭބަލް މީހުންނަށް މިހާރު ހުރި ޑިސްއޭބިލިޓީއަށްވުރެ އިތުރު ޑިސްއެބިލިޓީއެއް ދައުލަތުން ހަދައިގެން ނުވާނެ" 

އާޒިމާ ވިދާޅުވިއެވެ.

ރޭގެ ހަފުލާގައި އާޒިމާ ވަނީ އެކަމާގެ މެނިސްފެސްޓޯގައި ހިމެނޭ އިތުރުބައެއް ކަންތައްތަކާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވަފައެވެ. އެގޮތުން ކޮމިޔުޓީ ސެންޓަރތައް ޤާއިމު ކުރައްވާނެކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލްދެއްވިއެވެ.

އާޒިމާ ވިދާޅުވީ މާލެ ސަރަހައްދުގައި ކޮމިއުނިޓީ ސެންޓަރުތައް ގާއިމްކޮށް، އެ ތަނުގައި ހަމަޖެހިލައިގެން ކޮންމެ މީހަކަށް ވެސް ތިބެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށާއި، އެ ތަނުން ޓިއުޝަން ދިނުން ފަދަ ކަންކަމަށް ކޮޓަރި ނުވަތަ ފްރީލާންސް މަސައްކަތްތެރިންނަށް ސްޓޫޑިއޯ ސްޕޭސް ފަދަ ތަންތަން ފޯރު ކޮށްދެއްވާނެ ކަމަށެވެ.

އާޒިމާ އިތުރަށް ވިދާޅުވީ، ވާދަވެރި ކެމްޕެއިނެއްގެ ތެރޭގައި އެކަމަނާ ހުންނެވީ އިތުބާރާއި ޔަޤީންކަމާއި އެކު ކަމަށާއި އޭގެ ސަބަބަކީ އެކަމަނާއަށް މަގު ދައްކަވަން ކުރިމަތީގައި ހުންނެވީ ރައްޔިތުން ބަލައިގަނެ، ނަތީޖާ ނެރެދެއްވާފައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ވާތީ ކަމަށެވެ.

މާލޭ މޭޔަރުކަމުގެ އިންތިހާބުގައި ޢާޒިމާ އާއިއެކު އަދި އިތުރު 4 ބޭފުޅަކު ވާދަކުރައްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.