ހެލްތު މިނިސްޓަރ ޑރ. ޚަލީލު / ފޮޓޯ: ވޮއިސް
ހަބަރު
06 Jan 2024 | 10:30
ޖީއެމްއާރު މައްސަލައިގެ ހައްލު ހޯއްދަވައި ދެއްވީ އާޒިމާ - މިނިސްޓަރ ހަލީލް

ޖީއެމްއާރު މައްސަލައިގެ ހައްލު ހޯއްދަވައިދެއްވުމަށް، ޤާނީނީގޮތުން އެންމެ ވަރުގަދަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅަކީ ސަރުކާރުގެ ފަރާތުން މާލެ ސިޓީ މޭޔަރު ކަމަށް ވާދަ ކުރައްވާ އައިޝަތު އާޒިމާ ޝަކޫރުކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޚަލީލު މިފަދައިން ވިދާޅުވެފައިވަނީ އާޒިމާގެ މެނިފެސްޓޯ ލޯންޗުކުރުމަށް ރޭ ޕިއެންސީގެ އޮފީސް ގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ

ރޭގެ އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޚަލީލު ވިދާޅުވީ، އާޒިމާގެ ޚިދުމަތްތަކާމެދު އެއްވެސް ސުވާލެއް ނެތް ކަމަށާއި އެކަމަނާއަކީ މޭޔަރުކަމަށް އެންމެ އެކަށީގެންވާ ކެނޑިޑޭޓް ކަމަށެވެ. އޭގެ ތެރެއިންވެސް ޖީއެމްއާރު އަބުރާ ހޯއްދެވުމަށް އާޒިމާ ކުރެއްވި މަސައްކަތްޕުޅު މިނިސްޓަރ ޚަލީލު ފާހަގަ ކުރެއްވިއެވެ.

"ޖީއެމްއާރު އަނބުރާ ހޯދުމުގައި ޤާނޫނީ ގޮތުން ކުރަންޖެހުނު ހުރިހާ މަސައްކަތެއްގެ އެންމެ ވަރުގަދަ މަސައްކަތްޕުޅުތަކެއް ކުރެއްވީ އެކަމަނާ،" 

ހަލީލް ވިދާޅުވިއެވެ.

މިކަންތައްތަކުގެ ތަފުސީލް ދެއްވަމުން ޚަލީލު ވިދާޅުވީ  ޖީއެމްއާރު މައްސަލައިގައި ސިންގަޕޫރުގެ ކޯޓަށް ވަޑައިގެން ބައިނަލްއަޤުވާމީ މައިދާނުގައި އާޒިމާ ވަނީ ރާއްޖެއަށް ކާމިޔާބު ހޯއްދަވައި ދެއްވާފައި ކަމަށާއި، ނިމިދިޔަ ސަރުކާރުން ސިއްރިއްޔާތުގައި ނިންމާލަން އުޅުނު  ޗާގޮސް މައްސަލަވެސް އެއީ ކިހާބޮޑު ނުރައްކަލެއް އޮތް ކަމެއްކަން އާއްމުންނާއި ހިސާބަށް ތިލަކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ އާޒިމާ ކަމަށެވެ.

"ޤާނޫނީ ގޮތުން މިކަމުގައި ހުރި ދެކޮޅު ނުޖެހޭ ކަންތައްތައް، ކުރީގެ ސަރުކާރުން ކުރެއްވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ދެކޮޅު ނުޖެހޭ ކަންތައްތައް، ދިވެހިން އަތުން އެ ނިގުޅައިގަތް ހައްޤުތައް ބަޔާންކޮށްދެއްވައި ޤާނޫނީ ގޮތުން މިކަމަށް ހައްލެއް ހޯދިދާނެކަން ޤާނޫނުތަކުގެ ޒަރީއާއިން އެކަމަނާ ވަނީ ދިވެހި ރައްޔިތުންނަށް ސާބިތުކޮށްދީފައި." 

ރޭގެ ހަފުލާގައި ހަލީލް ވިދާޅުވިއެވެ.

މިހުރިހާ ކަމަކަށް އިޝާރާތް ކުރެއްވުމަށްފަހު މިނިސްޓަރ ޚަލީލު ވިދާޅުވީ އުސްތާޛާ އާޒިމާއަށް ވޯޓުދޭން ޖެހޭ ކަންތައްތަކާ މެދު ދިވެހި ރައްޔިތުންނަށް އެއްވެސް ސުވާލެއް ނެތްކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.