ސްކޫލްއަށް ކުދިން ގެންދިޔުން---ފޮޓޯ: ވޮއިސް
ހަބަރު
06 Jan 2024 | 12:01
ދެވަނަ ސެމިސްޓާރގެ ކިޔެވުން ސްކޫލުތަކުގައި މާދަމާ ފެށޭނެ

ދެހަފުތާގެ ކުރު ޗުއްޓީއަކަށް ފަހު އެކަޑަމިކް ކަލަންޑަރުގައިވާ ގޮތަށް މިއަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ސެމިސްޓާރގެ ކިޔެވުން މާދަމާ ފެށޭނެއެވެ.

ސްކޫލުތަކުގެ ކިޔެވުން މާދަމާ ފެށިގެން ދާއިރު ސްކޫލުތަކުގައި މި ސެމިސްޓަރއިން ފެށިގެން ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާވާ ހިންގުމަށް މިނިސްޓަރީ އޮފް އެޑިޔުކޭޝަނުން ސްކޫލުތަކަށް ވަނީ އަންގާފައެވެ.

އެގޮތުން އެންމެ ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެނީ  ސްކޫލުތަކުގައި ކިޔެވުން އޮންނަ ކޮންމެ ދުވަހެއްގެ ކިޔެވުން ފެށުމުގެ ކުރިން ކޮންމެ ދަންފަޅިއެއް ވަކިން އެސެމްބްލީ ބޭއްވުމަށް އަންގާފައިވަ އެންގެވުމެވެ.

ސްކޫލުތަކުގައި އެސެމްބުލީ ބޭއްވުމާއި ގުޅޭގޮތުން މިނިސްޓްރީން ބުނެފައިވަނީ އިސްލާމީ ސިފަތަކާއި ސްލޫކީ މިންގަނޑުތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމާއި، ޤައުމިއްޔަތަށް ދަރިވަރުން އަހަމިއްޔަތުކޮށްދޭ މިންވަރު އިތުރުކުރުމުގެ ގޮތުން ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ރޫޙް އާލާކޮށް ވަޠަން ދެކެ ލޯބިވާން ދަސްކޮށް ދިނުމަކީ މަންހަޖު ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް ކުރަން ޖެހޭ ކަމެއް ކަމަސްވާތީ ކޮންމެ ދުވަހަކުވެސް ސްކޫލުތަކުގައި އެސެމްބުލީ ބެއްވުމަށް ނިންމެވީ ކަމަށެވެ.

މާދަމާ ސްކޫލުތަކުގައި ދެވަނަ ސެމިސްޓާރއަށް ކިޔެވުން ފެށިގެން ދާއިރު މިނިސްޓަރީން މިހާރު ވަނީ މިފެށޭ ސެމިސްޓަރގެ ކިޔެވުން އަންނަ އެޕްރީލް މަހުގެ 25 ވަނަ ދުވަހަށް ފުރިހަމަ ކުރުމަށް  ސްކޫލުތަކުގެ އިސްވެރިންނަށް އަންގަވާފައެވެ.

މިއީ އެކަޑަމިކު ކަލަންޑަރުގައިވާ ދުވަހަށްވުރެ އަވަސް މުއްދަތެއްކަމަށް ވާތީވެ ދެން ސްކޫލުތަކުން ޢަމަލުކުރަން ޖެހޭނެ ގޮތްތައް ސްކޫލުތަކުގެ ކިޔެވުން ފެށުނީމަ އަންގަމުން ދާނެކަމަށް މިނިސްޓްރީ އާއި ހަވަލާ ދެއްވާ ބައެއް ޕްރިންސިޕަލުން މަޢުލޫމާތު ދެއްވައެވެ.

މިނިސްޓްރީން ކުރިން ޢާއްމު ކުރައްވާފައިވާ 2023-2024 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ދެވަނަ ސެމިސްޓާރގެ ކިޔެވުން ނިމޭނީ އަންނަ މޭމަހުގެ 23 ވަނަ ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.