ވިލިމާލޭގައި އޮތް ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ:ވޮއިސް
ހަބަރު
06 Jan 2024 | 13:05
ވިލިމާލެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކުރުމަށް އާޒިމާ ހޮވައިދެއްވާ: ރައީސް މުއިއްޒު

ސަރުކާރުގެ ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ހޮވައިދެއްވައިފި ނަމަ ވިލިމާލެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވެގެން ދާނެ ކަމަށް ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ އާޒިމާގެ ކެމްޕެއިނުގައި ވިލިމާލެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނު މޭޔަރުކަމުގައި ހުންނެވި އިރުވެސް އަދި މިހާރުވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ވެރިކަން ކުރާ ޕާރޓީގެ މޭޔަރަކު ކައުންސިލްގައި ހުންނެވުމުގެ މުހިއްމުކަން އެނގިވަޑައި ގަންނަވާ ކަމަށެވެ. އެގޮތުން ރައީސް ޑރ. މުއިއްޒުވަނީ މިހާރުގެ މަޖިލިސް މެމްބަރުންގެ ބައެއް މިސާލުތައް ދައްކަވައި ދެއްވާފައެވެ.

"ސަރުކާރުގެ ހުރިހާ އެއްބާރުލުމެއް، ވިލިމާލެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ފަހިވުމުގެ ހުރިހާ މަރުހަލާތަކެއް ކަޑައްތުވެ، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ރައްޔިތުންނަށް ލިބޭ ހިސާބުގައި އޮއްވައި މޭޔަރަކަށް އަޅުގަނޑުމެންގެ ފިކުރުގައި ނެތް އެހެން ޕާޓީއެއްގެ މޭޔަރަކު ހޮވައިފިއްޔާ އަދި މޭޔަރު ކިތަންމެ ކަމެއް ކޮށްދޭން ބޭނުން ވިޔަސް އެ ބޭފުޅަކު އެ ނިސްބަތްވާ ޕާޓީން ކަންކަން ކުރާނެ ގޮތެއް ނޭނގޭނެ،" 

ޕާރޓީ ތެރެއިން މިސާލު ނަންގަވަމުން ރައީސް ވިދާޅުވި އެވެ.

މިވަގުތު ސަރުކާރު ހިންގަވަމުން ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ގެ ކެމްޕެއިން ތަފާތު އިވެންޓުތަކިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި މޭރުމުން ވާހަކަފުޅު ދައްކަވަފައެވެ.

"މިހާރު އެބަ ފެނޭ މަޖިލިސް ތެރެއިން ކަންކަން ކުރާ ގޮތް. އެހެންވީމާ ތިބޭފުޅުން އެ ރިސްކު ނުނަންގަވާތި. އަޅުގަނޑުމެންގެ ކެންޑިޑޭޓް ، ހޮއްވަވައި ދެއްވީމާ ވަރަށް ފަސޭހަކަމާއެކު ރައްޔިތުން އެދޭ ގޮތަށް ހުރިހާ ކަމެއް ތަރުތީބުވެ، މި ރަށުގައި ކުރަން ހުރި ހުރިހާ ކަމެއް ހަމަޖެހިގެންދާނެ." 

ވިލިމާލޭގައި ހުންނަވާ އުސްތާޛާ އާޒިމާގެ ކެމްޕެއިންގެ އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ވިލމާލޭގައި ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ތާވަލު ކުރެވިފައިވާއިރު  ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއްގެ ޢަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

މިވަގުތު ހުސްވެފައިވާ މާލޭ މޭޔަރުކަމަށް މީހަކު ހޮވުމަށް ބާއްވާ އިންތިހާބު މިމަހުގެ 13 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު މި މަޤާމަށް 4 ބޭފުޅަކު ކުރިމަތި ލައްވާއިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.