އާޒިމާ ޝަކޫރު / ފޮޓޯ:ވޮއިސް
ހަބަރު
06 Jan 2024 | 15:37
މިސަރުކާރު ވެރިކަމަށް އައީ އަމާޒަކާއި ތަޞައްވުރެއް ހިފައިގެން: އާޒިމާ

ދިވެހިރާއްޖޭގައި މިހާރު ވެރިކަން ކުރައްވަމުން ގެންދަވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް މިޝަންތަކަކާއި، އަމާޒު ތަކަކާއި، މުސްތަގުބަލަކާއި އަދި ތަސައްވުރެއް ހިފައިގެން ކަމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އުސްތާޛާ އާޒިމާ މިފަދައިން ވިދާޅުވެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެ ވަޑައިގެން މިއަދު ހެދުނު ވިލިމާލޭގައި ބޭއްވުނު އެކަމަނާގެ ކެންޕެއިން އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދުގެ ހެދުނުގެ ވަގުތުގައި ވިލިމާލޭގައި ބޭއްވުނު މި ކެންޕެއިން ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިކަން ފާހަގަ ކުރައްވާ އާޒިމާ ވިދާޅުވީ މިއަދުގެ އިވެންޓުން އެކަމަނާގެ އުންމީދު އާވެގެން ހިނގަންޖެ ކަމަށެވެ.

"މިހާ ހެނދުނާ ތި ހުރިހާ ރައްޔިތުން ނިކުމެ ރައީސްގެ ފަހަތްޕުޅުން އަޅުގަނޑާއި އެކުގައި ތިއްބެވިކަން ދައްކުވައިދީފި. އެހެން ނުވާންވީ ސަބަބެއް ވެސް ނެތް. މި ސަރުކާރު ވެރިކަމާ ހަވާލުވެ ވަޑައިގަތީ ރައްޔިތުންނަށް މިޝަންތަކަކާއި، ވިޝަންތަކަކާއި ، މުސްތަގުބަލަކާއި، ތަޞައްވުރެއް ހިފައިގެން. އެ މުސްތަޤުބަލް ތަންފީޒު ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ސްޕީޑު ތި އެންމެހާ ރައްޔިތުންނަށް ޤަބޫލުފުޅު ކުރެވޭނެ." 

އާޒިމާ ވިދާޅުވިއެވެ.

ރައީސް ޔާމީން ގެ ސަރުކާރުގައިވެސް  lއިސް މުޙިއްމު މަޤަމުތަކެއް އަދާކުރައްވާފައިވާ އާޒިމާ ވިދާޅުވީ މޭޔަރު ރޭހަށް ނިކުމެވަޑައިގަތީ ހަޤީގަތުގައިވެސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ދައުލަތައް ޚިދުމަތް ކުރުމުގެ މަޤުޞަދުގައި އަދި ފުރިހަމަ އަޒުމުގައި ކަމަށެވެ.

އެގޮތުން މިއަދުގެ ހަފުލާގައި ވިލިގިލީގެ ރައްޔިތުންނަށް އެކަމަނާ ދެއްވި ޔަޤީން ކަމަކީ އެކަމަނާ މާލޭ މޭޔަރުކަމަށް އިންތިހާބުކޮށް ދެއްވައިފި ނަމަ ތަފާތު ދައްކުވައި ދޭނެކަމުގެ ޔަޤީންކަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.