ވެމްކޯގެ ޑީއެމްޑީ ރުކުމާ
ހަބަރު
06 Jan 2024 | 20:37
ވެމްކޯއަކީ ހަމައެކަނި މާލެސިޓީއަށް ޚިދުމަތްދޭ ކުންފުންޏެއް ނޫން: ރުކުމާ

ވެމްކޯއަކީ ހަމައެކަނި މާލެސިޓީއަށް ޚިދުމަތްދޭ ކުންފުންޏެއް ނޫންކަމަށް ވެމްކޯގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޢަބުދުލް ކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.

ވެމްކޯގެ ޑީއެމްޑީ ރުކުމާ މިފަދައިން ބުނެފައިވަނީ މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް މުޙައްމަދު ސައިފް ފާތިޙް ސަންގު ބަހުސްގައި ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުންނެވެ.

ސަންގު ޓީވީ ބަހުސްގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ސައިފު ވިދާޅުވެފައި ވަނީ އެންމެ މުޙިއްމު ކަމަކީ މާލެ ސިޓީ ކައުންސިލްގެ ދަށަށް ވެމްކޯ ގެނައުން ކަމަށެވެ.

މިކަމަށް ރައްދު ދެއްވާ ރުކުމާ އެކްސްޕޯސްޓް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ފާތިޙް ޓެގްކޮށް ބުނެފައިވަނީ ވެމްކޯއަކީ ހަމައެކަނި މާލެސިޓީއަށް ޚިދުމަތްދޭ ކުންފުންޏެއް ނޫން ކަމަށާއި މޭޔަރުކަމަށް ވާދަކުރާއިރު ރަނގަޅަށް ހޯމްވޯކް ހަދަން ޖެހޭ ކަމަށެވެ.

"މޭޔަރުކަމަށް ވާދަކުރާއިރު ހޯމްވޯކް ނުހަދާ ދުލުން ދޫކޮށްލެވޭ ބަހަކުން އިންވެސްޓަރސް އާއި މާލީ އިދާރާތަކުގެ ކުރިމަތީ އަގުވެއްޓި، ފޫނުބެއްދޭ ވަރުގެ ގެންލުމާ ކުރިމަތިލާންޖެހިދާނެ. ތިލަފުށީގައި ކުރިއަށްދާ 151$ މިލިއަން ޑޮލަރުގެ ގްރޭޓަރ މާލެ (މާލެސިޓީ، ކ ، އއ،އދ އަދި ވ އަތޮޅުގެ ރަށްތަކާއި ރިސޯޓް) އެންވައިރޮމެންޓަލް އިމްޕްރޫވްމަންޓް ޕްރޮޖެކްޓް އެންޑް  ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓަކީ އޭޑީބީ ހިލޭއެހީއާ އަދި ލޯނު އެކުލެވޭ ސްޓޭޓް އޮފް ދި އާޓް ޕްރޮޖެކްޓެއް." 

ވެމްކޯގެ ޑީއެމްޑީ ރުކުމާގެ އެކްސްޕޯސްޓުގައި ބުނެފައި ވެއެވެ.

‏" ވިސްނުމެއްނެތި ކޮށްފި ކަމަކުން އެންމެ ފަހަރަކު ދޭހުގާ

           ގިސްލަމުން ހިތި ކަރުނަ އޮހޮރަންޖެހިދެޔޭ އުމުރަށް މުޅިން"

ރުކުމާގެ މި އެކްސްޕޯސްޓް ނިންމާލައިފައިވަނީ ވަނީ މަތީގައިވާ އިބުރަތްތެރި ޅެންބައިތުންނެވެ.

ސަންގު ބަހުސްގައި ފާތިހް ދެއްކެވި މި ވާހަކަ އާއި ގުޅިގެން ރުކުމާގެ އިތުންވެސް ވަރަށް ގިނަ ބަޔަކު ގެންދަނީ ފާތީޙް އަށް ފާޑުކިޔަމުންނެވެ.

މާލޭ މޭޔަރުކަމަށް 4 ބޭފުޅަކު ވާދަކުރައްވާއިރު މި އިންތިހާބު އޮންނާނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.