ނައިބު ރައީސް ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން
ހަބަރު
07 Jan 2024 | 14:17
ނައިބު ރައީސް އެންމެފަހުން ކުރެއްވި ދަތުރުފުޅަށް ހަ ލައްކައެއްހާ ރުފިޔާ ޚަރަދުވި

ރައީސުލް ޖުމުހުރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަޠީފު އެންމެފަހުން މޮންޓަނޭގްރޯ އަށް މިދިޔަ މަހު ކުރެއްވި ދަތުރުފުޅަށް ދައުލަތުން ހަލައްކައެއްހާ ރުފިޔާ ޚަރަދުވިކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފިއެވެ.

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އެންމެފަހުން ކުރެއްވި ދަތުރުފުޅަކީ، ދެކުނު އިރުމަތީގެ ޤައުމެއް ކަމަށްވާ، މޮންޓަނޭގްރޯގެ ޑަންލޮވް-ގްރަޑްގައި ބޭއްވި 3 ވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓަނޭގްރޯގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރު ފުޅެކެވެ.

މޮންޓަނޭގްރޯ އަށް ނައިބު ރައީސް ފުރާވަޑައިގެންނެވީ މިދިޔަމަހުގެ 23 ވަނަ ދުވަހުއެވެ.  ބިޒްނަސް ކްލާހުގައި ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅަށް ފަހު، އެނބުރި ރާއްޖެ ވަޑައިގެންނެވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

ރައީސް އަދި ނައިބް ރައީސް ކުރައްވާ ދަތުރުފުޅުތަކުގެ ތަފްސީލް، އެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި އާންމު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ، ވައުދުވެ ވަޑައިގެންފައިވާ ފަދައިން މިއަދު މިވަނީ ނައިބުރައީސްގެ އެންމެފަހުގެ ދަތުރުފުޅަށް ދަޢުލަތުން ހިނގި ޚަރަދުގެ ތަފުޞީލް އާއްމު ކުރައްވާފައެވެ.

ރައީސް އޮފީހުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ދަތުރުފުޅަށް ދައުލަތުން، މުޅި ޖުމުލަ 589،736ރ. ޚަރަދު ކޮށްފައިވެ އެވެ.

މި ޚަރަދުގެ ތަފްޞީލަށް ބަލާއިރު ބިޒްނަސް ކްލާހުގެ ފަސް ޓިކެޓަށް 492،746ރ. ހަރަދު ކޮށްފައިވާއިރު ،ފަސް ބޭފުޅުންގެ ޕޮކެޓުމަނީއަށް 64،638ރ. ޚަރަދު ކޮށްފައިވެއެވެ. މީގެ އިތުރުން ފަސް ބޭފުޅުންގެ މޮންޓިނީގްރޯގައި ފަރިއްކޮޅަށް 23،823ރ. ޙަރަދުކޮށްފައިވާއިރު ފަސް ބޭފުޅުންގެ އިސްތަންބޫލް ގައި ފަރިއްކޮޅަށް 7،895ރ. ޚަރަދު ކޮށްފައިވެއެވެ. އަދި ވިސާއަށް 633ރ. ޚަރަދު ކުރައްވާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.