ފައިނުގެ ރައީސްގެ މެމްބަރ ފޯމް ހަވާލުކުރެއްވުން
ހަބަރު
07 Jan 2024 | 15:10
ރ.ފައިނު ކައުންސިލްގެ ރައީސް ޕީއެންސީ އަށް

މިހާތަނަށް އެމްޑީޕީގެ ވަރުގަދަ މެމްބަރެއްގެ ގޮތުގައި ހުންނެވި ރ. ފައިނު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ އުމަރު މަނިކު ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީ އަށް ސޮއި ކުރައްވައިފިއެވެ.

ފެށުނީންސުރެ އެމްޑީޕީގައި ހުންނަވާ ، ރ.ފައިނުގެ ރައީސްކަންވެސް އެމްޑީޕީގެ ޓިކެޓްގައި ހޯއްދެވި މޫސާ އުމަރު މަނިކު ޕީއެންސީއަށް ސޮއިކުރެއްވުމުން އޭނާގެ ފޯމާއި ހަވާލުވެ ވަޑައިގެންނެވީ ޕީއެންސީގެ ރައީސް، އަދި މިހާރުގެ ރައީސުލް ޖުމުހުރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.

ރ.ފައިނު ކައުންސިލްގެ ރައީސް މިއަދު ޕީއެންސީ އާއި ގުޅިވަޑައިގެންނެވި އިރު ރައްޔިތުން މަޖިލިސްގެ ރ. އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ޕީއެންސީއަށް ސޮއި ކުރައްވާފައެވެ.

މީގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވެ ވަޑައި ގަންނަވާ  ރައްޔިތުން މަޖިލިސްގެ ގިނަ އަދަދެއްގެ މަމްބަރުން ތަކެއް ވެސް ވަނީ ވެރިކަން ކުރާ ޕާރޓީ ޕީއެންސީ އާއި ގުޅި ވަޑައިގެންފައެވެ.

ހަމައެހެންމެ ރާއްޖޭގެ އަތޮޅުތަކުން ގިނަ އަދަދެއްގެ އާއްމު ރައްޔިތުންވެސް އަންނަނީ ޕީއެންސީ އާއި ގުޅެމުންނެވެ. ޕީއެންސީގެ އިސް ފަރާތްތަކުން މަޢުލޫމާތު ދެއްވާ ގޮތުގައި މިހާރު ޕީއެންސީގެ މެމްބަރުންގެ އަދަދު ސާޅީސް ހާހަށްވުރެ ގިނަ ވާނެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.