ޢަބުދުﷲ ރަޝީދުއަށް ޕީއެސްކަމުގެ ލިޔުން ހަވާލުކުރުން
ހަބަރު
07 Jan 2024 | 16:56
ސިޓީތަކާއި ޢިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވުޒާރާގެ ޕީއެސް އަކަށް އަބްދުالله ރަޝިދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަލަށް އުފެއްދެވި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަލްފާޟިލް އަބްދުالله ރަޝީދު އައްޔަންކޮށްފި އެވެ.

ލޯކަލް ގަވަރމަންޓް މިނިސްޓްރީގެ ޕީއެސްގެ މަޤަމަށް މި ހަމަޖެއްސެވި އަލްފާޟިލް އަބްދުالله ރަޝީދަކީ ތަޢުލީމީ ދާޢިރާގެ ޒިންމާދާރު އެތައް ވަޒީފާތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އެގޮތުން އަލްފާޟިލް އަބްދުالله ރަޝީދު އެންމެފަހުން ހުންނެވީ ހުރަވީ ސްކޫލުގެ ޕްރިންސިޕަލްގެ މަޤާމުގައެވެ. އޭގެކުރިން އަބްދުالله ރަޝީދު ވަނީ ވިލިމާލޭގައި ހުންނަ މުހްޔިއްދީން ސްކޫލާއި އަތޮޅު ތެރޭގެ ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލްކަންވެސް އަދާކުރައްވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަލަށް އުފެއްދެވި މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމަށް ކުރިމަތިލުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުޅުވާލައިފައިވަނީ މިދިޔަމަހުގެ 18 ވަނަ ދުވަހުއެވެ.

ޕާމަނަންޓް ސެކްރެޓަރީއެއްގެ އަސާސީ މުސާރައަކީ މަހަކު 20،500ރ. އެވެ. އޭގެ އިތުރުން ލިބޭ 15،000ރ. ގެ ލިވިން އެލަވަންސްއާއެކު އެ މަގާމު އަދާކުރައްވާ ފަރާތްތަކަށް މަހަކު މަދުވެގެން 35،500ރ. ލިބޭނެ އެވެ.

މި ސަރުކާރުން އަލަށް އުފެއްދެވި މނިސްޓްރީތައް ކަމަށްވާ މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އާއި،  މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އަދި  މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަށް އާ ޕާމަނަންޓް ސެކްރެޓަރީން  އައްޔަންކުރެވެންދެން، ސިވިލް ސާވިސް ކޮމިޝަނުން ވަނީ އެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އެމިނިސްޓްރީތަކުގެ ބައެއް މުއައްޒަފުންނާއި ހަވާލުކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Jun 2026
އީރާނުގެ ކުރީގެ ރޫޙާނީ ލީޑަރު ޚާމަނައީގެ ޖަނާޒާއަށް މޯދީއަށް ދަޢުވަތު ދީފި
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ގިނަ ދުވަސްތަކަކަށް ދެމިގެންދާ ޖަނާޒާގެ ރަސްމިއްޔާތުތައް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ. އަދި ޖުލައި 7 ވަނަ ދުވަހު ގުމްގައި ޚާއްޞަ ރަސްމިއްޔާތުތަކެއް ބޭއްވުމަށްފަހު، ޖުލައި 9 ވަނަ ދުވަހު އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައި ފަސްދާނުލުމަށް ވަނީ ނިންމާފައެވެ.
25 Jun 2026
ދެކުނު އެފްރިކާއަށް ތާރީހީ ދުވަހެއް، ފުރަތަމަ ފަހަރަށް ވަރލްޑަކަޕް ނޮކްއައުޓަށް
މެޗްތަކަށްފަހު ގްރޫޕް އޭގެ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު އެއްވަނާގައި އުޅެނީ، 9 ޕޮއިންޓާއެކު މެކްސިކޯއެވެ. ދެވަނާގައި 4 ޕޮއިންޓާއެކު ދެކުނު އެފްރިކާ އުޅޭއިރު، ތިންވަނާގައި އުޅޭ ކޮރެއާއަށް ލިބިފައިވަނީ، 3 ޕޮއިންޓެވެ.
25 Jun 2026
ބްރެޒިލް މޮޅުވެ ގްރޫޕްގެ އެއްވަނަ ހޯދިއިރު، ސްކޮޓްލޭންޑަށް މުބާރާތުން ކެޓުމުގެ ބިރު
ސްކޮޓްލޭންޑުން މި މެޗަށް ނިކުތީ، ޕޮއިންޓެއް ހޯދައިގެން ނަމަވެސް ބޮޑު މުބާރާތެއްގެ ގްރޫޕް ފިޔަވަހިން ފުރަތަމަ ފަހަރަށް ސަލާމަތްވެވޭނެ ކަމުގެ އުއްމީދުގައެވެ
25 Jun 2026
ބަލިވިނަމަވެސް ސްވިޒަރލޭންޑާއެކު ކެނެޑާވެސް އަނެއްބުރަށް
ވެންކޫވާގައި ކުޅުނު މިމެޗް ސްވިޒަރލެންޑުން ކާމިޔާބުކުރީ ކެނެޑާގެ މައްޗަށް 2-1 އިން ބަލިކޮށްގެންނެވެ
24 Jun 2026
ފުލުހުންގެ އެގްޒެކެޓިވް ބޯޑާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
މި ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންގެ ބޭނުންތަކާއި އިހުސާސްތަކަށް އިސްކަންދީގެން ހިދުމަތް ފޯރުކޮށްދޭ ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
24 Jun 2026
ތެލުގެ އަގު މިހާރު ހެޔޮނުވެގެން އުޅެނީ ވިޔަފާރިވެރިން ދަހިކަމުން: ޓްރަމްޕް
ޕޯސްޓްގައި ޓްރަމްޕް ވަނީ ދުނިޔޭގެ ބާޒާރުގައި ސާފްނުކުރާ ތެލުގެ އަގު ދަށްވިނަމަވެސް އާއްމުނަށް ތެއޮ ވިއްކާ ފަރާތްތަކުން އަގުހެޔޮނުކޮށް ބޮޑު އަގުގައި ވިޔަފާރިތަކުން ފައިދާ ހޯދަމުންދާކަމަށް ތުހުމަތު ކުރައްވާފައެވެ
24 Jun 2026
ވަރލްޑް ބޭންކުގެ ޓީމެއް ރާއްޖޭގައި
ރާއްޖޭގެ ޤައުމީ ތަރައްޤީގެ އަމާޒުތަކާ ގުޅޭ ބޮޑެތި މަޝްރޫޢުތައް ތަންފީޒުކުރުން އަވަސްކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނުކަމަށް ފިނޭންސުން ބުންޏެވެ
24 Jun 2026
ޕީސީބީގެ ރައީސް ނިޒާރަށް މަޖިލީހުން ރުހުން ދީފި
މަޖިލީހުން ނިޒާރަށް ރުހުން ދޭން ފާސްކުރީ ޖަލްސާގައި ވޯޓުދެއްވި 49 މެންބަރުންގެ އިއްތިފާގުންނެވެ.