އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ހަބަރު
08 Jan 2024 | 07:03
އަޅެ މިފޯޓޯގަނޑުން މިދެނީ ކޮން އިންޒާރެއްތަ؟

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންޑިއާގެ ޓެރިޓަރީއެއްކަމުގައިވާ ލަކްޝައްދީބުގެ ރަށަކަށް ޗުއްޓީއެއް ހޭދަކުރައްވަން ވަޑައިގެންފައި އެރަށުގެ ދޮންވެލީގެ ރީތި ބީޗެއްގައި ހިންގަވާފައި ފޮޓޯއެއް ނަންގަވައި އެކްސްގައި ޝެއަރ ކުރެއްވުމުން ރާއްޖޭ ނޫސްވެރިއަކަށް ފެނުނީ އެއީ ދިވެހިރާއްޖެއަށް ދިން އިންޒާރެއް ކަމަށެވެ. އެފޮޓޯގަނޑު އިންޒާރަކަށް ހަދައިގެން އޭނާގެ ނޫހުގައި އެވާހަކަ އޭނާގެ އަމިއްލަ ޖަޒުބާތުތައް ލައިގެން ލިޔުމާއެކު ގިނަބަޔަކަށް އަޅައިގަންނަ ކަމަކަށް އެކަންވިއެވެ.

ދިވެހިރާއްޖެއަށް އިންޑިއާގެ އަސްކަރީ ނުފޫޒު ފޯރުވުމާއި އިދިކޮޅު ޚިޔާލުގެ ބަޔަކު އެނޫން އެބުނެދިން އިންޒާރަށް ރިއެކްޓްކުރިއެވެ. އެއާއެކު ނޫހުން ބޭނުންވި މަގްސަދު ހާސިލުވީ ކަހަލައެވެ. ސޯޝަލް މީޑިއާގައި އެފޮޓޯގަނޑެއް ދައުރުވަމުން ދެގައުމުގެ އެކްޓިވިސްޓުންތަކެއް އެއަށް ކޮމެންޓްކުރަމުންގޮސް ރާއްޖޭގައި ސަރުކާރުގައި ސިޔާސީ މަގާމްތަކެއް ފުރާ ޒުވާން ކުދިންތަކެއް އިންޑިއާގެ ބޮޑުވަޒީރަށް ނިސްބަތްކޮށް ކުރި ނެގެޓިވްކޮމެންޓްތަކަކާ ގުޅިގެން އެމީހުންގެ މަގާމްތަކުން ވަގުތީގޮތުން އިއްޔެ މިވަނީ ސަސްޕެންޑްކޮށްފައެވެ.

މީގައި އެންމެ ހައިރާންވާންޖެހޭ ކަމަކީ މޯދީ އެޓްވީޓެއް ކުރައްވާފައި ދިވެހިރާއްޖެއާ ބެހޭގޮތުން އެއްޗެއް ވިދާޅުވީއަކީވެސް ނޫނެވެ. އެގައުމުގެ އެރަށްތަކުގައި ދިވެހިރާއްޖޭގެ ރިސޯޓްތައް ހަދާފައި ހުންނަގޮތަށް ރިސޯޓްތައް ހެދުމުގެ ވާހަކަތަކަކީ އާ ވާހަކަތަކެއްވެސް ނޫނެވެ. އެއީ ރީތި ރަށްތަކެއްވީމާ އެރަށްތަކުގައި ރިސޯޓްހަދައިގެން ހިންގަންވީއެވެ. އެޕްރޮޖެކްޓް އިންޑިއާ ސަރުކާރުން ޕްލޭން ކޮށްގެން އުޅޭތާވެސް ކިތަންމެ ދުވަހެކެވެ. ސައުދީ އަރަބިއްޔާއިން ރެޑްސީގައި ދިވެހިރާއްޖެ ކަހަލަ ރީތިރަށްތަކެއް ހަދައިގެން އެތާގައި ވަރަށް އެއްގޮތް މޮޑެލްތަކަކަށް ރިސޯޓް އެބަހަދައެވެ. ތުރުކީގައިވެސް ދިވެހިރާއްޖޭގެ ނަމުން މަޝްހޫރުކޮށްގެން އުޅޭ ރީތި ރިސޯޓްރަށެއް އެބަހުއްޓެވެ. މޯދީ އެރަށްތަކަށް ޒިޔާރަތްކުރައްވައި ޗުއްޓީ ހެއްދެވީ އަލަކަށްވެސް ނޫނެވެ. އެހެންވީމާ އިންޑިއާގެ ބޮޑުވަޒީރު އެގައުމުގެ ރަށަކަށް ވަޑައިގެން ރާއްޖޭގެ ރަށެއްކަހަލަ ރަށެއްވީމާ އެތާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގުމުގެ ވާހަކައެއް ދެއްކެވީމާ ދިވެހިރާއްޖެއާއި އެކަމާގުޅުވައިގެން ރާއްޖޭގެ ނޫސްތަކުން އެކަންތައް ބޮޑުކޮށް ޑިޕްލޮމެޓިކް މައްސަލަ ގަނޑެއް އުފެދޭ ހިސާބަށް އުފުލަންޖެހޭ ސަބަބެއްވެސް ނެތެވެ.

އެކަމުގައި އޮތީ އެންމެ ސަބަބެކެވެ. އިންޑިއާގެ ސިފައިން ދިވެހިރާއްޖެއިން ގެންދިއުމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތަކީ ގެއްލުންބޮޑު ސިޔާސަތެއްކަން ދިވެހިންނަށް ވިސްނައިދޭން ދިވެހިންގެ ބަޔަކު ބޭނުންވުމެވެ. މިއީ މިނިވަންކަން އޮތީމާ ފާޅުގައި ބައެއް މީޑީއާތަކުން ފަށައިގެން ހިންގާ ހަރަކާތެއްވެސް މެއެވެ. އެހެންޏާ އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ ސިޔާސީ ލީޑަރުން ދިވެހިރާއްޖެއަށް ބަދުބަސްބުނެ ދިވެހިރާއްޖެއަށް ސިފައިން އަރުވައި ދިވެހި ގައުމުގެ ސިޔާދަތާއި މިނިވަންކަމާއި ތޮޅި ގައުމު އަޅުވެތިކުރަން ގޮވައި އަދި އިންޑިއާގެ މީޑިއާތަކުން މިހާރު ރާއްޖޭގެ ރައީސް ސިފަކުރާ އެންޓީ އިންޑިއާގެ ސޫރައާމެދު އަޅައިލުމެއް ނެތި މިގޮތަށް ފޮޓޯގަނޑެއް އިންޒާރަކަށް ހަދައިގެން ދިވެހިންގެތެރޭގައި އެނބުރުމުގެ އޮތީ ކޮން މަގްސަދެއް ކަމެއް ނުވިސްނެއެވެ. ރަންގަލަމަކުން ފޮޓޯގަނޑެއްގައި ކުރަހައި ކުލަޖައްސާފައި އެއަށް ޕެޓްރޯލްއަޅައި ރޯކޮށްގެން ރާއްޖޭގައި ފެތުރައިގެން ނޫސްވެރިކަމުގެ އުސްމިންތަކަށް އެރިއްޖެކަމަށް ދެކެވަޑައިގަތަސް ދިވެހި ގައުމުގެ މަސްލަހަތަށް އެއިން ލިއްބައިދިން ގެއްލުމާމެދުވެސް ވިސްނައިލުމަކީ އެންމެ ރަގަޅުކަމަކަށް ނުވާނެތޯއެވެ.

ދިވެހިރާއްޖެއަށް ނާންނަންގޮވާ މަޝްހޫރު މީހުން މީގެކުރިންވެސް އެހެން ގޮވައެވެ. އެހެންގޮވާ ބައެއް މަޝްހޫރުމީހުން އެތަކެއް ފަހަރު ރާއްޖެއަށް ޒިޔާރަތްކޮށްވެސް ހަދައެވެ. ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި މިގައުމަށް ދުނިޔޭގެ ރަންވަނަ ލިބޭތީ ހަސަދަވެރިވާ ކިތަންމެ ބަޔަކު އުޅެއެވެ.

މިކަމުގައި ސަރުކާރުން އެޅީ ރަނގަޅު ފިޔަވަޅެކެވެ. ސަރުކާރު މަގާމެއްގައި ހުރެ އިންޑިއާގެ ބޮޑުވަޒީރަށް ނިސްބަތްކޮށް ބަދުބަސް ބުނެވިގެން ނުވާނެއެވެ. އިންޑިއާ ސަރުކާރުންވެސް މިގޮތަށް ދިވެހިރާއްޖެއަށް ފުރައްސާރަކޮށް ވާހަކަދައްކާ ވެރިކަން ކުރާ ޕާޓީގެ އިސްވެރިންނާމެދު ފިޔަވަޅު އަޅާނަމަ ހާދަހާވާ ރަނގަޅެއެވެ. އެކަމަކު އެގައުމުން ކުރާކަމެއް އަޅުގަނޑުމެން ބަލާކަށެއްވެސް ނުޖެހެއެވެ. ސަރުކާރުން އެޅި ފިޔަވަޅު ރަނގަޅެވެ. މިމައްސަލާގައި ފޮޓޯގަނޑެއް އިންޒާރަކަށް ހަދައިގެން ފެތުރި ގަލަމުގެ ވެރިމީހާ ވެސް އެފުތުރީ ފިތުނައެކޭ ނުބުނެވޭނެތޯއެވެ.

ކޮމެންޓް
ޡަހިރު އަލީ
ޥީވަރަކުން ފިތުނައިން ކައި ގެން އަބިދަރިންނާއެކު ބަލާ
08 Jan 2024
Md nazrul
ށަޅި ލިޔުމެއް
08 Jan 2024
މަހޭ
ހަޖަމް ކުރެވޭ ކަހަލަ ބޭހެއް ދޭން ވީ ހީރަސް އަށް
08 Jan 2024
އަހްމަދް ރަސީދު
ނޫސް ވެރިންނަކީ ގައުމަށް ގައްދާރު ވާ ބައެއް.ޢަދި ދުނިޔެމަތީގައި ފެންނާނެ ބޮޑެތި ދޮގުވެރިން
08 Jan 2024
ޢައިޝް
ހަމަ ވ ރަގަޅު ވާހަކައެއް...މިދިޔަ ހުކުރުދުވަހު ހެދުނުހެދުނާ ތިބުނާ ނޫހެއްގައިތިބުނާ މީހާލިޔެފައިވާ ލިޔުން ކިޔާލެވުނު...ދެރަކަމަކީ ކޮމެންޓެއްވެސް ކުރެވޭގޮތަށް ނުހުންނާތި...އެހާވެސް ހިތްވަރެއްނެތީމަ ދެރައީ.....
08 Jan 2024
ނަންނަ
އިސްލާމް ދީނާނަބިއްޔާ އަށްފުރައްސާރަކުރީމަ މިޤައުމުގެ އެއްވެސްސަރުކާރަކުން ފިޔަވަޅެއްއެޅިތަ؟މޯދީ އަށް އެއްޗެއް ބުނީ 24ގަޑިއިރު ނުވެ މަޤާމުން ސަސްޕެންޑް.ނަބިއްޔާއަށް ދީފައިވާ ޤަދަރަށްވުރެ މޯދީގެޤަދަރުވެސް އުފުލިގެން ދިޔައީ.
08 Jan 2024
ޒެފް އައްޕަ
ދިޔަރެސް އިން އެންމެ ފުރަތަމަ އަޅާފަ އޮތް ހެޑްލައިން އަށް ބަލާބަލަ
08 Jan 2024
އަލިފާންކަނި
މާމޮޅުކަމަކަށްވެގެން ދެގައުމު ޖައްސަން ކުރާމަސައްކަތް.ކީއްކުރާނީ ބައެއްނޫސްވެރިން ދެކެނީ އެއީ ވަރަށް މޮޅުކަމެއްގެ ގޮތުގައި. އެމީހުންދިނީމަ ކައިގެން އުޅޭމީހުންއުޅޭނީ އެގޮތައް ކަމަށް ހީކުރަނީ
08 Jan 2024
އަހުމަދު
ހީރަސް އަކީ މިހާރުން މިހާރަށް ހުއްޓުވާންޖެހޭ ނޫހެއް. ނޫސްވެރިކަމުގެ ނަމުގައި ޤައުމު ފަސާދަކުރުމުގެ ޖާގަ ދެވިގެން ނުވާނެ.
08 Jan 2024
ސައްތާރު
ނޫސްވެރިންގެ ބުއްދިއާމެދުވެސް ހައިރާންވާހާވެއެވެ. ނޫސްވެރިއަކު ސަރުކާރާމެދު ނުރުހުނީމާ އެވެރިއަކުވެސް އަވަހަށް އެވީ ބާލާށެވެ. ވެރިކަމުގަ ހުންނަންވާނީ އޭނަރުހޭ އޭނަގެ މީހާއެވެ. މީއަޅެފަހެ ދެބޯ ބުރާންޗެއް ހެއްޔެވެ.
08 Jan 2024
Adamވަރަށް ބޮޑު ފިތުނައެއް.
ވަރަށް ބޮޑު ފިތުނައެއް
08 Jan 2024
ބޒވޒ
ގިނަ ނޫސްތަކުގެ ބޭނުމަކީ ހިޓްސް ހޯދުން. އޮއްޓަރު ހުރި ނޫހެއް މަދު މިދިވެހި ރާއްޖެގައި.
11 Jan 2024
ގުޅޭ ލިޔުންތައް
26 Jun 2026
ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފަޅުތެރޭގައި އުޅަނދުފަހަރު ބެލެހެއްޓުމާއި ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ޑިޖިޓަލައިޒް ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ހާބަރ ޕޯޓަލް" ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފައިވެއެވެ.
26 Jun 2026
ފުވައްމުލަކު ސިޓީ ޤުރުއާނާއި ބެހޭ މަރުކަޒު މިއަދު ހުޅުވައިފި
ފުވައްމުލައް ޤުރުއާނާއި ބެހޭ މަރުކަޒުގައި ފަސް ކުލާސްރޫމާއި، ނަމާދު ކޮޓަރިއަކާއި، ޙިފްޒު ޓެސްޓު ރޫމާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި، މީޓީންގ ރޫމެއް ހިމެނެއެވެ.
26 Jun 2026
މިއަދުގެ ރީތި ތާރީޚް؛ 50 ކައިވެނި، ކޮންބައެއް ކައިވެނިކުރީ
ރީތި ތާރީހުތަކުގައި ކައިވެނި ކުރުން އިތުރަސް ރާއްޖޭގައި ވަރި ގިނަވުމަކީ ގިނަ ބައެއްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
26 Jun 2026
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސީޝެލްސް އަށް
މި ދަތުރުފުޅަކީ ސީޝެލްސްގެ މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް
26 Jun 2026
”ލޭގެ ޞަދާޤާތް“ ލަވަ ރިލީސް ކޮށްފި
މި ލަވަ ރިލީސްކޮށްފައިވަނީ މިއަދު ”ހޭޔަންބޯ“ ޕްރޮގްރާމްގެ ތެރެއިންނެވެ. މިއީ މިއީ ލޭ އެޕް އިން އިސްނަގައިގެން އެހީ ޖަމިއްޔާއާއި ގުޅިގެން ނެރޭ"އިސްލާމިކް ރިދަމް"ގެ އުފެއްދުމެކެވެ. މި ލަވައިގެ މީޑިއާ ޕާޓްނަރަކީ 'ވޮއިސް' އެވެ.
26 Jun 2026
ތިން ދުވަހުން ޓީޖެޓީ ސަރަހައްދު 46 ޓަނުގެ ކުނި، ކުނިއަޅާ މީހުންގެ ފޮޓޯ ފޮނުވައިދޭން އެދިއްޖެ
މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުން ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ ނުވަތަ ވީޑިއޯ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުއްވައިދިނުމަށް ކައުންސިލުން އެދެއެވެ.
26 Jun 2026
ފޮތްކިޔުމުގެ އާދަ މުހިއްމުވަނީ ކީއްވެ؟
ފޮތްކިޔުމަކީ ކޮންމެ އިންސާނެއްގެ ގައިގައިވެސް އަށަގަންނަވަން ޖެހޭ ވަރަށް މުހިންމު އާދައެކެވެ. މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ފެނުނުކަމުގައި ވިޔަސް، ކުޑަކުދިންނާއި، ބޮޑެތި މީހުން އަދި ސްކޫލް ނުވަތަ ޔުނިވާސިޓީ ދަރިވަރުންނަށްވެސް ފޮތް ކިޔުމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. ގަވަޢިދުން ފޮތްކިޔާ މީހަކަށް އާ މަޢުލޫމާތު ލިބުމުގެ އިތުރުން، ބަހުގެ ހުނަރުތައް ކުރިއަރައި، ވިސްނުން ތޫނުވެ، ދުނިޔެއަށް ލޯހުޅުވިގެންދެއެވެ. މިއަދުގެ ދުނިޔޭގައި ގިނަ ބަޔަކު ފޯނާއި، ޓީވީ އަދި ސޯޝަލް މީޑިއާގައި ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. އެހެން ކަމުން ކުރިޔަށްވުރެ ބޮޑަށް ފޮތް ކިޔުމުގެ އާދައަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތް މިވަނީ ވަރަށް ބޮޑަށް އިތުރު ކުރަން ޖެހިފައެވެ.
26 Jun 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަބުގަސްދޮށުގެ / ވ.ފެލިދޫ، ސާޖިދު ޢަބްދުލްމުހައިމިން (27އ) އެވެ.