ޝެއިޙް ސަމީރު
ހަބަރު
08 Jan 2024 | 08:11
ރައީސް މައުމޫނުގެ ވާހަކަފުޅަށް ޝެއިޙް ސަމީރު ރައްދު ދެއްވައިފި

އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވި ވިދާޅުވުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ސަލަފު ޖަމުޢިއްޔާގެ އިލްމުވެރިންގެ ރައީސް އައްޝައިޙް އަޙްމަދު ސަމީރު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރާއްޖެގައި އިސްލާމް ދީނަށް ލޯބިކުރާ ގިނަބައެއްގެ އިހްތިރާމާއި ލޯބި ހޯއްދަވާފައިވާ ޝެއިހް ސަމީރުގެ އެކްސް ޕޯސްޓުގައި ބުނެފައިވަނީ  ޤިޞާޞް ގެ ޢުޤޫބާތައް އިންކާރު ކުރާމީހުންގެ ބުއްދިއާ މެދުވެސް ސުވާލު އުފެދޭ ކަމަށެވެ. އަދި އެއީ ހޭބުއްދި ހުރި މުސްލިމުން ދައްކާނެ ވާހަކައެއް ނޫން ކަމަށެވެ.

"ޤިޞާޞް ގެ ޢުޤޫބާތަކީ އިންސާނިއްޔަތަށްވާ ދިރުމެއްކަން ބަޔާންކުރެއްވި އާޔަތުގައި، ބުއްދީގެ އަހުލުވެރިންނާ  މުޚާޠަބު ކުރައްވާފައިވުމުން، އެޙުކުމަށް އިންކާރު ކުރާމީހުންގެ ބުއްދިއާ މެދުވެސް ސުވާލު އުފެއެވެ. އެއި ހޭބުއްދިވާ އިސްލާމުން  ދައްކާނެ ވާހަކައެއް ނޫނެވެ!" ޤުރުއާނުގެ އާޔަތުން ހެކި ދައްކަވަމުން އެކްސް ޕޯސްޓުގައި ށެއިޙް ސަމީރު ލިޔުއްވާފައި ވެއެވެ.

ރާއްޖެއަށް ބޮޑު އަދަދުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭންޖެހޭ ކަމަށް ޕީއެންސީގެ ޓިކެޓްގައި މާލޭ މޭޔަރ ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވުމާއި ގުޅިގެން އެކަމާއި ދެކޮޅަށް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ، އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން ކަމަށާއި، އަދި އާންމުންގެ ތާއީދު ހޯދުމަށް އެފަދަ ވާހަކަ ދެއްކުމަކީ ތައުލީމީ މީހަކު ކޮށްގެންވާނެ ކަމެއް ވެސް ނޫން ކަމަށެވެ.

މައުމޫނުގެ މިވާހަކައާއި ގުޅިގެން ގިނަބަޔަކު ގެންދަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް
ރައްޒާޤް
ކީރިތި ޤުރުއާންގައި އަންގަވާފައިވާ ކަންކަމަށް ގޮތްކިޔަން މައުމޫނު މިއީ ކާކު؟ ޢެއްވެސް ސަބަބަކާހުރެ މަރުގެއަދަބު ރާއްޖޭގައި ނުދޭން މައުމޫނު ބުނުމަކީ އިސްލާމުދީނާ ހިލާފަށް ބަސްބުނުން.
08 Jan 2024
Aisha
ޚކޮބާއިލްމު ވެރިންގެ ގުޅުން
08 Jan 2024
ހަގީގަތް ބަލާބަލަ
މީހަކު އެއްޗެއް ހަމަ ބުނާއިރަށް އެމީހާ ކާފަރަކަށް ހަދާ މިއްލަތުން ބޭރުކުރުމަކީވެސް ރަގަޅު ގޮތެއްނޫން. ފުރަތަމަ، އެ ބުނި އެތި ސާފުކުރަންވީނޫންތޯ؟ އަޅުގަނޑަށް ހީވަނީ މައުމޫނަކީވެސް ސަމީރު ފަދައިން އަރަބިބަސް ދަންނަ މީހެއްހެން.
08 Jan 2024
ހަގީގަތް
މައުމޫނަށްވެސް ތި ހުރިހާ އާޔަތެއްގެ މާނަ އެނގޭނެ. އިސްލާމީ ޝަރީޢަ މައުމޫނުވެސް ކިޔަވައިގެން، އެތައް ދިރާސާ ތަކެއް ހަދާ ފޮތްތައް ލިޔެފަ އެބަހުރި. އެހެންވީއިރު އެފަދައިން އެ ބުނަނީ ކޮންގޮތަކުންތޯ ސާފު ކުރަންޖެހެނީ ފުރަތަމަ.
08 Jan 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.