ރައީސް ޑރ.މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
08 Jan 2024 | 08:20
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ދިވެހިންނަށް ހާއްސަ ސޯޝަލް ހައުސިން ކެޓެގަރީއެއް ކަނޑައަޅަނީ

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ދިވެހިންނަށް ހާއްސަ ސޯޝަލް ހައުސިން ކެޓެގަރީއެއް ކަނޑައެޅުމަށް ސަރުކާރުން ނިންމައިފިއެވެ.

އިއްޔެ ބޭއްވި ވަޒީރުންގެ ކެބިނެޓްގެ ގެ ބައްދަލުވުމުގެ ތަފްސީލު ހިއްސާ ކުރުމަށް ރައީސް އޮފީހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުالله ނާޒިމް އިބްރާހީމް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ދިވެހިންނަށް ހާއްސަކޮށްގެން ސޯޝަލް ހައުސިން ކެޓެގަރީއެއް ކަނޑައެޅުމަށް ކަރުދާހެއް ހުށައެޅިފައިވާ ކަމަށާއި މި ކަރުދާހުގެ ތެރެއިން ތެރެއިން މި ސަރުކާރުން ތަރައްގީ ކުރުމަށް ނިންމާފައިވާ އާބަން ސެންޓަރުތަކަށް ރިއާޔަތް ކޮށްގެން ރީޖަން ވައިސްކޮށް ވެސް މި ހައުސިން ސްކީމްގެ ތެރެއިން ފުރުސަތު ލބޭިނެ ގޮތް ހަމަޖައްސައި ދިނުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުންވެސް ނާޒިމް ވިދާޅުވީ މި ކެޓެގަރީގެ ދަށުން އެފަދަ މުވައްޒަފުންނަށް ހައުސިން ޕްރޮސެސް ހަމަޖައްސައި ދިނުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާ ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ވަކި އިންސައްތައެއް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ހާއްސަ ކޮށްގެން އެފުރުސަތު ފަހިކޮށްދިނުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ. 

އަދި ހައުސިން ހަމައެކަނި މިލްކު ވުމުގެ އިތުރުން އަމިއްލަ ރަށް ނޫން އެހެން ހިސާބެއްގައި އުޅޭއިރު، ކުއްޔަށް ނަގައިގެން އެތަނެއްގައި ބޯހިޔާވަހިކަން ހޯދައިގެން އުޅޭނީ ނިޒާމެއް ވެސް މީގެ ތެރޭގައި ހިމެނުމަށް ކެބިނެޓުގައި މިއަދު ނިންމާފައިވާކަމަށް ވެސް އެބޭފުޅާ ވިދާޅުވިއެވެ.

އިތުރަށް ނާޒިމް ވިދާޅުވީ ހަފްތާ 14 ގައި ހިމެނިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ރެގިއުލޭޓް ކުރުމަށް ގެދޮރުވެރިކަމުގެ މިންގަނޑުތައް އެކުލެވޭ ބިލެއް ޤާނޫނީ ހައިސިއްޔަތުން ގެނައުމަށްޓަކައި ޑްރާފްޓްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ހިމެނިފައިވާކަމަށާއި މިކަމަކީ އެ ބިލުގެ ތެރޭގައި ހިމެނޭނެ ކަމަކަށްވާތީ މި ބިލަށް ބޭނުންވާ މައުލޫމާތު ހޯދުމަށާއި ސޯޝަލް ހައުސިން ކެޓެގަރީ ކަނޑައެޅުމަށް އެކުލަވާލަން ޖެހޭ އުސޫލުތައް އެކުލަވާލެއްވުމުގެ ކަންކަން މިނިސްޓްރީ އޮފް ޓޫރިޒަމާއި އަދި ކަމާއި ގުޅުން ހުރި އެހެން ފަރާތްތަކާއި މަޝްވަރާ ކުރައްވައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.