ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްޠަފާ: ފޮޓޯ: އެޑިޝަން އެމްވީ
ހަބަރު
08 Jan 2024 | 10:04
ދިވެހިންނަކީ އިންޑިޔާއިން ދިނީމާ ކައިގެން އުޅޭ ބައެއްނޫން: މުސްޠަފާ

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ދެކޮޅަށް ބަސް ބުނުމަށް ދިވެހިން ލަދުގަންނަން ނުޖެހޭނެ ކަމަށާއި ދިވެހިންނަކީ އިންޑިޔާއިން ދިނީމައި ކައިގެން ބޮއެގެން އުޅޭ ބައެއް ނޫން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންޑިއާގެ ޓެރިޓަރީއެއްކަމުގައިވާ ލަކްޝައްދީބުގެ ރަށަކަށް ޗުއްޓީއެއް ހޭދަކުރައްވަން ވަޑައިގެންފައި އެރަށުގެ ދޮންވެލީގެ އަތިރިމަތީގައި ނަގާފައިވާ ފޮޓޯތަކެއް ހިއްސާ ކުރެއްވުމާއެކު އެއީ ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ކުރައްވާ ކެމްޕެއިނެއްގެ ގޮތުގައި ސިފަކޮށް ބައެއް ދިވެހިންނާއި ބައެއް މީޑިޔާ ތަކުން އަންނަނީ ނުރަނގަޅު ޚިޔާލުތަކެއްގެ ފަތުރަމުންނެވެ. 

އަދި ގިނަ ދިވެހިންނެއް އަންނަނީ މިކަމާ ގުޅިގެން އިންޑިޔާ އަށާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި މި ފަދައިން ފާޑުކިޔާ ފަރާތްތަކުގެ ފާޑުކިޔުން ކުށްވެރިކޮޒް އެކަމާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ޝުޢޫރު ފާޅުކުރަމުންނެވެ. 

މި ދަނޑިވަޅުގައި މުސްތަފާ ކުރެއްްވި ޓުވީޓެއްގައި ވަނީ، އިންޑިޔާގެ ބޮޑުވަޒީރަށް ނިސްބަތްކޮށް އެއްޗިހި ކިޔުމަކުން ދިވެހިން ލަދުގަންނަން ނުޖެހޭނެ ކަމަށެވެ. 

" ދިވެހިންނަކީ އެވެރިން ދިނީމައި ކައިގެން ބޮއެގެން އުޅޭ ބައެއް ނޫން " މުސްޠަފާގެ ޓުވީޓުގައި ބުނެފައިވެއެވެ. 

މީގެ އިތުރުން މުސްތަފާގެ ޓުވީޓުގައި ވިދާޅުވީ، ރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުން އިންޑިޔާގެ ބޮޑުވަޒީރުގެ ދަށުވެފައި ތިބި ކަމަކު ހުރިހާ ދިވެހިން ތިބީ އެގޮތުގައި ނޫންކަމަށެވެ. 

މީސް މީޑިއާގައި ދައުރުވި މި ފޮޓޯތަކަށް ދެގައުމުގެ އެކްޓިވިސްޓުންތަކެއް ކޮމެންޓްކުރަމުންގޮސް ރާއްޖޭގައި ސަރުކާރުގައި ސިޔާސީ މަގާމްތަކެއް ފުރުއްވާ ސްޓޭޓް މިނިސްޓަރުން ތަކެއް އިންޑިއާގެ ބޮޑުވަޒީރަށް ނިސްބަތްކޮށް ކުރި ނެގެޓިވްކޮމެންޓްތަކަކާ ގުޅިގެން އެމީހުންގެ މަގާމްތަކުން ވަގުތީގޮތުން އިއްޔެ ވަނީ ސަސްޕެންޑްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.