ދިރާސާކުރުން ކުރިއަށް
ހަބަރު
08 Jan 2024 | 15:40
މަސް އޮޑިފަހަރުގެ އެންވަތަށް ގެންނަށް ޖެހޭ ބަދަލުތަކާއި ބެހޭ ދިރާސާއެއް ފަށައިފި

ޖަޕާނު ސަރުކާރުގެ އެހީ އާއިއެކު މަސް އޮޑިފަހަރުގެ އެންވަތަށް ގެންނަށް ޖެހޭ ބަދަލުތަކާއި ބެހޭ ދިރާސާއެއް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ފަށްޓައިފިއެވެ.

މި ދިރާސާއަކީ މި ސަރުކާރު އައުމަށްފަހު މިގޮތަށް ކުރެވޭ ފުރަތަމަ ދިރާސާއެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިސްނައިގެން ކުރިއަށްގެންދާ މި ދިރާސާއާއި ގުޅޭގޮތުން އެ ވުޒާރާއިން ބުނީ، މި ދިރާސާ ފެށުމުގެ ގޮތުން ގދ. މަޑަވެލި 'ކަމަނަ' ދޯނީގެ އެންވަތް ބަދަލުކޮށްފައިވާ ކަމަށެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި މި ދިރާސާގެ ދަށުން އެ ދޯނީގެ އެންވަތަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެންވަތުގެ ލޮނުގަނޑު ދައުރުވާ ގޮތް ހެދުމާއި،  މަރުވެފައި ހުންނަ އެން، ވަތަށް ނުފައިބާ ވަތުން ނެގޭ ގޮތަށް އެންވަތް ބަދަލުކުރުން ހިމެނޭކަމަށެވެ.

އެ ވުޒާރާއިން އިތުރަށް ބުނި ގޮތުގައި ދޯނީގެ އެން ވަތަށް ގެނެވުނު ބަދަލުތަކުން މިހާރުވެސް ފެންނަ ނަތީޖާ ވަރަށް ރަނގަޅުކަމަށާއި އެހެން ނަމަވެސް އެ މަސައްކަތަކީ ކާމިޔާބު ކަމެއްތޯ ބެލުމަށް މި ދިރާސާގައި ސައިންޓިފިކް ގޮތުން ބަލަންޖެހޭ ކަންތައްތައް އިތުރަށް ބެލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށް ފަހު މަސްވެރިކަމަށް ވަކި ވުޒާރާއެއް ހެއްދެވުމަށްފަހު ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް މި ސަރުކާރުން ވަނީ ގިނަ ކަންތައްތަކެއް ރާއްވަވާފައެވެ.

މިހާތަނަށް މި ސަރުކާރުން ރާއްވަވާފައިވާ ކަންތައްތަކުގެ ތެރޭގައި  މަސްވެރިންކަމުގެ ފަންނު އުނގަންނައި ދިނުމަށް ކޮލެޖެއް އުފެއްދުމުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާއިރު، ކޮންމެ ދޯންޏެއްގައި ޑައިވިން ސެޓްފިކެޓް އޮތް ރެސްކިއު ޑައިވަރެއް ހުރުން ލާޒިމް ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ފާހަގަ ކޮށްލެވެއެވެ.

ހަމަ މިއާއިއެކު ނިމިދިޔަ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން ބޮޑު އަދަދެއް މި ސަރުކާރުން ވަނީ މަސްވެރިންނާއި ހަވާލުކޮށް ނިންމަވާފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.