މިނިސްޓްރީން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ:ވޮއިސް
ހަބަރު
08 Jan 2024 | 18:07
ކޮންޓްރެކްޓަރުންނަށް ފައިސާ ނުދީގެން ހުއްޓިފައިވާ 64 މަޝްރޫއެއް އަލުން ފެށިއްޖެ: ރާފިޢު

ނިމިދިޔަ އިބުރާޙިމް މުޙައްމަދު ޞާލިހްގެ ސަރުކާރުން ކުރިއަށް ގެންދަން ފަށާ، ކޮންޓްރަކުޓަރުންނަށް ފައިސާ ނުދިނުމުގެ ސަބަބުން ، ހުއްޓިފައި ހުރި މަޝްރޫއުތަކުގެ ތެރެއިން ކޮންޓްރަކުޓަރުންނަށް ދައްކަށް ޖެހޭ ފައިސާ ދައްކާ މިހާތަނަށް 64 މަޝްރޫޢުއެއް ފެށިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިޢު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވަނީ އެމިނިސްޓްރީގެ ފަރާތުން ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދުގެ ބައްދަލުވުމުގައި ދަޢުލަތުން ކޮންޓްރަކުޓަރުންނަށް ދެއްކި ފައިސާގެ ތަފްސީލް ދެއްވަމުން ވިދާޅުވީ މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ތެރެއިން ހުއްޓިފައި ހުރި މަޝްރޫއުތަކަށް ބިލުކޮށްފައި ހުރި 160 މިލިއަން ރުފިޔާގެ ތެރެއިން 125 މިލިއަން ރުފިޔާ ދައްކައި ނިންމާފައިވާ ކަމަށެވެ.

"ދަރަނީގެ އެއް ބަޔަކީ ސަޕްލިމެންޓްރި ބަޖެޓުން ހަމަޖެއްސި ބައެއް. އަނެއްބައި 2024 ވަނަ އަހަރުގެ ބަޖެޓުން ވެސް ވަނީ ހަމަޖެހިފައި،" މިނިސްޓްރީން ދެއްކެވި ފައިސާގެ ތަފްސީލް ދެއްވަމުން މިނސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީގެ ފަރާތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިފަދައިން ވިދާޅުވެފައިވާ އިރު ނިމިދިޔަ ސަރުކާރުން ރާއްޖޭގައި ކުޅިވަރާއި ގުޅުންހުރި ގިނަ މަޝްރޫޢުތައް ފަށާފައިވެއެވެ.

ނަމަވެސް އެ މަޝްރޫޢުތަކުގެ ތެރެއިން ވަރަށް ގިނަ މަޝްރޫޢުތައް ވަކި ހިސާބަކުން ހުއްޓާލާފައިވާ ކަމަށް އެފަދަ މަސައްކަތްތައް ކުރިއަށް ގެންދިޔަ ރަށްރަށުން އޭރުވެސް ބުނަމުން ގެންގޮސްފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jul 2026
ދުވާރުތަކުގައި އުޅަނދު ޕާކުކުރާ މައްސަލަ؛ ހަނދާންކޮށްދެނީ، ފިޔަވަޅެއް ނާޅާ
ހުޅުމާލޭގެ ދެ ފޭހުގައިވާ ސޯޝަލް ހައުސިންތަކުގައި މިގޮތަށް ވެހިކަލް ޕާކުކުރުމަކީ ވަރަށް އާންމު ކަމެކެވެ. ތަކުރާރުކޮށް އެކަން ކުރާ މީހުންގެ މައްސަލަ ފުލުހަށް ހުށައެޅި ނަމަވެސް ފިޔަވަޅު ނާޅާކަމުގެ ޝަކުވާ ބޮޑެވެ.
06 Jul 2026
އިމިގްރޭޝަންގެ އޮޕަރޭޝަން ފުޑް ކޯޓްތަކަށް، 27 ބިދޭސީން ހައްޔަރު
މި އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
06 Jul 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވާން ހުޅުވާލައިފި
މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައިގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށައެޅުމަށް ވުޒާރާއިން އެދެ އެވެ.
06 Jul 2026
އަދާލަތާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް
އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށައަޅަން މެއި 20 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިން ކަމަށެވެ.
06 Jul 2026
ސަޢޫދީގެ ވަފުދެއް ރާއްޖޭގައި، ރައީސް ބައްދަލުކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
06 Jul 2026
ބޯހިޔާވަހިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވައިބާ ކޮމިއުނިޓީތަކެއް
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެކަމަށް ހާއްސަކޮށް ހަތަރު, ވައިބާ ކޮމިއުނިޓީއެއް އުފައްދާފައިވާ ކަމަށެވެ.
06 Jul 2026
ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަތުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް
ރަށްރަށުގައި ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، ހަރުދަނާ ސިޔާސަތެއް ބިނާކުރުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި އެވެ.
06 Jul 2026
ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި
ލެއްގި ބޮޑުމަހުގައި 30 ކިލޯ ހުރިއިރު އެ މަސް މިހާރު ވަނީ ވަޅުލާފައެވެ