އިންޑިގޯގެ އެއާލައިނެއް-- ފޮޓޯ/އިންޑިގޯ
ހަބަރު
08 Jan 2024 | 18:12
ބުކިންތައް ކެންސަލް ކުރި ވާހަކަ އިންޑިގޯ އިން ދޮގު ކޮށްފި!

ރާއްޖޭގެ ބަދަލުގައި އިންޑިއާގެ ލަކްޝަދީޕަށް ޒިޔާރަތް ކުރަން ގޮވާލައި އިންޑިޔާއިން މީސްމީޑިއާގައި ފަށާފައިވާ ކެމްޕޭނާ ގުޅިގެން، އެގައުމުގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަން ހަދާފައިވާ ގިނަ ބުކިންތައް ކެންސަލް ކުރަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އިންޑިއާގެ އެންމެ ބޮޑު ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް އެއާލައިން ކަމަށްވާ އިންޑިގޯ އިން ދޮގު ކޮށްފި އެވެ. 

އިންޑިގޯ އެއާލައިންގެ އިސް އޮފިޝަލަކާއި ހަވާލާދީ އެގައުމުގެ ނޫހެއް ކަމަށްވާ "ވިއޯން" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެގައުމުން ރާއްޖެއަށް ހަދާފައިވާ ޓިކެޓް ބުކިންސް އާއި ހޮޓެލް ބުކިންސްގެ ކެންސަލޭޝަނެއް ނޫޅެއެވެ. 

އެކަމާއި ގުޅޭ އިތުރު ތަފްސީލް ނުދީ، އެ އޮފިޝަލް ވަނީ އެކަމާއި ގުޅިގެން ބަޔާނެއް ނެރެން ނެރެން ޖެހިއްޖެ ހާލަތެއްގައި ނެރޭނެ ކަމަށެވެ. 

އިންޑިޔާ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަށް ވާއިރު، އިންޑިގޯއަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އެންމެ ގިނަ ފްލައިޓްތައް ބާއްވާ އެއް އެއާލައިނެކެވެ. އިންޑިޔާ ފަތުރުވެރީންގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން މިދިޔަ އޮކްޓޯބަރު މަހު އެ އެއާލައިން އިން ވަނީ ހައިދަރުއާބާދުން ވެސް މާލެއަށް ދަތުރުތައް ފަށާފަ އެވެ.

އިންޑިޔާގެ ފަތުރުވެރިން ޕްރޮމޯޓް ކުރުމަށް ހަދާފައިވާ ލަކްޝަދްވީޕު އަށް އެގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ކުރި ދަތުރެއްގައި ނަގާފައިވާ ފޮޓޯ ތަކެއް މީސްމީޑިއާގައި ހިއްސާކުރައްވާއި، ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރެއް، މޯދީއަށް ކުޑައިމީސް ކުރުމާއި ގުޅިގެން ރާއްޖެ ބޯއިކޮޓް ކުރުމަށް ގޮވާލާ އަޑު މީސްމީޑިއާގައި ވަނީ ގަދަވެފައެވެ. 

އެއާއެކު 10،500 ހޮޓެލް ބުކިން އަދި 5،520 ފުލައިޓު ބުކިން ކެންސަލް ކޮށްފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކާއި މީސްމީޑިއާ މީޑިއާ އެކައުންޓުތަކުން ބުނެފައި ވެއެވެ. ނަމަވެސް އެކަން، ރަސްމީ އެއްވެސް އީދާރާއަކުން މިހާތަނަށްވެސް ކަށަވަރު ކޮށްދީފައި ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.