ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
ހަބަރު
08 Jan 2024 | 20:00
މާލޭ ސަރަހައްދުގައި ވެހިކަލް ރަޖިސްޓްރީ ކުރާ އަދަދު 300 އިން 30އަށް މަދު ކުރެވިއްޖެ: އަމީން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާއި ހަވާލުވެ، މާލޭގެ ޓްރެފިކް މައްސަލައަށް ހައްލު ގެނައުމަށް ކުރަން ފެށި މަސައްކަތުން މާލޭ ސަރަހައްދުގައި ވެހިކަލް ރަޖިސްޓްރީ ކުރާ އަދަދު ބޮޑުތަނުން މަދު ކުރެވިއްޖެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން މިފަދައިން ވިދާޅުވީ މާލޭ ސަރަހައްދުގެ އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މާސްޓަރ ޕްލޭންގެ މަސައްކަތް އިފްތިތާޙު ކުރުމަށް މިއަދު  ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރއަމީން ވިދާޅުވީ ނިމިދިޔަ ރައީސް އިބުރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ދުވާލެއްގެ މައްޗަށް 200 ވެހިކަލް ނޫނީ 300 އެއްހާ ވެހިކަލް ރެޖިސްޓްރީ ކުރާ ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ އަދަދު ވަރަށް ބޮޑުތަނުން މަދު ކުރެވިފައިވާ ކަމަށެވެ.

"ތަފާސް ހިސާބު ދައްކާ ގޮތުން އޭރުގަ 300 އެއްހާ ވެހިކަލް ދުވާލެއްގެ މައްޗަށް ރެޖިސްޓްރީ ކުރާކަން ހާމަވޭ. އެކަމަކު މިހާރު އަޅުގަނޑުމެން އެ އަދަދު 25 އާ 30 އާ ދެމެދަށް ދަށް ކޮށްފިން. ކުރިން އެ ރެޖިސްޓްރީ ކުރި އަދަދަށް ބަލާފަ އުޅަނދުތައް އިތުރުވަމުން ދިޔަ މިންވަރަށް ބަލާނަމަ އަޅުގަނޑަށް ޤަބޫލު ކުރެވެނީ މާލެ އަކީ މީހުން ދިރިނޫޅެވޭ ވަރު ތަނަކަށް ވެގެން ދިޔުމުގެ ބިރު ބޮޑު." 

މިނިސްޓަރ އަމީން 

މިސަރުކާރުން ކުރިއަށް ރާއްވަވާފައިވާ ކަންތައްތައް ފާހަގަކުރައްވަމުން މިނިސްޓަރ އަމީން ވިދާޅުވި މާލޭ ސަރަހައްދަށް އެތެރެވާ އުނޅަދުފަހަރުތައް ރެގިޔުލޭޓް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް އެ މިނިސްޓްރީން ފައްޓަވާނެ ކަމަށެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.