ތައުލީމާއި ބެހޭ ވަޒީރު
ހަބަރު
08 Jan 2024 | 21:52
ސަރުކާރުގެ ވަޢުދު ފުރިހަމަވާ ގޮތަށް އެކަޑަމިކް ކަލަންޑަރަށް ބަދަލު ގެނެއްސި

ދިރާސީ އާ އަހަރުގެ ކިޔެވުން މެއި 26 ގައި ފަށާގޮތަށް ނިންމާ، އާ އެކަޑަމިކް ކަލަންޑަރ ތަޢުލީމާއި ބެހޭ ވުޒާރާއިން މިއަދު އާއްމުކުރައްވައިފިއެވެ.

ތަޢުލީމާއި ބެހޭ ވުޒާރާއިން މިއަދު އާއްމުކުރި އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން މި ސަރުކާރުންވީ ވަޢުދާއި އެއްގޮތަށް ރަމަޟާންމަހުގެ ފަހު 10 ވަނީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.

އާ އެކެޑަމިކް ކަލަންޑަރުގައިވާ ގޮތުން މިމަހުގެ 7 ވަނަ ދުވަހު ކިޔެވުން ފެށުނު 2023 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ، 30 އޭޕްރީލް 2024 ގައެވެ. މީގެ ކުރީގައިވާ ގޮތުން މި ހިނގާ ދެވަނަ ޓާމުގެ ކިޔެވުން ނިމޭގޮތަށް އޮތީ 13 ޖޫން 2024 ގައެވެ.

އާ އެކެޑަމިކް ކަލަންޑަރުގައިވާ ގޮތުން ދެވަނަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުން އަހަރީ ޗުއްޓީއަށްދާނީ 2 މެއި 2024 ގައެވެ. ކުރިން އަހަރީ ޗުއްޓީއަށްދާގޮތަށް އޮތީ 16 ޖޫން 2024 ގައެވެ. ގާތްގަނޑަކަށް 3 ހަފްތާގެ ޗުއްޓީއަކަށްފަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ޓީޗަރުން ސްކޫލްތަކަށް ރިޕޯޓްވާންޖެހޭނީ 22 މެއި 2024 ގައެވެ. އަދި ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭނީ 26 މެއި 2024 ގައެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ކުރިން ފަށާގޮތަށް އޮތީ 31 ޖުލައި 2024 ގައެވެ.

ކަލްނަޑަރުގައިވާ ގޮތުން ކިޔަވައިދޭދުވަހުގެ އަދަދަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އެގޮތުން ކުރީގެ ކަލްނޑަރުގައި ދެވަނަ ސެމިސްޓާރގައި ކިޔަވައި ދިނުމަށް 108 ދުވަސް އޮތް ނަމަވެސް އައު ކަލަންޑަރުގައި މި ސެމިސްޓާރގައި ކިޔަވައިދުމަށް ހަމަޖެހިފައިވަނީ 78 ދުވަހުއެވެ.

ތަޢުލިމީ ވުޒާރާއިން މިއަދު ވަނީ 2024 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރުވެސް އާއްމު ކޮށްފައެވެ. އޭގައިވާ ގޮތުން 2024 ވަނަ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ 26 މެއި 2024 އިން 26 ސެޕްޓެމްބަރު 2024 އަށެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ 06 އޮކްޓޯބަރު 2024 އިން ފެށިގެން 20 ފެބްރުއަރީ 2025 އަށެވެ. 2024 ވަނަ އަހަރު ދަރިވަރުން ކިޔަވާނީ ޖުމްލަ 180 ދުވަހުއެވެ. 2025 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ 9 މާރިޗު 2025 ގައެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށް ވީ ވަޢުދުގެ ތެރޭގައި ކޮވިޑު 19ގެ އާލަމީ ވަބާގެ ކުރިން ކިޔެވުން ކުރިއަށް ގެންދިޔަ ގޮތަށް ޑިސެމްބަރަށް ސްކޫލުގެ ބޮޑު ބަންދު ބަދަލުކުރުމަށް ބުނެފައި ވެއެވެ. މިހާރުގެ އެކަޑަމިކް ކަލަންޑަރު ބައްޓަށް ކުރެވިފައިވާ ގޮތުން މި ސަރުކާރުގެ އެ ވަޢުދު ފުރިހަމަވެގެން ދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.