ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރ
ހަބަރު
09 Jan 2024 | 09:29
ހަނގުރާމަވެރި ސަރަހައްދުން ގެންނަ މީހުން ތިބޭ ސެންޓަރުގެ މަސައްކަތްތައް ފުރަތަމަ ފަހަރަށް ނޫސްވެރިންނަށް ދައްކާލައިފި

ކ. ހިންމަފުށީގައި ޤާއިމުކޮށްފައިވާ ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރ (އެންއާރުސީ) މަސައްކަތްތައް ފުރަތަމަ ފަހަރަށް ނޫސްވެރިންނަށް ދައްކާލައިފިއެވެ.

ދިވެހި ނޫސްވެރިންނަށް އެތަނާއި ގުޅޭ މަޢުލޫމާތު ހިއްސާކުރައްވާފައިވަނީ އެންއާރުސީގެ ޑިރެކްޓަރ ޖެނެރަލް އަންވަރު ނަޢީމެވެ. އަންވަރުގެ ވާހަކަ ބޮޑަށް އަމާޒުކުރެއްވީ ރާއްޖެއިން ބޭރަށް ހަގުރާމައަށްދާ ފަރާތްތަކާއި އަދި ހަނގުރާމަ ހިނގަމުންދާ ސަރަޙައްދުތަކުގައި ދިރިއުޅެމުން ގެންދާ ފަރާތްތައް އެސެންޓަރަށް ގެނެސް ރިހެބިލިޓޭޝަން ފަރުވާދިނުމުގައި އެ ސެންޓަރުން ޢަމަލުކުރަމުން ގެންދާ ގޮތްތަކުގެ މައްޗަށެވެ.

އެގޮތުން ހަނގުރާމަކުރާ ސަރަޙައްދުތަކުގައި ތިބި ދިވެހިން ރާއްޖެއަށް އަންނަ ބޭނުންވެ، އެކަން އެ ސެންޓަރަށް އެންގުމުން އެންމެ ފުރަތަމަ އެއީ ދިވެހިންކަން ޔަޤީންކުރުމަށް އެ ފަރާތްތަކުގެ ޑީއެންއޭ ޓެސްޓުތައް ހަދާކަމަށާއި، އަދި އެއަށްފަހު އެ ފަރާތްތަށް ރާއްޖެ ގެނެސް އެންއާރުސީގައި ބައިތިއްބައިގެން 30 ދުވަހުގެ އެސެސްމަންޓެއް ހަދައި ކޯޓަށް އެ އެސެސްމަންޓް ހުށަހަޅައި ކޯޓުން ދޭ މުއްދަތަކަށް ޕްރޮގްރާމް ހިންގޭނެ ކަމަށް އަންވަރު ވިދާޅުވިއެވެ.

"ދެން ކޯޓަށް އެ އެސެސްމަންޓް ހުށަހަޅައި ކޯޓުން ކަނޑައަޅާ މުއްދަތަކަށް އެމީހުންގެ ރިހެބިލިޓޭޝަން ޕްރޮގްރާމް މިތަނުގައި ހިންގާނީ،" މަޢުލޫމާތު ދެއްވަމުން އަންވަރު ވިދާޅުވިއެވެ.

އެންއާރުސީއަށް ނޫސްވެރިން ކުރި މި ޒިޔާރަތުގައި އަންވަރު އިތުރަށް ވިދާޅުވި ގޮތުގައި އެސެންޓަރު ހަދާފައިވަނީ އެއް ފަހަރާ 72 މީހުންނަށް އަދި 5 އާއިލާއަށް ފަރުވާފޯރުކޮށްދެވޭނެ ގޮތަށެވެ. އެތަނުގައި 4 ބުލޮކެއް ހެދިފައިވާއިރު އެއް ބްލޮކް އަންހެނުންނަށް ހާއްސަކޮށްފައިވާއިރު އެއް ބްލޮކް 18 އަހަރު ނުފުރޭ ފިރިހެން ކުދިންނަށް ހާއްޞަކުރެވިފައިވެއެވެ.މީގެ އިތުރުން އެއް ބްލޮކް 18 އަހަރުން މަތީގެ ފިރިހެނުންނަށް އަދި އެއް ބްލޮކް އާއިލާތަކަށް ހާއްޞަ ކުރެވިފައިވާ ކަމަށް އަންވަރު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރަށް ހަގުރާމައަށްދާ ފަރާތްތަކާއި އަދި ހަނގުރާމަ ހިނގަމުންދާ ސަރަޙައްދުތަކުގައި ދިރިއުޅެމުން ގެންދާ ފަރާތްތައް އެސެންޓަރަށް ގެނެސް އެސެންޓަރުގައި ބައިތިއްބާއިރު އެ ފަރާތްތައް 24 ގަޑިއިރު މޮނިޓަރ ކުރެވޭނެ އިންތިޒާމް އެ ސެންޓަރުގައި ހަމަޖެހިފައިވާކަމަށް އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވި ގޮތުގައި އެ ސެންޓަރުގައި ކުރިން ވެސް ފަސް މެމްބަރުންގެ އާއިލާއަކަށް ވަނީ ރިހެބިލިޓޭޝަން ފަރުވާ ދީފަ އެވެ. އެއީ އަންހެނަކާއި ހަތަރު ކުޑަކުދިންނަށެވެ. އަހަރެއްހާ ދުވަހު ރިހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް ފަހު، މިދިޔަ އަހަރު އެ އާއިލާ މުޖުތަމައު އަށް ނެރެފައިވާ ކަމށާއި، އަދި ފަސް އަހަރު ވަންދެން އެމީހުންގެ ހާލަތު އެ ސެންޓަރުން މޮނީޓާކުރަމުން ގެންދާނެ ކަމަށް އަންވަރު ވިދާޅުވިއެވެ.

އެންއާރުސީ އަކީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރާ ގާނޫނުގައި ބަޔާންކުރާ ކަހަލަ ހަނގުރާމަވެރި ސަރަހައްދުތަކުން ނުވަތަ އެ ކަހަލަ ހަނގުރާމައެއްގައި ބައިވެރިވުމަށް ފަހު، އަނބުރާ ރާއްޖެ އަންނަ ނުވަތަ ގެނެވޭ މީހުން މުޖުތަމައު އަށް ދިއުމުގެ ކުރިން ރިހެބިލިޓޭޝަން އަދި ރިއިންޓެގްރޭޝަން ޕްރޮގްރާމް ހިންގުމަށް ކަނޑައަޅާފައިވާ މަރުކަޒެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.