އުސްތާޛާ އައިޝަތު އާޒިމާ ޝަކޫރު
ހަބަރު
09 Jan 2024 | 09:15
މިވަގުތަކީ އަޅުގަނޑުމެން މިތިބީ އެއް ސަފެއްގައިކަން ދެންތިބި މީހުންނަށް ދައްކަންވީ ވަގުތު: އާޒިމާ

މިވަގުތަކީ އެންމެން އެއް ސަފެއްގައި ތިބިކަން އެހެން މީހުންނަށް ދައްކަންވީ ވަގުތުކަމުގައި މާލޭ މޭޔަރުކަމަން ޕީއެންސީ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް އުސްތާޛާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅު ވެއްޖެއެވެ.

މާލޭ ގަލޮޅު ކަންމަތީގައި ރޭ ބޭއްވުނު މާލެ ސިޓީގެ މޭޔަރު އަދި މާލޭގެ 3 ދާއިރާއަށް ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުސްތާޛާ އާޒިމާ ވިދާޅުވީ މި ކެންޕެއިން ދަތުރުގައި ކިތަންމެ ގޮންޖެހުންތަކެއް ކުރިމަތިވިޔަސް އެންމެން ގަދަފަދަކޮށް އެއްސަފެއްގައި ތިބިކަން އިދިކޮޅު ފަރާތްތަކަށް ދައްކަން ޖެހޭކަމަށެވެ.  

"އަޅުގަނޑުގެ އިލްތިމާސަކަށް ވާނީ އަޅުގަނޑުމެންގެ ސަފުތައް ރޫޅާލިޔަ ނުދެއްޗޭ، އަޅުގަނޑުމެންގެ ބަދަހިކަން ދުއްވާލިޔަ ނުދެއްޗޭ، މިވަގުތަކީ އަޅުގަނޑުމެންނަށް ލިބެމުން އަންނަ ޗެލެންޖުތައް އަންނަ ގޮންޖެހުންތަކާއި ދެކޮޅަށް އެންމެން މިތިބީ އެއް ސަފެއްގައިކަން ދެންތިބި މީހުންނަށް ދައްކަންވީ ވަގުތު." 

ޢާއިޝަތު ޢާޒިމާ ޝަކޫރު 

ރޭގެ މި ބައްދަލުވުމގައިވެސް އާޒިމާ ވަނީ އޭނާ މާލޭ މޭޔަރުކަމަސް ކުރިމަތި ލެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިޝަން ކާމިޔާބު ކުރެއްވުމުގެ މަސައްކަތް ކުރެއްވުމަށްކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އަޒުމެއް ގުނޑުވައެއް ނުލެވޭނޭ، އަޅުގަނޑު މިހިރީ ވަރަށް ސާބިތުކަމާއެކުގައި ރައީސް މުއިއްޒުގެ ވިޝަން ކާމިޔާބު ކުރުމަށޭ، އަޅުގަނޑަކީ އުމުރުން 17 އަހަރުގައި ޚިދުމަތް ފެށީއްސުރެ އަޅުގަނޑު ހުރީ ގޮތެއްގެ ސާބިތުކަން ދިވެހި ރައްޔިތުންނަށް ސާބިތުކޮށްދޭނެ މީހެއް، ކާމިޔާބުކޮށްދޭނެ މީހެއް." 

ޢާއިޝަތު ޢާޒިމާ ޝަކޫރު 

އާޒިމާ ދެއްކެވި ކުރު ވާހަކަކޮޅު ނިންމަވައި ލެއްވީ އިންތިހާބާ ދެމެދު ކުރިޔަށް މިއޮތް ހަތަރު ދުވަހުގެ ފަހުމަރުހަލާގައި ނަގާ "ރާޅު" އެންމެން އެކީގައި ވަޑައިގެން އިންތިހާބު އޮންނަ ދުވަހުގެ ހަވީރު ނުވަތަ އިރުއޮއްސޭއިރު "އެރާޅު" ކާމިޔާބުކަމާއެކީ ބިންދާލާން މާލޭ ރައްޔިތުންގެ ކިބައިން އެދިލައްވަމުންނެވެ.

ރޭގެ މި ބައްދަލުވުމުގައި ރައީސުލް ޖުމުހުރިއްޔާގެ ނައިބާއި ދަޢުލަތުގެ ވަޒީރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jul 2026
ދުވާރުތަކުގައި އުޅަނދު ޕާކުކުރާ މައްސަލަ؛ ހަނދާންކޮށްދެނީ، ފިޔަވަޅެއް ނާޅާ
ހުޅުމާލޭގެ ދެ ފޭހުގައިވާ ސޯޝަލް ހައުސިންތަކުގައި މިގޮތަށް ވެހިކަލް ޕާކުކުރުމަކީ ވަރަށް އާންމު ކަމެކެވެ. ތަކުރާރުކޮށް އެކަން ކުރާ މީހުންގެ މައްސަލަ ފުލުހަށް ހުށައެޅި ނަމަވެސް ފިޔަވަޅު ނާޅާކަމުގެ ޝަކުވާ ބޮޑެވެ.
06 Jul 2026
އިމިގްރޭޝަންގެ އޮޕަރޭޝަން ފުޑް ކޯޓްތަކަށް، 27 ބިދޭސީން ހައްޔަރު
މި އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
06 Jul 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވާން ހުޅުވާލައިފި
މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައިގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށައެޅުމަށް ވުޒާރާއިން އެދެ އެވެ.
06 Jul 2026
އަދާލަތާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް
އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށައަޅަން މެއި 20 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިން ކަމަށެވެ.
06 Jul 2026
ސަޢޫދީގެ ވަފުދެއް ރާއްޖޭގައި، ރައީސް ބައްދަލުކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
06 Jul 2026
ބޯހިޔާވަހިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވައިބާ ކޮމިއުނިޓީތަކެއް
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެކަމަށް ހާއްސަކޮށް ހަތަރު, ވައިބާ ކޮމިއުނިޓީއެއް އުފައްދާފައިވާ ކަމަށެވެ.
06 Jul 2026
ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަތުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް
ރަށްރަށުގައި ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، ހަރުދަނާ ސިޔާސަތެއް ބިނާކުރުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި އެވެ.
06 Jul 2026
ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި
ލެއްގި ބޮޑުމަހުގައި 30 ކިލޯ ހުރިއިރު އެ މަސް މިހާރު ވަނީ ވަޅުލާފައެވެ