ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް-- ފޮޓޯ/ވޮއިސް
ހަބަރު
09 Jan 2024 | 10:07
ރާއްޖޭގެ މައި ދޮރާށި ސަލާމަތް ކުރުމުގައި އެންމެ އިސް ސަފުގައި މަސައްކަތް ކުރެއްވީ ޢާޒިމާ: ނާއިބު ރައީސް

ރާއްޖޭގެ މައި ދޮރާށި ސަލާމަތް ކުރުމުގައި އެންމެ އިސް ސަފުގައި މަސައްކަތް ކުރެއްވީ މިއަދު ޕީއެންސީ ޓިކެޓްގައި މާލޭ މޭޔަރުކަމަށް ވާދަކުރައްވާ އުސްތާޛާ އައިޝަތު އާޒިމާ ޝަކޫރުކަމުގައި ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

މިއަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލެ ސިޓީ މޭޔަރުކަމަށް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ކުރިމަތިލައްވާ އާޒިމާ ޝަކޫރާއި މާލޭގެ ތިން ދާއިރާއަށް ވާދަކުރައްވާ ތިން ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ޕީއެންސީގެ ނައިބް ރައިސްކަންވެސް ކުރައްވަމުން ގެންދަވާ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ އައިޝަތު އާޒިމާ ޝަކޫރުގެ ޤާބިލްކަމާއި މެދު ޝައްކު ކުރުމުގެ ޖާގަ ނެތްކަމަށެވެ.

އެގޮތުން ޖީއެމްއާރުގެ އަތުން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯރޓް އަބުރާ ސަރުކާރަށް ހޯދުމަށް ކުރެވުނު މަސައްކަތުގެ އެންމެ އިސްމޭސްތިޔަކީ އުސްތާޛާ އާޒިމާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

"އެކަމަނާއަކީ (އާޒިމާ) އަޅުގަނޑުމެންގެ މައި ދޮރާށި ސަލާމަތްކުރުމުގައި އެންމެ އިސް ސަފުގައި ހުންނެވި ކަމަނާ، ހުންގާނުގައި ހުންނެވި ކަމަނާ، އެ ޤައުމީ ޖިހާދުގައި އެކަމަނާ އެ ކުރެއްވި މަސައްކަތް އަޅުގަނޑުމެން ހަނދާން ހުންނަށް އެބަޖެހޭ"

ނާއިބު ރައީސް 

މީގެ އިތުރުން ނައިބު ރައީސްގެ ވާހަކަފުޅުގައި މޭޔަރު އިންތިހާބުގައި ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކު ހޮވުމުގެ މުހިއްމުކަމުގެ މައްޗަށް ވެސް ވަނީ އަލިއަޅުވާ ލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރަކާއި އެކީގައި ހިދުމަތެއް ލިބެން ބޭނުންވާނަމަ މިއީ ރަނުގެ ފުރުސަތެއް ކަމަށެވެ.

"ރައީސް ޑރ. މުއިއްޒު އެމަނިކުފާނުގެ މޭޔަރު ކަމުގައި މާލެ ސިޓިއަށް ގެންނަން ބޭނުންވި ތަރައްގީ، ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެއްދެވުމަށްޓަކައި، އެމަނިކުފާނަށް މި އޮތި ރަނުގެ ފުރުސަތެއް ލިބިފައި، އެ ފުރުސަތު ހޯދައިދެއްވުމަށް އަޅުގަނޑު މާލެ ސިޓީގެ ރައްޔިތުންގެ އަރިހުން އެދެނީ، އެއީ އެކަން ކޮށްދެވޭނެ ވަރުގެ ކެންޑިޑޭޓެއް މިއަދު އެމަނިކުފާނު ނެރުއްވާފައި ތިޔަބޭފުޅުންނަށް ދައްކަވާފައި ހުރީމަ، އެއީ އާޒިމާ، އެއީ ޝައްކެއް އޮތް ކަމެއް ނޫން،".

ނާއިބު ރައީސް 

ހުސްވެފައިވާ މާލޭ މޭޔަރުކަމަށް މީހަކު ހޮވަން ބާއްވާ އިންތިހާބު މިއަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ މަޤާމަށް 5 ބޭފުޅަކު ކުރިމަތި ލައްވާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.