ޕީއެންސީގެ ޖަލްސާގައި ނައިބް ރައީސް ވާހަކަ ދައްކަވަނީ: ފޮޓޯ: ވޮއިސް
ހަބަރު
09 Jan 2024 | 11:06
މާލޭ ސިޓީއަށް ވެ ވަޑައިގެންނެވި ވައުދުތައް ރައީސް އަންނަނީ ތަންފީޒުރައްވަމުން: ނައިބް ރައީސް

މާލޭ ސިޓީގެ ރައްޔިތުންނަށް ކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަޢުދުވެވަޑައިގެންނެވި ގިނަ ކަންކަން ތަންފީޒުކުރައްވަމުން އަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބް އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ މޭޔަރގެ ބައި އިލްކެޝަންގައި ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަލް އުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރާއި ކައުންސިލްގެ މެމްބަރކަމަށް ވާދަކުރައްވާ އިން ކެންޑިޑޭޓުންގެ ކެމްޕެއިންގެ ތެރެއިން ރެ އެ ޕާޓީން ބޭއްވި ކެމްޕެއިން ހަރަކާތުގައި ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ ބައިބެރިވެ ވަޑައިގަންނަވައިފައެވެ. 

މި ހަރަކާތުގައި ވާހަކަ ދައްކަވަމުން ނައިބްރައީސް ވިދާޅުވީ، މާލޭ ސިޓީގެ ރައްޔިތުންނަށް ކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަޢުދުވެވަޑައިގެންނެވި ގިނަ ކަންކަން ޤާނޫނީ އިމުގެ ތެރެއިން ތަންފީޒުކޮށްދެއްވަމުން ގެންދަވާ ކަމަށެވެ. 

އެގޮތުން ޑރ.މުހައްމަދު މުއިއްޒު މަގަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަވެސް ކުރިއަށްގެންދެވީ މާލޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދާދެއްވުމުގެ މަސައްކަތް ކަމުގައި ފާހަގަ ކުރައްވައި ނައިބް ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މާލެ ސިޓީ ތަރައްޤީ ކުރައްވަމުން ގެންދަވަނީ ދުނިޔޭގެ ބޮޑެތި ސިޓީތަކުން ކަންކަންކުރައްވާ ގޮތް ނަމޫނާއަކަށް ބައްލަވައިގެންކަން ފާހަގަ ކުރައްވައިފައެވެ. 

މީގެ އިތުރުން ނައިބް ރައީސް ވިދާޅުވީ، މާލޭ ސިޓީގެ ތަރައްޤީއަށް ކުރައްވަން ނިންމަވާފައިވާ ބައެއް ކަންތައްތައް މަޖިލީހުގެ އޮތް ބާރުގެ ތެރެއިން ނުކުރެވި ހުރިކަން ފާހަގަކުރައްވައިފައެވެ. އަދި އެއިން ކޮންމެ ކަމެއްވެސް ކުރެވެން އަންނަނީ ފައިސާގެ އިތުރުން ޤާނޫނީ އިމުގެ ތެރެއިން ބާރުލިބިގެން ކަމުގައި ނައިބްރައީސް ވަނީ ފާހަގަ ކުރައްވައިފައެވެ. 

އެހެން ނަމަވެސް (ކުރީ) ސަރުކާރުގެ ނުފޫޒާއި މަޖިލީހުގެ ބާރުގެ ތެރެއިން ގިނަ ކަންކަން ނުކުރެވި ހުރިކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، މިއިން ކޮންމެ ކަމެއްވެސް ކުރެވޭނީ ފައިސާ އާއި އެހެނިހެން ގާނޫނީ އިމުގެ ތެރެއިން ލިބެން ހުރި ބާރު ލިބިގެން

އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފް

ނައިބު ރައީސްގެ ވާހަކައިގައިވަނީ ޤައުމުގެ އެންމެ މަތީ ގިންތީގައި، ގޮތްނިންމާ ލެވެލްގައި އަންހެނުންނަށް ފުރުސަތުދިނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާ އެ ފުރުސަތު އަންހެނުންނަށް ލިބުމުން މުޖްތަމަޢު ބޭނުންވާ ކަންކަމުގައި އަންހެނުންގެ އަޑު ހުއްޓުމަކަށް ނައިސް ގުގުމަމުންދާނެކަން ފާހަގަކުރައްވައިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.