ރޭގެ ޖަލްސާގައި އަބްދުއްރަހީމް: ފޮޓޯ: ވޮއިސް
ހަބަރު
09 Jan 2024 | 13:21
ރައީސްގެ ތަސައްވަރުގެ ކުލަ ޖެއްސޭނީ ބައި-އިލެކްޝަން ކާމިޔާބުކޮށްގެން: އަބްދުއްރަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މާލެއާ މެދު ގެންގުޅުއްވާ ތަސައްވަރުގައި ހަގީގީ ކުލަ ޖެއްސޭނީ މިމަހުގެ 13 ވަނަ ދުވަހު ބާއްވާ މާލެ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަން ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ އަށް ލިބިގެން ކަމަށް ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.

އަބްދުރަހީމް މިފަދައިން ވިދާޅުވީ، މާލެ ސިޓީ މޭޔަރުގެ ބައި އިލެކްޝަންގައި ސަރުކާރު ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ އަލްއުސްތާޒާ އައިޝަތު އަޒިމާ ޝުކޫރު އަދި ކައުންސިލްގެ އެހެނިހެން ގޮނޑިތަކަށް ވާދަކުރައްވާ އިތުރު މެމްބަރުންގެ ކެމްޕެއިންގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މާލޭގެ ރައްޔިތުންނަކީ މާލެ ދެކެ ލޯބިވާ, މާލެ އަކީ ތަރައްގީވެފައިވާ ސިޓީއެއްގެ ގޮތައި ހަދަން ބޭނުންވާ ބަޔަކަށްވާން ޖެހޭ ކަމަށެވެ. 

އެގޮތުން، މާލެ ރައްޔިތުންނަކީ އަމިއްލަ ފުދުންތެރިކަމަށް އިސްކަންދޭން ޖެހޭ ބަޔަކަށް ވާންޖެހޭކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެކަންކަން ކުރެވެން ފަސޭހަ މަގު އޮއްވައި އެކަން ދޫކޮށްލުމަކީ މާލޭގެ ރައްޔިތުން ކޮށްގެންވާނެ ކަމެއް ކަަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މީގެ އިތުރުން އަބްދުރަހީމް ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ސިޓީ ކައުންސިލްގެ މެޖޯރިޓީ އޭރު އިދިކޮޅުގައި ގޮތް ޕީޕީއެމް/ޕީއެންސީ އަށް ދިނީ، މާލޭގެ ރައްޔިތުން ބޭނުންވި ކުރިއެރުމާއި ތަރައްގީ ގެނެސްދެވިފައިނުވާތީ ކަމަށެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި އެ ބޭފުޅުން ފާހަގަކުރެއްވީ މާލޭގެ ރައްޔިތުންގެ ބޭނުންތަކަކީ ކޮބައިކަން އެމްޑީޕީއަށް ނޭނގުން ނުވަތަ މާލޭ ރައްޔިތުންނަކީ ބޭކަރު ބައެއް ކަމަށް އެމްޑީޕީން ހެދުން ކަމުގައެވެ. 

ވުމާއެކު ޕީޕީއެމް/ޕީއެންސީ އަށް މާލޭގެ މެޖޯރިޓީ ލިބުމުން މާލޭ ރައްޔިތުންނަށް ފެނިގެން ދިޔައީ ތަފާތު ސިޓީ ކައުންސިލެއް ކަމަށާއި، ރައްޔިތުންގެ ވިންދާ އިހުސާސް އެނގިތިބެ މަސައްކަތްކުރާ ސިޓ ކައުންސިލަރުންތަކެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދި ރައީސް ޑރ މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރު ގިނަގުނަ މަސައްކަތްތަކެއް މާލޭގެ ރައްޔިތުންނަށްޓަކައި ކޮށްދެއްވާފައިވާ ކަަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

ހަމައެކަނި މާލޭގެ ބޭރުން ދުއްވާލީމާވެސް ޑރ މުއިއްޒު މާލެއާ ދޭތެރޭ ގެންގުޅުއްވާ ތަސައްވަރު ފެނިވަޑައިގަންނަވާނެ، ކުޑަކުޑަ މަދީނާއެއް ފެންނަހެން އަޅުގަނޑުމެންނަށް ހީވަނީ

އަބްދުއްރަހީމް އަބްދުالله 

ހަމަ އެޔާއެކު ނިމިދިޔަ ރިޔާސީ އިންތިހާބުގައި މާލެ ރައްޔިތުން ޕީޕީއެމް/ޕީއެންސީއަށް މެޖޯރިޓީ ދިނީ އެމްޑީޕީއަށް އެކަށީވެގެންވާ ވަރުގެ ނަތީޖާ ނެރެދެވިފައިނުވާތީ ކަމަށް ވިދާޅުވެ އަބްދުއްރަހީމް ވަނީ މާލޭ ރައްޔިތުން ބޭނުންވީ ކަންކަން ނަތީޖާ ނެރެވޭނެ އިހުލާސްތެރި ވެރިއަކު އިންތިހާބުކުރުން ކަމަށާއި އެ ސިފަތައް ހުންނެވި ބޭފުޅަކީ ރައީސް މުއިއްޒު ކަމުގައި ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ ގޮތުގައި މާލޭގެ ރައްޔިތުން ނިންމި ނިންމުމުން އަންގައިދެނީ މާލޭގެ ތަރަައްގީ ރައީސް މުއިއްޒުއާ ގުޅިލާމެހިފައިވާ ކަމުގެ ސާފުހެކި ކަމަށެވެ.

މީގެ އިތުރުންވެސް އެބޭފުޅާ ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ މާލެއާ ދޭތެރޭގައި ފޮނި އުއްމީދުތަކަކާއި ރީތީ ތަސައްވަރުއް ކުރައްސަވައިގެން ކަމަށާއި އެ ތަސައްވަރުގެ ކުލަ ޖޭއްސޭނީ މި ސަރުކާރުގެ ކެންޑިޑޭޓުންނަށް ކަމަށެވެ.

އެ ކުލަޖެއްސެވެން އޮތީ މާލޭގެ މޭޔަރާ އެކީގައި ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމަނިކުފާނުގެ ޕާޓީއަށް ލިބިވަޑައިގެން

އަބްދުއްރަހީމް  އަބްދުالله 

މާލޭގެ މުސްތަގުބަލު ބިނާކުރުމަށްޓަކައި ސަރުކާރު ކެންޑިޑޭޓުން އިންތިހާބުކުރުން މުހިއްމު ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.