މިނިސްޓަރ އަހްމަދު މަހުލޫފް
ހަބަރު
09 Jan 2024 | 14:11
ރައްޔިތުން އިންތިޚާބުކޮށްފައިވާ ސަރުކާރެއް ބަގާވާތުން ވައްޓާލުމާ ދެކޮޅު: މަހުލޫފް

ރައްޔިތުން އިންތިޚާބުކޮށްފައިވާ ސަރުކާރެއް ގަދަ ބާރުން ވައްޓާލުމާއި ދެކޮޅުކަމުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ ކުޅިވަރާއި ބެހޭ ވަޒީރުކަން ކުރެއްވި އަހްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. 

ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި މަލާމާތްކޮށްފައިވާ މައްސަލަ ހޫނުވެފައި ވަނިކޮށް, ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލު ކުރުުމާ ގުޅޭގޮތުން ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމް ޓުވީޓު ކުރައްވައި ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވާ މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ. މުޢިއްޒު އިންތިޙާބުވެވަޑައިގަތީ އަލީ އާޒިމްވެސް ހިމެނި ވަޑައިގަންނަވާހެން ދަ ޑިމޮކްރެޓްސް ގެވެސް ފުރިހަމަ ތާއީދާއެކު ނޫންތޯ ސުވާލުކުރައްވައި އަދި އެމަސައްކަތަށް ދެ މަސްދުވަސް ވެސް ނުވާ ކަމުގައި ވިދާޅުވެފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ. މުޢިއްޒު އިންތިޙާބުވެވަޑައިގަތީ މަނިކުފާނާއި އަދި މަނިކުފާނުގެ ޕާޓީ ދަ ޑިމޮކްރެޓްސް ގެވެސް ފުރިހަމަ ތާއީދާއެކު ނޫންތޯ. އަދި މިސަރުކާރަށް 2 މަސް ނުވޭ. 

އަހްމަދު މަހްލޫފު

މީގެ އިތުރުން މަހުލޫފުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ، ބަގާވާތަކުންސަރުކާރު ވައްޓާލުމަކީ، ދިވެހިރާއްޖެއަށް ރަނގަޅު ތަޖުރިބާއެއް ނޫންކަމަށާއި އިންތިޙާބުތަކަކީ ކުޅޭ ކުޅިވަރަކަށް ވެގެންނުވާނެކަމަށެވެ. 

އަލީ އާޒިމްގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ހަމަޖެހުން ދަމަހައްޓާ، ހާރިޖީ ސިޔާސަތު ހިމާޔަތްކޮށް އަދި އަވައްޓެރި އެއްވެސް ގައުމެއް ބާކީ ކުރުން ހުއްޓުވުމަށް ޑިމޮކްރެޓުން ތިބީ ތައްޔާރަށް ކަމަށެވެ.

ރައީސް މުއިއްޒު މަގާމުން ވަކިކުރަން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅަން ތިބޭފުން ތައްޔާރުތޯ؟ އަޒުލުކުރުމުގެ މަސައްކަތް ފަށަން އެމްޑީޕީއިން ތައްޔާރުތޯ؟

އަލީ އާޒިމް 

މީގެ ކުރިން ވެސް ރައީސް މުއިއްޒު އަޒުލުކުރުމުގެ އަޑުތައް ގަދަވި އެވެ. އެ ވާހަކަތައް ފެށުނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޒުލުކުރުން ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާތައް އިސްލާހުކޮށް، އެ މަރުހަލާގެ ހަމަތަކަކާއި ތަރުތީބަށް ބަދަލު ގެނެސް، އެމްޑީޕީއިން އެކަން ފާސްކުރުމުންނެވެ.

ނަމަވެސް އެމްޑީޕީގެ 13 މަޖިލިސް މެންބަރަކު ސަރުކާރު ހިންގާ ޕީއެންސީއާ ގުޅުމާއެކު އެ ވާހަކަތައް ވަނީ މުޅީހެން މަޑުޖެހިފަ އެވެ. އޭގެ ފަހުންވެސް އެމްޑީޕީގެ މެންބަރަކު ވަނީ އެ ޕާޓީ ދޫކޮށް ޕީއެންސީއާ ގުޅިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.