ތަޢުލީމާއި ބެހޭ ވަޒީރު ޑރ އިސްމާއިލް ޝަފީޢު : ފޮޓޯ: ރައީސް އޮފީސް
ހަބަރު
09 Jan 2024 | 15:43
ސްކޫލްތަކުގެ މަރާމާތަށް 30 މިލިޔަން ރުފިޔާ ހަމަޖައްސައިފި

ރާއްޖޭގެ ސްކޫލްތަކުގައި ކުރަން ޖެހޭ މަރާމާތުތަކަށް ބޭނުންވާ 30 މިލިޔަން ރުފިޔާ ހަމަޖައްސަވާފައިވާ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމަށް ދެއްވި އިންޓަރވިއު އެއްގައި މިކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، މިދިޔަ އަހަރު ސްކޫލުތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައި ނުވީ، އައު ސްކޫލްތައް އިމާރާތް ކުރުމަށް ބަޖެޓް ހަމަޖެހިފައި އޮތްނަމަވެސް މަރާމާތު ކުރުމުގެ މަސައްކަތަށް އެކަށީގެންވާ ބަޖަޓެއް ނެތުމުން ކަމަށެވެ. 

އެގޮތުން ސްކޫލުތަކުގެ މަރާމާތަށް ބޭނުންވާ 30 މިލިޔަން ރުފިޔާ ހަމަޖެހިފައިވާކަން ހާމަކުރައްވަމުން ވަޡީރު ވިދާޅުވީ،  ސްކޫލްތަކުގައި ކުރަން ހުރި މަރާމާތުތައް ދެނެގަތުމަށްފަހު މަރާމާތު ކުރަން ޖެހޭ ސްކޫލްތަކަށް ފައިސާ ކަނޑައަޅާ އެމަސައްކަތް ފެށިގެންދާނެ ކަމަށެވެ. 

މީގެ އިތުރުން ވަޒީރު ފާހަގަ ކުރެއްވި ގޮތުގައި މަރާމާތުގެ މަސައްކަތް ކުރުމަށްޓަކައި ހުރިހާ ސްކޫލެއްގެ ޙާލަތު ދެނެގަތުމަށް މަސައްކަތްކުރެއްވި ކަމަށެވެ. އެގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވީ ސްކޫލުގައި ރައްކާތެރިކަމާއި ހިތްހަމަ ޖެހުމާއެކު ކިޔެވުމަށް ބޭނުންވާނެ ފަދަ ކަމެއް ނެތިފައި އޮތްނަމަ އެކަމެއް ހައްލުކުރުމަށްކަމުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ. 

މަރާމާތުގެ މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ ސްކޫލްތަކަށް ހަމަޖެހުމުން އެކަށީގެންވާ ބާރު މިނެއްގައި ސްކޫލްތަކުގައި މަރާމާތުގެ މަސައްކަތްތައް ފެށިގެން ދާނެ. މިސާލަކަށް ފުރާޅު ހަލާކުވެ ކްލާސްރޫމަށް ވާރޭވެހޭ ކަމުގައި ވަނީނަމަ އެކަން ހައްލުކުރުމަށް އިސްކަން ދޭނެ. ކުޑަދޮރުތައް ހަލާކުވެފައި ހުރިނަމަ އެ ރަނގަޅު ކުރުމަށް އިސްކަން ދޭނެ. ފަންކާފަދަ ވަޞީލަތްތައް ހަލާކުވެފައި ހުރިނަމަ އެކަމަށް އިސްކަން ދޭނެ

ޑރ.އިސްމާއިލް ޝަފީޢު

ހަމަ އެޔާއެކު، މިސަރުކާރު ހަވާލުވިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ސްކޫލްތަކުގައި ތަފާތު 107 މަޝްރޫޢެއް ފަށްޓަވާފައި އޮތްނަމަވެސް އޭގެ ތެރެއިން ގިނަ މަޝްރޫޢުތަކުގައި ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން ހުއްޓިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ހުއްދައާއެކު ކޮންޓްރެކްޓަރުންނަށް އެމަސައްކަތް ނިންމުމަށް 55 މިލިޔަން ރުފިޔާ ހަވާލުކުރައްވާފައިވާ ކަމަށްވެސް ތައުލީމާ ބެހޭ ވަޒީރު އިސްމާއީލް ޝަފީޢު ވަނީ ވިދާޅުވެފައެވެ. 

އެއާއެކު މާލެއާއި އަތޮޅުތެރޭގައި ހުއްޓިފައި ހުރިމަޝްރޫޢުތައް މިމަހުން ފެށިގެން ބާރު ދުވެލީގައި ކުރިއަށްގެންދާނެކަން ފާހަގަ ކުރއްވައި ވަޒީރުވަނީ އައު މަޝްރޫޢުތައް ކުރިއަށްގެންދާއިރު ޑިޒައިނިންގެ މައްސަލަތަކެއް ހުރިކަަންފާހަގަކުރެވިފައިވާކަމުގައި ވިދާޅުވެފައެވެ. އޭގެ އެންމެ ބޮޑު މައްސަލައަކީ އެވުޒާރާއިގައި ސްކޫލް އިންފްރަސްޓްރަކްޗަރ ޑިޒައިނިން ސްޓޭންޑަރޑްތަކެއް ކަނޑައެޅިފައި ނެތުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ނަމަވެސް ކުރިއަށް އޮތްތަނުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީއާއި އިމާރާތް ކުރުމާ ބިނާރާ ބެހޭ ވުޒާރާއާއެކު ސްކޫލް އެޅުމުގެ ސްޓޭންޑަރޑްތަކެއް ކަނޑައަޅައި އެކަމަށް ހައްލެއް ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން ވަނީ އެކި ސްކޫލްތަކުގައި ގިނަ އަދަދެއްގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔުމަށް ކުންފުނިތަކާ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ކްލާސްރޫމްތައް އެޅުމަށާއި މަލްޓިޕަޕަސް ހޯލް ފަދަ ތަންތަން އިމާރާތް ކުރުމަށް ހަވާލުކޮށްފައިވެއެވެ. ނަމަވެސް އެކި ކަހަލަ މަައްސަލަތަކާ ހުރެ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ހުއްޓި މަޝްރޫޢު ދިގުލައިގެން ގޮސްފައި ހުރިކަން ފާހަގަކޮށްލެވެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.