އަމީނީ މަގުގައި ތާރު އަޅާ ނިމިފައި
ހަބަރު
09 Jan 2024 | 14:56
އުއްމީދަކީ އަމީނީ މަގުގެ ފެން ހިންދުމުގެ ނިޒާމުގެ މަސައްކަތް އަވަހަށް ނިންމުން: މުއްތޮލިބު

މި ސަރުކާރުގެ ފަރާތުން ހަދަން ފެށި އަމީނިމަގުގެ އެންމެފަހު ދެ ސެގުމެންޓުގައި ތާރު އަޅާ އެއްކޮށް ނިންމާލެވުނީ ރޭގައި ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.

އާރުޑީސީން މިފަދައިން ބެނެފައިވަނީ މި މަސައްކަތާއި ގުޅޭގޮތުން އެކްސް މެދުވެރިކޮށ އާއްމުކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ އަމީނީ މަގުގެ އެންމެ ފަހުން ނުހެދި އޮތް، ސެގްމެންޓް 12 އަދި 13ގެ މަސައްކަތްތައް ނިންމާލާފައި ވަނީ ރޭގައި ކަމަށެވެ. އެހެން ކަމުން އެ ދެބައި އަދި އޮތީ އާއްމު ދަތުރުފަތުރަށް ހުޅުވާ ނުލައެވެ.

އާރުޑީސީގެ މި ޕޯސްޓް ރީ- ޓްވީޓް ކުރައްވާ މި ސަރުކާރުގެ އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްތަލިބް ވެސް ވަނީ އަމީނީ މަގުގެ ފަހު ދެ ސެގްމަންޓްގައި ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް މާ ލަހެއް ނުވެ ނިންމާލަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

"އަމީނީ މަގުގެ ފަހު 2 ސެގްމެންޓުގެ މަސައްކަތް 1 މަސްތެރޭ ނިންމުމަށް މިނިސްޓްރީއާ ގުޅިގެން  އާރްޑީސީ އިން ކޮށްފައިވާ މަސައްކަތް ފާހަގަކުރަމެވެ. އުއްމީދަކީ ޕްރޮޖެކްޓްގައި ހިމެނިފައިވާ ޕަމްޕުތައް ވީހާވެސް އަވަހަކަށް ގެނެވި ފެން ހިންދުމުގެ ނިޒާމުގެ މަސައްކަތް މާލަހެއްނުވެ ނިންމާލުމެވެ." މިނިސްޓަރގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއު ނިމިދިޔަ ސަރުކާރުގެ ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފައިވަނީ 2022 އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.  210 ދުވަހުގެތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި އެ މަސައްކަތުގެ އަގަކީ 84.4 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.