ދަނބިދޫގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން
ހަބަރު
09 Jan 2024 | 16:44
"ދަނބިދޫ ސްކޫލުގެ ބެލެނިވެރިންގެ މިވަގުތުގެ އެންމެ ބޮޑު ޑިމާންޑަކީ ޕްރިންސިޕަލް ބަދަލުކުރުން"

ދަނބިދޫ ސްކޫލްގެ މަރާމާތުކުރުމަށް އިޙްމާލުވެފައިވާ ކަމަށާއި ސްކޫލުގައި ޓީޗަރުން ހަމަނުވާކަމަސް ބުނެ ލ.ދަނބިދޫ ސްކޫލުގެ ބެލެނިވެރިން ސްކޫލު ބަންދުކޮށް އިހްތިޖާޖް ކޮށްފި އެވެ.

ދަނބިދޫ ސްކޫލުގައި ކުރިއަށްދިޔަ އިޙްތިޖާޖާއި ގުޅޭގޮތުން ކައުންސިލްގެ ނައިބު ރައީސް ހުސެއިން ފަޒީލް "ވޮއިސްއަށް" ވިދާޅުވީ ބެލެނިވެރިން އިހްތިޖާޖް ކުރަންފެށީ ސްކޫލުގައި ޓީޗަރުން މަދުވުމުންނާއި ސްކޫލުގެ ބައެއް ކުލާސް ރޫމުތަކަކީ ދަރިވަރުންނަށް ކިޔަވަން ތިބެން ރައްކާތެރި ތަނަކަށް ނުވާތީ ކަމަށެވެ.

"އަސްލު ބެލެނިވެރިން އިޙްތިޖާޖު ކުރަނީ ސްކޫލުގެ ބައެއް ކުލާސްރޫމުތަކުގެ ސީލިންގ ދަރިވަރުންގެ ބޮލަށް ވެއްޓޭ ހިސާބަށް ގޮސްފައި ވުމުންނާއި ދަރިވަރުންނަށް ކިޔަވައިދޭނެ ޓީޗަރުން ހަމަނުވާތީ." ފަޒީލް ވިދާޅުވިއެވެ.

ފަޒީލް އިތުރަށް ވިދާޅުވީ އިޙްތިޖާޖު މިހާހިސާބަށް ދިޔައިރު އެޑިޔުކޭޝަން މިނިސްޓަރީގެ ފަރާތުން އިހްތިޖާޖު ކުރަމުންގެންދާ ބެލެނިވެރިންނާއި ބައްދަލުކޮށްފައިވާ ކަމަށާއި، ސްކޫލުގައި މަރާމާތު ކުރަން ޖެހޭ ތަންތައް މަރާމާތު ކޮށްދެއްވާނެ ކަމަށް މިނިސްޓްރީން މިހާރު ބުނެފައިވާކަމަށެވެ.

އަދި ދަރިވަރުންނަށް ކިޔަވައި ދިނުމަށް ލ.ގަމު ސްކޫލުގައި މަސައްކަތް ކުރައްވާ އެކޮނޮމިކްސް ޓީޗަރަކު އެއް ހަފްތާއަށް އެސްކޫލަށް ފޮނުވައި ދެއްވާނެކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

ފަޒީލް އިތުރަށް ވިދާޅުވި ގޮތުގައި މިހާރު ސްކޫލު ބެލެނިވެރިންގެ އެންމެ ބޮޑު ޑިމާންޑަކީ މީގެ ދެއަހަރު ކުރިން ފެށިގެން އެ ބެލެނިވެރިން އެދެމުންދާ ފަދައިން މިވަގުތު އެ ސްކޫލުގެ ޕްރިންސިލަކަށް ހުންނެވި ފަރާތް ވަކިކުރުން ނުވަތަ އެހެން ސްކޫލަކަށް ބަދަލުކޮށް ދިނުމެވެ.

"އަސްލު ބެލެނިވެރިން ދެކެނީ ސްކޫލުގެ ކަންތައްތައް އެހާހިސާބަށް ދިޔައީ ޕްރިންސިޕަލްގެ ސަބަބުން ކަމަށް އެހެންވެ މިވަގުތު އިޙްތިޖާޖުގެ ބައިވެރިންގެ އެންމެ ބޮޑު ޑިމާންޑަކީ ޕްރިންސިޕަލް ވަކިކުރުން ނުވަތަ އެހެން ތަނަކަށް ބަދަލުކުރުން " ކައުންސިލްގެ ނައިބު ފަޒީލް ވިދާޅުވިއެވެ.

އާބާދީގައި ހާހަކަށް ވުރެ ގިނަ މީހުން ދިރިއުޅެމުންގެންދާ ލ.ދަނބިދޫ ސްކޫލުގައި މަރާމާތުގެ އެއްވެސް މަސައްކަތެއް ނުކުރެވޭތާ ފަސްވަރަކަށް އަހަރުވެދާނެކަމަށް ފަޒީލް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.