ރާއްޖޭގެ ރަށްތަކެއް-- ފޮޓޯ/ފްރޮމްޓައިނީ އައިލްސް
ހަބަރު
09 Jan 2024 | 20:03
ލަކްޝަދީޕަށްވުރެ ގޫގުލް ސާޗް ޓްރެންޑުގައި ރާއްޖެ އުޅެނީ މާކުރީގައި

އިންޑިއާއާއި ރާއްޖެ އާއި ދެމެދު މައްސަލަ އުފެދި މަސްރަހު ހޫނުވެ، އިންޑިޔާއިން ރާއްޖެ އާއި ދެކޮޅަށް ވަރުގަދަ އެންޓި ކެންޕޭނެއް ފަށާފައި ވީނަމަވެސް ފާއިތުވި 24 ގަޑިއިރުތެރޭގައި މުޅި ދުނިޔޭގެ ގޫގުލް ސާޗް ޓްރެންޑުގައި އިންޑިއާގެ ލަކްޝަދީޕް އަށްވުރެ ރާއްޖެ އުޅެނީ ކުރީގައެވެ.

މުޅިދުނިޔޭގައިވެސް އެންމެ މަޤްބޫލް އެއް ޓްރޭންޑްސް ކަމަށްވާ ގޫގުލް ޓްރެންޑްސްއިން ދައްކާ ގޮތުގައި ރާއްޖެ ބޮއިކޮޓު ކުރުމަށް ގޮވާލައި ކެމްޕޭނެއް ކުރަމުންދާ އިންޑިއާގެ ގޫގުލް ސާޗް ޓްރެންޑުގައި ވެސް ރާއްޖެ އުޅެނީ ކުރީގަ އެވެ. އެގޮތުން އިންޑިއާގެ ސާޗް ޓްރެންޑުސް އިން ދައްކާގޮތުގައި ފާއިތުވި 24 ގަޑިއިރަށް ބަލާއިރު ރާއްޖެ އާއި ލަކްޝަދީޕް އަޅައިކިޔާލުމުން ރާއްޖެއަށް 54 އިންސައްތަ ލިބޭއިރު އިންޑިޔާގެ ލަކްޝަދީޕަށް ލިބެނީ 46 އިންސައްތައެވެ.

އިންޑިއާގެ ޖަޒީރާ އަތޮޅެއްގެ ގޮތުގައި އޮންނަ ލަކްޝަދީޕް އަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޒިޔާރަތުގެ ވީޑިއޯއަކާއެކު އިންޑިއާ މީހަކު މި މަހުގެ 4 ވަނަ ދުވަހު އެކްސްގައި ކުރި ޕޯސްޓަކަށް، ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކޮށްފައިވާ ރިޕްލައިތަކަކާ ގުޅިގެން އިންޑިއާއާއި ރާއްޖެއާ ދެމެދު މައްސަލަ އުފެދި މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

މި މަހުގެ 4 ވަނަ ދުވަހު  "މިސްޓަ ސިންހާ" ގެ ނަމުގައި އިންޑިއާ މީހަކު އުފައްދާފައިވާ އެކްސްގެ އެކައުންޓުން ކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ މޯދީ ލަކްޝަދީބު ޕްރޮމޯޓު ކުރުމަކީ އެޅުއްވި މުހިއްމު ފިޔަވަޅެއް ކަމަށާއި، އަދި ރާއްޖޭގައި މިހާރު އޮތީ ޗައިނާގެ ޕަޕެޓު ސަރުކާރެއް ކަމަށެވެ.

އެ މީހާގެ މި ޕޯސްޓަށް ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރުން ރިޕްލައި ދިނުމާއި ގުޅިގެން މައްސަލަ އިތުރަށް ގޯސްވެގެން ދިޔައީ ބޮއިކޮޓްމޯލްޑިވްސް ކެމްޕޭނުގައި އިންޑިއާގެ ފިލްމީ ތަރިންނާއި ކުޅިވަރު ޝަހުސިއްޔަތުން ބައިވެރިވާން ފެށި ހިސާބުންނެވެ. އޭގެ ތެރޭގައި ރާއްޖެއަށް އެތަށް ފަހަރަކު ޒިޔާރަތްކޮށްފައިވާ، ރާއްޖޭ ރައްޔިތުން ކައިރީގައި މަޤްބޫލް އެތައް ފަންނާނުންވެސް ހިމެނެއެވެ.

ކަން މިހެން ހުރިކަމުގައި ވިޔަސް އިންޑިއާ ފިޔަވައި އެހެން ހުރިހާ ގައުމެއްގެ ސާޗް ޓްރެންޑުގައި ރާއްޖެއާ ލަކްޝަދީޕް އަޅާ ކިޔާއިރު، ފާއިތުވި ހަތް ދުވަހުގެ ތެރޭގައި 40 އިންސައްތައަށް ވުރެ މަތި ލަކްޝަދީޕަށް ހޯދިފައެއް ނުވެއެވެ. އެހެން ނަމަވެސް  ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ވިލާތު ގައުމުތަކުގެ ގޫގުލް ސާޗް ޓްރެންޑުގައި ރާއްޖެ އުޅެނީ 98 އިންސައްތައަށް ވުރެ މަތީގަ އެވެ.

ގޫގުލް ޓްރެންޑްސް ތައާރަފުވީންސުރެއް މިއަދާ ހަމައަށް ވެސް ލަކްޝަދީޕްއަށް ރާއްޖޭގެ މައްޗަށް އެއްވެސް އިރެއްގައި ކުރި ހޯދިފައެއް ނުވެ އެވެ.

އިންޑިޔާއިން ރާއްޖެއާއި ދެކޮޅަށް ވަރުގަދަ އެންޓި ކެންޕޭނެއް ފަށާފައިވާއިރު ރައީސް ޑރ.މުހައްމަދު މުއިއްޒު ފުރަމާނަ ދަތުރުފުޅެއްގައި މިވަގުތު ވަޑައިގެން އުޅުންވަނީ ޗައިނާގައެވެ. މި ދަތުރުފުޅުގައި ޗައިނާގެ ވިޔަފާރިވެރިންގެ އެންމެ އިސްފަރާތްތަކާއި ބައްދަލުކުރައްވާ ރައީސް ޑރ.މުއިއްޒު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާރކެޓްގައި 1 ވަނަ ޤައުމަކީ ޗައިނާކަމަށް ހައްދަވައި ދެއްވުމަށް އެދިވަޑައި ގަންނަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.