އަމީނީ މަގު
ހަބަރު
09 Jan 2024 | 21:27
ޒަމާނީ ފެންވަރަށް ހެދުމަށްފަހު އަމީނީމަގުގެ ބޮޑު ބައެއް މާދަމާ ހުޅުވާލަނީ

2022 ވަނަ އަހަރު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ފެށުނު އަމީނީމަގުގެ ފަހު ފިޔަވަހީގެ ތާރުއަޅާ މަސައްކަތް ނިމިފައި އޮތް ބައި މާދަމާ ހެނދުނު ހުޅުވާލަން ނިންމައިފި އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މި ސަރުކާރުގެ އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މިރޭ އެކްސްގައި ބުނެފައިވަނީ  އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ޖަންކްޝަން އަދި ކަނބާ އައިސާރަނި ހިނގުމާއި އަމީނީމަގު ގުޅޭ ޖަންކްޝަން މާދަމާ ހެނދުނު 6ގައި ޓްރެފިކަށް ހުޅުވާލާނެކަމަށާއި، އަދި އަމީނީމަގުގެ ސެގްމަންޓް 12 އަދި 13 މުޅިން ހުޅުވާލާނެ ކަމަށެވެ .

" މާދަމާ (10.1.2024) ހެނދުނު 6:00  ގައި އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ޖަންކްޝަން އަދި ކަނބާ އައިސަރަނި ހިނގުމާ އަމީނީ މަގު ގުޅޭ ޖަންކްޝަން ޓްރެފިކަށް ހުޅުވާލެވޭނެ / ހޮނިހިރު ދުވަހު (13/1/24) ހެނދުނު  6:00  ގައި  އަމީނީމަގުގެ  ސެގްމަންޓް  12  އަދި  13  މުޅިން  ހުޅުވާލެވޭނެ" 

މިނިސްޓްރީގެ ޕޯސްޓުގައި ބުނެފައިވެއެވެ.

މިދިޔަ ސަރުކާރުން އަމީނީމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. ނަމަވެސް ތަފާތު ސަބަބުތަކާއި ހެދި ދިގުލައިގެން ގޮސް، މަގުގެ މަސައްކަތް މެދުކެނޑާލީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކައިރިވެފައިވަނިކޮށެވެ. އޭރު ނުނިމި އޮތީ 2 ސެގުމެންޓުގެ މަސައްކަތެވެ.

މި ސަރުކާރުން އަމީނީ މަގުގެ މަސައްކަތް އަލުން ފެށީ، މިދިޔަ މަހުގެ 9 ގައެވެ. ނުނިމި ބާކީ ހުރި ހުރިހާ ބައެއްގައި ތާރު އަޅައި މިދިޔަ އާދީއްތަ ދުވަހު ވަނީ ނިންމާލާފައެވެ. އެއީ ދިވެހިރާއްޖޭގެ އަޑުގެ ރޭޑިއޯ ބިލްޑިންއާ ހިސާބުން ފެށިގެން އަމީނީމަގުގެ ހުޅަނގުން ބާކީ ހުރި ބައިތަކެވެ.

މި ސަރުކާރުން ނިންމި 2 ސެގްމެންޓުގެ މަސައްކަތް ނިންމާފައިވަނީ ކުރީގެ ސެގުމެންޓުތަކަށްވުރެ މަގު ފުޅާކޮށް ސްކޯޕަށް ބަދަލުތަކެއް ގެނެސްގެން ކަމަށާއި،  އެ 2 ސެގުމެންޓުގައި 4 ލޭން އޮންނާނެކަމަށް އާރުޑީސީ އިން މަޢުލޫމާތު ދެއްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.